ނިއުގެ މަސައްކަތް މި ގެންދަނީ ރައީސްގެ މޭސްތިރިކަމުގެ ދަށުން: ވާސިފް

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާސިފް ވާހަކަ ދައްކަވަނީ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާސިފް ވާހަކަ ދައްކަވަނީ.

މުސާރަ ނުދޭ މައްސަލައިގައި ސަސްޕެންޑްކޮށްފައި އޮތް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަލުން ފުޓްބޯޅައިގެ ތެރެއަށް ގެންނަން ކުރެވޭ މަސައްކަތް ކުރިއަށްދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޭސްތިރިކަމުގެ ދަށުން ކަމަށް ނިއުގެ އާ ޗެއާމަން ކަމަށް މިރޭ އިންތިހާބުވި އަހުމަދު ވާސިފް ވިދާޅުވެއްޖެ އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ނިއު ރޭޑިއަންޓް ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. ފުރަތަމަ އެފްއޭއެމުން ނިއު ސަސްޕެންޑްކުރިއިރު، ފަހުން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ވަނީ ނިއު އަށް ފިޔަވަޅު އަޅައިފަ އެވެ. އެއީ އެ ކްލަބުން ގެނެސްފައިވާ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ދޭން ތަކުރާރުކޮށް ދިން ފުރުސަތުތަކުގެ ބޭނުންހިފާފައި ނުވާތީ އެވެ.

ނިއު އަށް އަލުން ފުޓްބޯޅައިގެ ތެރެއަށް އާދެވެން އޮތީ ދަރަނިތައް ދައްކައިގެންނެވެ. ނިއުގެ ދަރަނީގެ ފުރިހަމަ މައުލޫމާތު އެނގޭނީ ފީފާ އަށް ދައްކަން ޖެހޭ ފައިސާ އާއި އެންމެ ފަހުން 2018 ވަނަ އަހަރު އެ ކްލަބަށް ކުޅުނު ދިވެހި ކުޅުންތެރިންގެ މުސާރައިގެ ކަންކަން އޮޅުން ފިލުވުމުންނެވެ.

ނިއުގެ އާ ބޯޑު މިރޭ އިންތިހާބުކުރިއިރު، ޗެއާމަނަކަށް އިންތިހާބުވި ވާސިފް ވިދާޅުވީ ސަޕޯޓަރުންނަށް ދޭނެ އުފާވެރި "ދެ ހަބަރެއް" އެބައޮތް ކަމަށެވެ. އެ ގޮތުން ފުރަތަމަ ހަބަރަކީ ނިއު އަލުން ގެންނަން ކުރާ މަސައްކަތް ކުރިއަށްދަނީ ރައީސް ސޯލިހުގެ ބެއްލެވުމުގެ ދަށުން ކަމަށް ވާސިފް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ދިވެހި ސަރުކާރު ތިއްބެވީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ފަހަތުގައި. ރައީސުލްޖުމްހޫރިއްޔާގެ މޭސްތިރިކަމުގެ ދަށުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ ބެއްލެވުމުގެ ދަށުން މިއަދު މި ވަނީ ނިއު ރޭޑިއަންޓް އަލުން އަނބުރާ ވުޖޫދަށް ގެނައުމުގެ މަސައްކަތް ފައްޓަވާފައި،" ވާސިފް ވިދާޅުވި އެވެ.

"އަލުން ކޮންމެ ޑިވިޝަނަކަށް ނިއު އައި ކަމުގައި ވިޔަސް، ޗެމްޕިއަންކަން ވުމަކީ އަޒުމަކީ،"

ނިއުގެ ކަންކަމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލްއާ އެކު ރައީސް އޮފީހުގެ މިނިސްޓަރު ސަމީރުގެ ބައްދަލުވުންތަކެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ވާސިފް ވަނީ ވިދާޅުވެފަ އެވެ.

ނިއުގެ ސަޕޯޓަރުންނަށް ވާސިފް ދެއްވި، އަނެއް އުފާވެރި ހަބަރަކީ ކްލަބްގެ މާކެޓިން ކަންކަމާ ހަވާލުވާން ކުންފުންޏެއް ތައްޔާރަށް އޮތް ވާހަކަ އެވެ. އަދި އެ މީހުން ނިއުގެ ބްރޭންޑް އިތުރަށް ވަރުގަދަ ކުރުމަށް ގިނަ ކަންކަން ރާވައިގެން ކުރަން ނިންމާފައިވާ ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދެވޭނެ ކަމަށް ވާސިފް ވިދާޅުވި އެވެ.

"މި ހަވާލުވާ މާކެޓިން ޓީމުގެ ޒިންމާއެއްގެ ގޮތުގައި ކުރަން ބޭނުންވާ ކަމެއް އެއީ، މި ކްލަބްގެ ބްރޭންޑް ވަރުގަދަކޮށް، މިހާރު މި ކްލަބް މި އޮތް ފަދަ ހާލަތަކަށް ދެން ނުދާނެ ފަދަ ހިސާބަކަށް ގެންދިއުން،" ވާސިފް ވިދާޅުވި އެވެ.

ނިއުގެ އާ ބޯޑު މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ނިއު ރޭޑިއަންޓް.

ނިއު އަލުން ކޮޅަށް ޖަަހަން ބޭނުންވާ ފައިސާ ހޯދުމުގެ ފަންޑްރައިޒިން މަސައްކަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވާސިފް ވިދާޅުވި އެވެ.

ނިއު ސަޕޯޓަރުން އިސްވެ، ދާދި ފަހުން ވުޖޫދުކުރި ކްލަބް ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވެސް ޗެއާމަނަކަށް އިންތިހާބުވި، ވާސިފް އަކީ އެންމެ ފަހުން އުވިދިޔަ ނިއުގެ ބޯޑު މެމްބަރެެއް ވެސް މެ އެވެ. ވާސިފް ވިދާޅުވީ ސޯޝަލް މީޑިއާގައި ނިއުގެ ބައެއް ސަޕޯޓަރުން ކްލަބްގެ ކުރީގެ ބައެއް ޗެއާމަނުންނާ މުހާތަބުކޮށް ބަދުބަސް ބުނަމުން އަންނަތަން ފެންނަ ކަމަށާއި އެކަން ހުއްޓާލުމަށް އެދޭ ކަމަށެވެ.

"އެންމެން، ހުރިހާ ސަޕޯޓަރުން ގުޅިގެން މިކަން ކުރެވޭނީ،" ވާސިފް ވިދާޅުވި އެވެ.

މިރޭ ވާސިފްގެ އިތުރުން ނިއުގެ މަގާމުތަކަށް އިންތިހާބުވެފައިވަނީ، ވައިސް ޗެއާމަނަކަށް އިސްމާއިލް ރަޝީދު، ޒަހީނުއްދީން ސައީދު، ސެކްރެޓަރީ އަކީ ސާއިދު އަލީ ދީދީ (މޫސާ ސާއިދު)، ހަޒާންދާރަކަށް އަހުމަދު ހުސެއިން އެވެ. މީގެ އިތުރުން ބޯޑުގައި ދެން ތިބި ހަތަރު މެމްބަރުންގެ ގޮތުގައި އިންތިހާބުވީ މުހައްމަދު ޔޫސުފް، ލުއައްޔު އާދަމް، އާސިމް ރިޒާ އަދި މުހައްމަދު މާލިކް އެވެ.

ނިއު ބޯޑުގައި މި ފަހަރު އިންތިހާބުވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންނަކީ ރޭޑިއަންޓްގެ ހިންގާ ބޯޑަށް އިންތިހާބުވި މެމްބަރުންނެވެ.

ވާސިފް ވިދާޅުވީ ރޭޑިއަންޓަކީ ނިއުގެ ސްޕޯޓިން ސަކްސެސާއެއްގެ ގޮތުގައި އޭއެފްސީން ނިންމާފައިވާތީވެ، އެކަން އާބިޓްރޭޝަނަކަށް ގެންގޮސް ދިވެހި ފުޓްބޯޅަ "ހައިޖާނުގެ ތެރެއަށް ގެންދަން" ބޭނުންނުވާ ކަމަށެވެ. އެހެންވެ، އޭގެ ބަދަލުގައި ނިިއު އަލުން ގެންނަން މަސައްކަތް ފެށީ ކަމަށް ވާސިފް ވިދާޅުވި އެވެ.

ކްލަބް ލައިސަންސިން އާއި އެޑްމިނިސްޓްރޭޝަންގެ އިތުރުން މުސާރައިގެ މައްސަލައިގައި ސަސްޕެންޑްކޮށްފައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް ވެސް ވަނީ ދާދި ފަހުން އާ ބޯޑެއް އިންތިހާބުކޮށްފަ އެވެ. ވިކްޓަރީން ކްލަބްގެ ދަރަނި ހަމަޖައްސައި، މިހާރު ވަނީ ދެ ވަނަ ޑިވިޝަނަށް ޓީމެއް ވެސް އެކުލަވާލައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox