މުއިއްޒު 2028 ބޮޑުތަނުން ކާމިޔާބުކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވެއްޖެ

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް  މުހައްމަދު މުއިއްޒު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށާއި، އެމަނިކުފާނު ވެވަޑައިގަންނަވާނީ ރާއްޖޭގައި ދެވަނަ ދައުރަކަށް އިންތިހާބުވާ ފުރަތަމަ ރައީސަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އއ. ހިމަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިތަކެއް ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން، އެ ކާމިޔާބީ ފާހަގަކުރުމަށް މާލޭގައި ހުންނަ ޕީއެންސީގެ މައި ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ މަގުމަތީގައާއި ކަންކަންމަތީގައި ދައްކާ ވާހަކަތަކަށް ސަރުކާރަށް ތާއީދުކުރާ ރައްޔިތުން ސަމާލުކަން ދޭން ނުޖެހޭ ކަމަށެވެ. 

އެ މަނިކުފާނު މިހެން ވިދާޅުވީ އޭޕްރީލް 4 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނާކާމިޔާބީ އާއި އެ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުން ވި ބޮޑު ބައްޔަށް ފަހު، 2028 މުއިއްޒުއަށް ކާމިޔާބު ނުވާނެ ކަމަށް ވާހަކަތައް ދެކެވެން ފަށާފައިވަނިކޮށެވެ.

Advertisement

ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ އެފަދަ ވާހަކަތަކަށް މާޔޫސްނުވުމަށެވެ. 

"އެއްގޮތަށް ވެސް ޝައްކު ނުރައްވާތި، މާޔޫސްވެވަޑައިނުގަންނަވާތި. އިރާދަކުރެއްވިއްޔާ މާތް ﷲ ސުބުހާނަހޫ ވަތަޢާލާގެ ރަހުމަތްފުޅުން 2028 ވަނަ އަހަރު މިގައުމުގައި ބޭއްވޭ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. އެކަން ކުރާނީ ދިވެހިރައްޔިތުންގެ ލޯތްބާއި އިހުތިރާމު ހޯދައިގެން، ތާއީދު ހޯއްދަވައިގެން ރައްޔިތުންގެ މަޝްވަރާއާއެކީގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ފާހަގަ ކުރެއްވި ގޮތުގައި މުއިއްޒަށް ދެ ވަނަ ދައުރެއް ދޭންޖެހޭ ސަބަބަކީ ގައުމުގެ ކަންކަން ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި ގައުމުގެ މިނިވަންކަމުގެ ރޮނގު ދަމާނީ ނިކަން ފަލަކޮށް ރަތްކުލައިން ކަމަށް އެމަނިކުފާނު ވިދާޅުވާތީ އެވެ. 

 އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ޑިޕްލޮމަސީގެ ރީތި އުސޫލުން ކުރެއްވި ކަމެއް ކަމަށާއި  އެކަމާ ގުޅޭގޮތުން އިދިކޮޅުން ދައްކާ ވާހަކަތަކަކީ ކުޑަކުދިން ގާތު ދައްކާ ކަހަލަ ވާހަކަތަކެއް ކަމަށް އަބްދުއްރަހީމް ސިފަކުރެއްވިއެވެ.

"އިންޑިއާ ސިފައިން ވަރަށް ސުލުހަވެރިކަމާއެކީ ޑިޕްލޮމަސީގެ ރީތި އުސޫލުން މިގައުމުން އިންޑިއާ ސަރުކާރުން ގެންދިޔައީމަ މި ބުނަނީ ނޫނެކޭ މިހާރު މަދަނީ މީހުންގެ ޔުނިފޯމު އަޅައިގެންނޭ އައިސް މިތިބެނީ، މިއީ ކުޑަކުދިންގާތު ދައްކާ ކަހަލަ ވާހަކަ. އެހެންވެގެން މިދަންނަވަނީ ކަންކަން މަތިންނާއި މަގުތައް މަތީ ދައްކާ ވާހަކަ އަޑުނާހާށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

މުއިއްޒުގެ ރިޔާސީ ވައުދަކަކީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭން ބޭރުކުރުމެވެ. ނަމަވެސް އަދިވެސް އިންޑިއާގެ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ރާއްޖޭގައި ބޭނުންކުރަމުންދެ އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވުމުގެ ގޮތުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަކީ ވޯޓުން ބަލިވުމުން ކޯޓަށް ގޮސްގެން ނަތީޖާ ނެރޭ ބައެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރިއަށްދާން ކެރޭ ފިކުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަނިކުފާނު އިޝާރާތް އެ ކުރެއްވީ 2018 ގެ އިންތިހާބުން ޔާމީން ބަލިވުމުން ކޯޓަށް ދިޔުމަށެވެ. އަބްދުއްރަހީމްގެ ވާހަކަ މިހާރު ބަދަލުވިއިރު އޭރު އެ މަނިކުފާނު ހުންނެވީ ޔާމީނަށް ތާއިދު ކުރައްވައިގެންނެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox