ހެޔޮވެރިކަމަކީ ހަމައެކަނި މުއައްސަސާތަކެއް ހުރުމެއް ނޫން، ރައްޔިތުންގެ އަޑު އިވެންޖެހޭ: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޓަ ޕާލިމެންޓަރީ ޔޫނިއަންގެ 149 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަނީ -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޓަ ޕާލިމެންޓަރީ ޔޫނިއަންގެ 149 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަނީ -- ފޮޓޯ: މަޖިލިސް

ހެޔޮވެރިކަމަކީ ހަމައެކަނި މުއައްސަސާތަކެއް ހުރުން ނޫން ކަމަށާއި، ހެޔޮވެރިކަމަކީ ރައްޔިތުންގެ އަޑު އިވޭކަމުގެ އިހުސާސްވުމާއި، އެންމެންނަށް ހަމަހަމަ ފުރުސަތުތައް ލިބިދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ޓެންޒޭނިއާގައި ކުރިއަށްދާ އިންޓަ ޕާލިމެންޓަރީ ޔޫނިއަންގެ 149 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ހެޔޮވެރިކަމާއި، އިތުބާރާއި، ހަމަހަމަ ފުރުސަތުތަކުގެ މައްޗަށް ބިނާކޮށް މުޖުތަމައުތައް ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި ގާނޫނުތައް ފާސްކުރުން ނޫންކަން ފާހަގަކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ އަޑު އަހައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވަމުންދާ ގޮތް ބަލައި، ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ

ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ހުރިހާ ރަށަކަށް ހަމަހަމަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީގެ ދައުރު ބޮޑުކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖޭގައި ބޭނުންކުރާ އީ-ފާސް ފަދަ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ސަރުކާރުގެ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދެވޭކަން އެމަނިކުފާނު ބަޔާންކުރެއްވި އެވެ.

ވެރިކަމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަކީ ދެފުށް ފެންނަ، ޒިންމާދާރު އަދި ނަޒާހަތްތެރި ނިޒާމެއް އޮވެގެން ކުރެވޭނެ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.  އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ (އާރްޓީއައި) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. 

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި އާންމުން ބައިވެރި ކުރުވުމަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅުމާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ ފަލަސްތީނާއި އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހެނީ އާންމު ރައްޔިތުންނަށް ކަމަށެވެ. އެހެންކަމުން، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް، އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށްޓަކައި ސުލްހަވެރި ހައްލުތައް ހޯދުމަށް މަސައްކަތް ކުރުމަކީ ގާނޫނު ހަދާ މަޖިލިސްތަކުގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އައިޕީޔޫގެ މި ބައްދަލުވުމުގެ ބޭނުން ހިފައިގެން އެއް ގައުމު އަނެއް ގައުމުގެ ތަޖުރިބާ ހިއްސާކޮށް، ގާނޫނު ހަދާ މަޖިލިސްތަކަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ހުޅުވާލެވިފައިވާ އަދި ހަރުދަނާ ތަންތަނަށް ހެދުމަށް އަބްދުއްރަހީމް ގޮވާލައްވަމުންނެވެ. އަދި ރާއްޖެއިން އަބަދުވެސް ހެޔޮވެރިކަމާއި ޑިމޮކްރަސީ ކުރިއެރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައާއެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox