އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ތައިލެންޑް ޓީމުގެ ތެރޭ ޑައިރިއާގެ މައްސަލަ

އުޒްބެކިސްތާންގައި ކުރިއަށްދިޔަ ތައިލެންޑްގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: ތައިލެންޑް ފުޓްބޯލް ޓީމު

އުޒްބެކިސްތާންގައި ކުރިއަށްދިޔަ ތައިލެންޑްގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: ތައިލެންޑް ފުޓްބޯލް ޓީމު

އޭޝިއަން ކަޕްގެ ކޮލިފައިން ފުރަތަމަ މެޗުގައި މިއަދު ހަވީރު ރާއްޖެއާ ދެކޮޅަށް ތައިލެންޑުން ކުޅޭއިރު، އެ ޓީމުގެ 13 ކުޅުންތެރިއަކަށް ޑައިރިއާގެ މައްސަލަ (ބޭރަށް ހިންގުމުގެ މައްސަލަ) ދިމާވެފައިވާ ކަމަށް އެ ޓީމުން ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ތައިލެންޑާއި ރާއްޖެ ހިމެނެނީ އުޒްބެކިސްތާނާއި ސްރީ ލަންކާއާ އެއް ގްރޫޕެއްގަ އެވެ. މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެނީ އުޒްބެކިސްތާންގަ އެވެ.

އުޒްބެކިސްތާންގައި ދާދި ފަހުން އޭއެފްސީގެ 23 އަހަރުން ދަށުގެ މުބާރާތުގެ ތެރެއިން ވިއެޓްނާމް ކުޅުންތެރިންނަށް ވެސް ބޭރަށް ހިންގުމުގެ މައްސަލަ ދިމާވި އެވެ. ތައިލެންޑް ކުޅުންތެރިން ވެސް އުޒްބެކިސްތާނަށް ދިޔަތަނުން، 13 ވަރަކަށް ކުޅުންތެރިންނަށް ބޭރަށް ހިންގުމުގެ މައްސަލަ ދިމާވުމުން، އެ ޓީމުން ވަނީ އެކަން އޭއެފްސީގެ ސަމާލުކަމަށް ގެނެސްފަ އެވެ. މިހާރު ތައިލެންޑަށް ރަނގަޅު ކާނާ ލިބުނު ނަމަވެސް ފުރަތަމަ ދުވަސްތަކުގައި ނުގުޅޭ ކާ އެއްޗެހި ކާން ޖެހުމުން ޓީމުގެ ހާލަތު އެއްކޮށް ރަނގަޅުނުވާ ކަމަށް ވަނީ ބުނެފަ އެވެ.

ރާއްޖެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ތައިލެންޑްގެ ކެޕްޓަން، ތީރަތޯން ބުންމަތަން ބުނީ އުޒްބެކިސްތާނަށް އައިސް ފުރަތަމަ ކާން ޖެހުނީ ގިނަ ކުޅުންތެރިންނާ ނުގުޅޭ ކާނާ ކަމަށްވާތީ ކުޅުންތެރިންނަށް ބޭރަށް ހިންގުމުގެ މައްސަލަ ދިމާވެ، ފިޓްނަސް އަށް އަސަރުކޮށްފައިވާ ކަމަށެވެ.

ތީރަތޯން ބުނީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި ތައިލެންޑުން ކޮލިފައިން ފަށާއިރު، ފުރަތަމަ މެޗުގައި ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި ކުޅެން ޖެހުމުގެ ބިރު އެބައޮތް ކަމަށެވެ. އެހެން ނަމަވެސް، ބަދަލަށް އަރަން ތިބީ ވެސް ރަނގަޅު ކުޅުންތެރިން ކަމަށްވާތީ ތީރަތޯން އަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އެބައޮތެެވެ.

ތައިލެންޑް ކުޅުންތެރިންނަށް މައްސަލަ ދިމާވީ ތެޔޮ ގިނައިން ބޭނުންކޮށްފައިވާ ކާ އެއްޗެހި ކާން ޖެހުނުއިރު، ދެން ކާ އެއްޗެއް ހޯދަން ދާން ޖެހެނީ ޖަޕަނީސް ނޫނީ ކޮރެއަން ރެސްޓޯރަންޓަކަށް ކަމަށްވާތީ އެވެ. އެއީ ތައިލެންޑްގެ ކެއުމަށް ހާއްސަ ރެސްޓޯރަންޓެއް އުޒްބެކިސްތާންގައި ޓީމު ތިބި ސަރަހައްދުގައި ނެތުމުންނެވެ.

ތައިލެންޑްގެ ކޯޗު މަނޯ ޕޯލްކިން: ފުރަތަމަ މެޗުގައި އެންމެ ވަރުގަދަ ޓީމު ނުނެރެވޭނެ ކަމަށް ބުނެފައިވޭ.

ތައިލެންޑްގެ ކޯޗު، ބްރެޒިލްގެ، މަނޯ ޕޯލްކިން ބުނީ ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ނުލައި، ކުޅެން ޖެހުމުން މެޗުގައި ބޭނުންކުރާނެ ޓީމެއް އެކުލަވާލުމުގައި ބޮލުގެ ރިހުން އެބަހުރި ކަމަށެވެ. ތޭރަ ކުޅުންތެރިންގެ ފިޓްނަސް އަށް އަސަރުކޮށްފައިވާ މި ދަނޑިވަޅާ ކުރިމަތިލުމުގެ ކުރިން ވެސް ޕޯލްކިން އަށް ގޮންޖެހުންތަކެއް ހުއްޓެވެ. އެއީ ކޮލިފައިން އަށް ސީނިއާ ސްކޮޑު އެކުލަވާލިއިރު، ތައިލެންޑްގެ 23 އަހަރުން ދަށުގެ ޓީމަށް ބައެއް ކުޅުންތެރިން ދޫކުރަން ޖެހުމަކީ ވެސް ޕޯލްކިން އަށް ކަން ބޮޑުވުމެކެވެ.

"ތައިލެންޑް ޓީމުގައި ހަތެއް ނޫނީ އަށެއް އެބަތިބި އަނިޔާވެެގެން (ފުރަތަމަ) މެޗު ނުކުޅޭ ހާލަތުގައި، ސީނިއާ ޓީމުގެ މުހިންމު ހަތަރު ކުޅުންތެރިއަކު އެ ތިބީ 23 އަހަރުން ދަށުގެ ޓީމުގައި، މި ހުރިހާ ކަމަކަށް ބަލާއިރު، ފުރަތަމަ މެޗަކީ އަހަރެމެންނަށް އުނދަގޫ ޗެލެންޖެއް، ޓީމު ހަމަޔަކަށް އެޅޭނީ ދެ ވަނަ މެޗުގައި ކަމަށް ބެލެވެނީ،" ޕޯލްކިން ބުންޏެވެ. "އެކަމަކު، އަހަރެމެން ކޮންމެ ޓީމެއް އެރުވިޔަސް ކުޅޭނީ މޮޅަކަށް، އެކަން ކުރެވޭނެ ފެންވަރު އެބަހުރި،"

މި ގްރޫޕްގެ ފޭވަރިޓަކީ އުޒްބެކިސްތާން ނޫނީ ތައިލެންޑް ކަމަށް ގިނަ ބަޔަކު ދެކުނު ކަމުގައި ވިޔަސް، ޕޯލްކިން ބުނީ ރާއްޖެ އާއި ސްރީ ލަންކާ އަކީ ދަށް ޓީމުތަކެއްގެ ގޮތުގައި ނުދެކޭނެ ކަމަށެެވެ.

ރާއްޖޭން ފުރަތަމަ މެޗުގައި ރަނގަޅު "ޕްލޭނެއް ހިފައިގެން" ތައިލެންޑާ ކުޅޭނެ ކަމަށް ޕޯލްކިން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ސީނިއާ ފުޓްބޯޅައިގައި ރާއްޖެ އާއި ތައިލެންޑް ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވެ އެވެ. އެ ގޮތުން 1996 ވަނަ އަހަރު އޭޝިއަން ކަޕް ކޮލިފައިން ދެ މެޗެއް ކުޅުނުއިރު، ދެ ފަހަރު ވެސް ތައިލެންޑުން ވަނީ 8-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. ދެން، ރާއްޖެ އާއި ތައިލެންޑް ކުޅެފައިވަނީ 2012 ވަނަ އަހަރު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗު ނިމުނީ 3-0 އިން ތައިލެންޑް މޮޅުވެެގެންނެވެ.

ތައިލެންޑް ވަނީ މި ފަހަރުގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ތައްޔާރުވުމުގެ ގޮތުން ދެ މެޗެއް ކުޅެފަ އެވެ. 27 މެއިގައި، ތުުުރުކުމެނިސްތާން އަތުން 1-0 އިން މޮޅުވިއިރު، އޭގެ ހަތަރު ވަރަކަށް ދުވަސް ފަހުން ބަހްރޭން އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ.

އުޒްބެކިސްތާންގައި މިއަދު ތައިލެންޑާއި ރާއްޖެ ކުޅޭ މެޗު ފަށާނީ 17:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox