އަޖުފާން އެކެޑަމީގެ މުބާރާތް: ޓާގެޓެއް އޮތް މުސްތަގުބަލެއް ބިނާކުރާނެ ޕްރޮޖެކްޓެއް

އަޖުފާން އެކެޑަމީގެ މުބާރާތް: ޓާގެޓެއް އޮތް މުސްތަގުބަލެއް ބިނާކުރާނެ ޕްރޮޖެކްޓެއް

މީގެ ދެ އަހަރު ކުރިން، ރާއްޖޭގެ ބެޑްމިންޓަންގެ ޗެމްޕިއަންކަން ގިނަ ފަހަރުތަކެއް މަތިން ހޯދާފައިވާ، މުހައްމަދު އަޖުފާން ރަޝީދު ބެޑްމިންޓަން އެކެޑަމީއެއް ފެށިއިރު ވެސް ހާއްސަަ އަމާޒަކަށްވެފައި އޮތީ ޒުވާން ކުޅުންތެރިންނަށް ބެޑްމިންޓަނުގެ ތެރެއިން ކުރިއަށްދެވޭނެ ޕްލެޓްފޯމެއް ގާއިމްކުރުމެވެ. އެ ގޮތުން 2020، ނޮވެމްބަރުގައި އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ (އައިބާ) ވުޖޫދަށް ގެނެސް، ޓާގެޓް ކުރި ޖޫނިއާ މުބާރާތް މި ވަނީ މި މަހު 23-25 އަށް ކުރިއަށް ގެންގޮސްފަ އެވެ.

ފޯރީގައި ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަ މި މުބާރާތުގައި 167 ކުދިން ބައިވެރިވި އެވެ. އޭގެ ތެރޭގައި އައިބާ، އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑެމީ (އަރްބާ)، ބެޑްމިންޓަން އެސޯސިއޭޝަންގެ ވައިޑީޕީގެ އިތުރުން ރިވައިވަލް ސްޕޯޓްސް ކްލަބް، އައްޑޫ ސިޓީގެ އެމް ސްޕޯޓްސް ކްލަބް އަދި ވ. ކެޔޮދޫ ޓީމެއް ހިމެނެ އެވެ.

އަޖުފާން އެކެޑަމީން މުބާރާތް ބޭއްވީ، 8، 12، 14، 16 ދެން 18 އަހަރުން ދަށަށެވެ. މުބާރާތުގެ ވަނަތަކަށް ބަލާއިރު، އަށް އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަނަކީ، އަރްބާގެ އައިޝަތު ސަނާޔާ ބިންތި އަފްރާހު އެވެ. ބާރަ އަހަރުން ދަށުގެ އަންހެން ޗެމްޕިއަަންކަން، އައިބާގެ އައިޝަތު ޔޫހާ އަހުމަދު، ހޯދިއިރު، 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަނަކީ ބީއޭއެމް ވައިޑީޕީގެ ޝުބާ މުހައްމަދު ޝަރީފް އެވެ. އަދި 18 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އައްޑޫގެ މަރިޔަމް އުޒްކާ ހަަސަން ހޯދިއިރު، 14 އަހަރުގެ އަންހެން ޗެމްޕިއަނަކީ ބީއޭއެމް ވައިޑީޕީގެ އައިޝަތު ޒޯޔާ ހުސެއިން އެވެ.

ފިރިހެން ބައިގެ ސިންގަލްސް އަށް ބަލާއިރު، ހަ އަހަރުން ދަށުގެ ޗެމްޕިއަންކަން އައިބާގެ ޒުލްކިފްލި ހުސެއިން ހޯދިއިރު، އަށް އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަނަކީ ބީއޭއެމް ވައިޑީޕީގެ އާލް އިބްރާހިމް ޝަރީފް އެވެ. ދިހަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ބީއޭއެމް ވައިޑީޕީގެ މަނޫފް ބިން ހަސަން ރަޝީދު ހޯދިއިރު، 12 އަހަރުން ދަށުގެ ޗެމްޕިއަނަކީ އައިބާގެ އަލީ އިޒްއާން މުހައްމަދު އެވެ. ސާދަ އަހަރުން ދަށުގެ ޗެމްޕިއަންކަން، އަރްބާގެ ސުނައިހު ނާސިހު މުހައްމަދު ހޯދިއިރު، 16 އަހަރުން ދަށުގެ ޗެމްޕިއަނަކީ ބީއޭއެމް ވައިޑީޕީގެ މުހައްމަދު ސާލިމް އަބްދުއްސަމަދު އެވެ. އަދި 18 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަނަކީ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ހައިޝަމް އިބްރާހިމް އެވެ.

އައިބާގެ ފައުންޑާ އަޖުފާން، ޖޫނިއާ މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަނީ.

އަޖުފާން، "އަދަދު" އަށް ބުނީ އުންމިދުކުރި ވަރަށް ވުރެ ރަނގަޅަށް މުބާރާތް ދިޔަ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާން ދިން މުއްދަތު ދިގުކޮށްލިނަމަ ގިނަ ރަށްރަށާއި ކްލަބްތަކުން ބައިވެރިވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

"ވަރަށް ކޮމްޕެޓިޓިވް، އެންމެ އުފާވީ އަހަރެމެންގެ ޕްލޭޔަރުން އެންމެ ޔަންގް ކެޓަގަރީތަކުން ފެށިގެން ހުރިހާ އެއްޗެއްގެ ކަހަލަ ގޮތަކަށް ފައިނަލްގައި އުޅުނީމަ، އެހެންވެ، އަހަރެމެންނަށް އެނގިއްޖެ ޔޫތު ޑިވެލޮޕްމަންޓަށް މި ކުރާ މަސައްކަތް އެބަ ކުރިއަށްދާތަން، ޕްރޮގްރެސްވާކަން، ރިޒަލްޓް އެބަ ފެންނަކަން. މީގެ މާނަ އަކީ ޒުވާން އުމުރުގައި ކުދިންތަކެއް އެބަ އުފެދެއޭ،" މުބާރާތުން ފެނުނު މަންޒަރުތައް ކިޔައިދެމުން އަޖުފާން ބުންޏެވެ.

މި ފަހަރުގެ މުބާރާތުން ފެނުނު މަންޒަރުތަކަށް ބަލައި، އަޖުފާން ނިންމައިގެން ހުރީ ޖޫނިއާ މުބާރާތް އަަހަރަކު އެއް ފަހަރު ބޭއްވުމަށެވެ.

"އިރާދަކުރެއްވިއްޔާ ކޮންމެ އަހަރަކު ޖޫނިއާ ކުދިންނަށް މި މުބާރާތް ބާއްވާނަން، ޖޫނިއާ ކުުޅުންތެރިންނަށް މި ވާދަކުރަން ފުރުސަތު ހޯދައިދޭން ދެން ކުދިން ވަރަށް އެންޖޯއި ކުރި، ކޮމްޕެޓިޓިވްކޮށް އެންޖޯއީ ކޮށްފައި، މުބާރާތް ކާމިޔާބުކޮށް ނިމުނީމަ އުފާވި،" އަޖުފާން ބުންޏެވެ.

"އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޕޮޒިޓިވް ފީޑްބެކް ލިބުން ކުދިންގެ މައިންބަފައިންގެ ފަރާތުން. ދެން، އަހަރެމެންގެ ތެރޭގައި މި އުޅޭ ޕްލޭޔަރުންގެ ފަރާތުން ވެސް ވަރަށް ސަޕޯޓް ލިބުން، މި އަސްލު ވަރަށް މުހިންމު ކަމެއް އެންމެންގެ ބައިވެރިވުން،"

އަޖުފާން ބުނީ ކުޅިވަރެއް ކުރިއަރާނީ އެ ކުޅިވަރެއްގެ އާއިލާ ނޫނީ ކޮމިއުނިޓީ ގުޅިގެން އެއް މިސްރާބަކަށް މަސައްކަތް ކުރުމުން ކަމަށެވެ. އަދި އޭނާ ޖޫނިއާ މުބާރާތެއް ފަށައިގެން މި ކުރި ތަޖުރިބާގައި ގިނަ ކުޅުންތެރިންނާއި ކްލަބްތަކުގެ އެހީތެރިކަން ލިބުނު ކަމަށާއި ހާއްސަކޮށް ބެޑްމިންޓަނުގެ މީހުން މީގެ ބައިވެރިވުމަކީ ކުޅިވަރެއްގެ ގޮތުގައި ބެޑްމިންޓަން ރަނގަޅު ޓްރެކުގައި ކުރިއަށްގެންދަން ފަހިވި ފުރުސަތެއް ކަމަށެވެ.

"މީގެ އާހިރު ކަންނިމޭއިރު މުހިންމީ އިންޓަނޭޝަނަލީ ވާދަކުރެވޭނެ މޮޅެތި ކުޅުންތެރިން އުފެއްދުން، އެކަމު ޔަންގް އޭޖްގައި، 18 އަހަރަށް ދިއުމުގެ ކުރިން އެބަޖެހޭ ޔަންްގް އޭޖްގައި ބީޑަބްލިއުއެފް މުބާރާތަކަށް ދާން، އަހަރެމެންގެ އެންމެ ބޮޑު އަމާޒަކީ ރަނގަޅު ކެޓަގަރީ އަކުން ބީޑަބްލިއުއެފްގެ ޖޫނިއާ އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރެވޭ ވަރަށް ކުދިން ޓްރެއިނިން ކުރުވުން، އެ މަގްސަދު ހާސިލްވީމަ ފޭސް ވަން އެ ކޮމްޕްލީޓްވީ،" ދުުުރުރާސްތާ ޓާގެޓްތަކެއް ވެސް އޮތްކަން ހާމަކޮށްދިނުމުގެ ގޮތުން އަޖުފާން ބުންޏެވެ.

އަޖުފާން ބުނީ އޭނާގެ އެކެޑަމީން މުބާރާތް ބޭއްވި ކަމުގައި ވިޔަސް މިއީ ވަރަށް ބިނަ ބަޔެއްގެ ބަައިވެރިވުން އޮވެގެން ކުރި މަސައްކަތެއް ކަމަށެވެ. އެ ގޮތުން ޔޫތު މިނިސްޓްރީ އާއި ބެޑްމިންޓަން އެސޯސިއޭޝަންގެ އިތުރުން ސްޕޮންސަރުން ދިން އެހީ އަޖުފާން ވަރަށް ބޮޑަށް ފާހަގަކުރެ އެވެ. އަދި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގެންނެވިއިރު، އެ މުބާރާތުގެ މެޗުތައް ބަލަން ކުޅިވަރުގެ އެކިއެކި ނަން މަޝްހޫރު ފަރާތްތައް އައުން ވެގެންދިޔައީ، މި މުބާރާތް އޭގެ އަސްލު މާނައިގައި ކުރިއަށްގެންދަން ލިބުނު ފަސޭހައެއްގެ ގޮތުގައި އަޖުފާން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox