
އައްޒާމް އަލިފުޅު
ސްޕޯޓްސް އެޑިޓަރ
އައްޒާމް އަލިފުޅަކީ ކުޅިވަރަށް ހާއްސަ ނޫސްވެރިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް އޭނާ ވަނީ ފަސް ފަހަރު ހޯދައިފަ އެވެ. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު، 2022 އާއި 2024 ވަނަ އަހަރު ހޯދީ އައްޒާމް އެވެ. “ސީއެންއެމް" އިން ކެރިއަރު ފެށުމަށް "ހަވީރު" އަދި "މިހާރު" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.
1049 ލިޔުން
ކުޅިވަރުއަޖުފާން އެކެޑަމީގެ މުބާރާތް: ޓާގެޓެއް އޮތް ޕްރޮޖެކްޓެއް
މި މަހު 23-25 އަށް ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި އަޖުފާންގެ ބެޑްމިންޓަން އެކެޑަމީން ކުރިއަށްގެންދިޔަ ޖޫނިއާ މުބާރާތުގައި 167 ކުދިން ބައިވެރިވިއިރު، ތިން އެކެޑަމީ އަކާއި ތިން ކްލަބެއް ބައިވެރިވި. މި އަހަރު ބޭއްވި މުބާރާތް އަހަރަކު އެއް ފަހަރު ބާއްވާނެ ކަމަށް ބުނެފައިވޭ
ކުޅިވަރުދެ ޓީމެއްގައި މާއިދުގެ ނަން އޮތުމުން އައީ ސަސްޕެންޝަނެއް
ގައުމީ ލީގަށް ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބްގެ ޓީމު ލިސްޓުގައި މާއިދުގެ ނަން ހިމަނާފައިވާތީ، އޭނާ ސަސްޕެންޑްކުރަން ވޮލީބޯލް އެސޯސިއޭޝަނުން ނިންމީ ދެ ޓީމާ އެކު ވެސް އޭނާ ސޮއިކޮށްފައިވާ ކަމަށް އެއްބަސްވެފައިވާތީ.
ރިޕޯޓުނިއު އާއި ވިކްޓަރީ އެނބުރި އައުން: ވިސްނާލަންޖެހޭ ކަންކަން ގިނަ
ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ދެ ޓީމު، ވިކްޓަރީ އާއި ނިއު ރޭޑިއަންޓް މި ވަނީ ތިން މަސް ތެރޭގައި ކުރި މަސައްކަތުން ސަސްޕެންޝަނަކުން އެނބުރި އައިސްފައި، މި ދެ ކްލަބަށް މިހެން ދިމާވި ކަންކަމާ މެދު ވިސްނައި، މި ކަންކަން ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅަންޖެހޭ.
