މަޖިލިސް ތެރެއިން އެއް ކަމެއް ވެސް ނުކުރެވޭނެ، ޔާމީން ޖެހޭނީ މަހަށް ދާން: އަބްދުއްރަހީމް

Sep 5, 2026, 10:51 PM
ސެޕްޓެމްބަރު 5، 2026: ޕީއެންސީ އިން ބޭއްވި ޖަގަހަ ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ

ސެޕްޓެމްބަރު 5، 2026: ޕީއެންސީ އިން ބޭއްވި ޖަގަހަ ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ

ވެރިކަންކުރާ ޕީއެންސީގެ ތެރޭގައި ހިމޭން އިނގިލާބެއް ހިނގަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުالله ޔާމީން ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ރައްދު ދެއްވައިފި އެވެ. 

ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އޮފީހުގައި ބުރާސްފަތި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކާމެދު ހިތްހަމަނުޖެހޭ އެތައް ބަޔަކު ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރޭގައި އެބަތިބި ކަމަށެވެ. އެ ވާހަކަތަކަށް އަބްދުއްރަހީމް ރައްދު ދެއްވީ މިރޭ ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާގަ އެވެ. 

"މަޖިލީހުގެ ތެރެއިން އެއް ކަމެއް ވެސް ނުކުރެވޭނެ، ބައިބައެއް ނުކުރެވޭނެ. މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް. ރައްޔިތުންގެ މަޖިލީހުގައި ތިބި ހުރިހާ މެންބަރުން މި ތިބީ އެކީގައި ބަނދެލާފައި އޮތް ދަރުބޮނޑިއެއްހެން ގަދަކޮށް. އެކަތައިގެ ފާރެއްހެން ގަދަކޮށް ރައީސް މުއިއްޒުއާއެކު މިތިބީ. ރައީސް ޔާމީން ޖެހޭނީ ޖަމީލާ މަލީހުއާ ގޮވައިގެން މަހަށް ދާން،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް މުހައްމަދު މުއިއްޒުއަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އޭނާ ނުކުމެވަޑައިގެން ހުންނެވީ "ފިސާރި ގަދަކޮށް" އެވެ. މަޖިލިސް މެންބަރުން ތިބީ ވަރަށް އެކުގައި ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. 

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ސަބަބުން، ޕީއެންސީގެ މެންބަރުންނަށް އިހުސާންތެރިކަމެއް ހިތުގައި ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެތަނުގައި މިހާރު އެ ހިނގަނީ ހަމަ ވަރަށް ސައިލެންޓްކޮށް ހިނގާ އިންގިލާބެއް އެ ހިނގަނީ އިނގޭތޯ؟ ﷲ މިންވަރުކުރައްވާށި، ދާދި ފަސޭހައިން މި ހާލަތު ބަދަލުވެގެންދާތަން އަޅުގަނޑުމެން ބަލަން ތިބޭނަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އެހެން ވިދާޅުވިއިރު، ޕީއެންސީގެ އެތެރޭގައި ހިޔާލުތަފާތުވުންތަކެއް އުޅޭކަމުގެ އަޑުތައް ސޯޝަލްމީޑިއާގައި ވެސް ވަނީ ފެތުރިފަ އެވެ. އެހެންނަމަވެސް، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެ ޕީއެންސީގެ މަޖިލިސް މެންބަރުން ގެންދަވަނީ ރައްދު ދެއްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox