އަބްދުއްރަހީމް އެކަހެރިކޮށް ފަލާހު ލައްވައި ހެއްދި ހިސާބު ދިމައެއް ނުވި

ފަލާހު: ކުރިން ވިދާޅުވެފައި އޮތީ 900 ވަރަކަށް ގޮނޑި ޕީއެންސީ އިން ކާމިޔާބު ކުރެވޭނެ ކަމަށް -- ފޮޓޯ: ފައިލް

ފަލާހު: ކުރިން ވިދާޅުވެފައި އޮތީ 900 ވަރަކަށް ގޮނޑި ޕީއެންސީ އިން ކާމިޔާބު ކުރެވޭނެ ކަމަށް -- ފޮޓޯ: ފައިލް

ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ލިބޭނެ ކަމަށް އެ ޕާޓީގެ ކެމްޕެއިނު މެނޭޖަރު އިބްރާހިމް ފަލާހު ލަފާ ކުރެއްވި ހިސާބުތައް ދިމައެއް ނުވި އެވެ. 

ފަލާހު ވިދާޅުވަމުން ގެންދެވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީއަށް 80 ޕަސެންޓު ލިބޭނެ ކަމަށެވެ. އެކަމަކު މިހާތަނަށް ގުނައި ނިމުނު ވޯޓުތަކަށް ބަލާއިރު ސަރުކާރަށް ލިބުނީ އެންމެ 43 ޕަސެންޓު ގޮނޑިތަކެވެ. 

"އަޅުގަނޑުމެންގެ ހިސާބުތަކުން ދައްކާ ގޮތުން، މި ޕާޓީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ،" ފެބްރުއަރީ 16، ގައި ފަލާހު ވިދާޅުވި އެވެ. 

ފަލާހު ކުރިން ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލުގެ އިންތިހާބަށް ޕީއެންސީ އިން އާދަޔާ ހިލާފު މަސައްކަތެއް ކުރި ކަމަށެވެ.

"ކެނޑިޑޭޓުންނާއި ބައްދަލުކޮށް އަޅުގަނޑުމެން އަހާލިން ކޮބާތޯއޭ ކެމްޕެއިނުގައި ތިބޭފުޅުން މިހާތަނަށް ކޮށްފައިވާ މަސައްކަތަކީ. ކޮންމެ ބޭފުޅަކު އައީ ފޮތެއް ހިއްޕަވައިގެން، އަޅުގަނޑުވެސް އިނީ ހައިރާންވެފަ. ކޮންމެ ބޭފުޅަކާ ސުވާލުކޮށްލީމަ އެ ވިދާޅުވަނީ މިހާ ހިސާބަށް އިންތިޚާބުގައި ކުރެވުނު މަސައްކަތް، ބައްދަލުކުރެއްވި ބޭފުޅުންގެ އަދަދު. ޕަސެންޓޭޖުން ތަފުސީލުކޮށް ވިދާޅުވި. އަޅުގަނޑު ދެންނެވިން ތި ތިއްބެވީ ﷲގެ ރަޙްމަތްފުޅުން ހޮވިފައޭ މިހާރު،" ފަލާހު ވިދާޅުވެފައިވެ އެވެ.

ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމުގެ އިތުރުން، ކައުންސިލުގެ ރައީސްގެ މަގާމަށް ވެސް ގިނައިން އައީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަދި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމަށް އައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. 

އޭގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ވޯޓުގައި ވެސް ސަރުކާރު ވަނީ ބަލިވެފަ އެވެ. ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށް 130،000 އަށް ވުރެ ގިނަ މީހުން ވޯޓު ދިނެވެ. އެއީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި މުއިއްޒަށް ލިބިވަޑައިގެންނެވި ވޯޓަށް ވުރެ އިތުރު އަދަދެކެވެ. 

މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިނު މެނޭޖް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. 

ޕީއެންސީ އިން ވަނީ އޭޕްރީލް، 2024، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދައިފަ އެވެ.

މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީ އިން ވަނީ 75 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެ ޕާޓީ އިން މަޖިލީހުގެ 70 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ނޮވެމްބަރު، 2023، ގައި އަބްދުއްރަހީމް އޮތީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ޕީއެންސީ އިން ކުރި ކެމްޕެއިނަށް ގިނަ ބަޔަކު ތައުރީފު ކުރި އެވެ. ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ކެމްޕެއިން ކުރަން ލިބުނު 53 ދުވަހުގެ ތެރޭގައި މުއިއްޒު ވަނީ މީހުން ދިރިއުޅޭ 153 ރަށަށް ވަޑައިގެންފަ އެވެ. އަދި މުއިއްޒު ވަޑައިނުގަންނަވާ ގިނަ ރަށްތަކަށް ރަނިން މޭޓު ހުސެއިން މުހައްމަދު ލަތީފު ވަޑައިގެންނެވި އެވެ.

"މިއަދުގެ ދަތުރުގައި ހަތް ވަނަ ރަށަށް މި އާދެވުނީ. އަބްދުއްރަހީމް އެބަ ވިދާޅުވޭ އަދި ދެ ރަށަކަށް އިރުއޮއްސުމުގެ ކުރިން އަރަންޖެހެޔޭ. އަޅުގަނޑަކަށް ނޭނގެ އެކަން ކުރާނެ ގޮތެއް،" ސެޕްޓެމްބަރު 14، ގައި އދ. މަންދޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox