މަޖިލީހަށް ޖަވާބުދާރީނުވެ ވަޒީރުން "ފިލަނީ"، 62 ސުވާލަށް ޖަވާބު ނުދީ އެބައޮތް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވަޒީރަކު ހާޒިރުވެ މެންބަރުންގެ ސުވާލަށް ޖަވާބު ދެއްވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވަޒީރަކު ހާޒިރުވެ މެންބަރުންގެ ސުވާލަށް ޖަވާބު ދެއްވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޒީރުންނާ ކުރުމަށް ހުށަހެޅި ސުވާލުތަކުގެ ތެރެއިން ޑިސެމްބަރު 2024، އިން ފެށިގެން މިހާތަނަށް 62 ސުވާލަށް ޖަވާބު ދީފައި ނުވާތީ އެ މައްސަލަ ހައްލުކޮށްދިނުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ގެ އަރިހުން އެދިވަޑައިގެންފި އެވެ. 

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ވަޒީރުންނާ ސުވާލު ކުރުމަށް ފޮނުވާ ނޯޓިސްގެ 14 ދުވަހުގެ ތެރޭގައި އެ ސުވާލުތަކަށް ވަޒީރުން ޖަވާބުދޭން ޖެހެ އެވެ. 

އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ސެކްރެޓަރީ ޖެނެރަލް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޮއިކުރައްވައި ހުށަހެޅުއްވި މި ޝަކުވާގައި ބަޔާންކޮށްފައިވަނީ، މަޖިލީހަށް ޖަވާބުދާރީވުމަށް ސަރުކާރުން ދެކޮޅު ހެދުމަކީ ޑިމޮކްރެޓިކް ނިޒާމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.

ސަރުކާރު ޒިންމާދާރުކުރުވުމަށް މަޖިލީހަށް ލިބިދޭ ބާރުތަކަށް ސަރުކާރުން ގަސްދުގައި ހުރަސްއަޅަމުންދާ ކަމަށް ބުނެ، އިދިކޮޅު ޕާޓީން ވަނީ މިއީ ގާނޫނުއަސާސީއާ ހިލާފު އަމަލުތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

މަޖިލީހުން ކުރާ ސުވާލުތަކަށް ޖަވާބު ނުދެއްވާ ކެބިނެޓް މިނިސްޓަރުންގެ ތެރޭގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ހައުސިން މިނިސްޓަރުއަބްދުﷲ މުުއްތަލިބް ހިމެނިވަޑައިގަންނަވައެވެ.

އޭގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ އިތުރުން ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމްގެ ނަންވެސް މި ޝަކުވާގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ވަޒީރުންނާ ސުވާލުކޮށްފައިވަނީ ތަރައްގީގެ މަޝްރޫއުތަކާއި، ދައުލަތުގެ މާލިއްޔަތާއި، ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު ކަންކަމާ ގުޅޭގޮތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox