ނިއު ރޭޑިއަންޓްގެ ޗެއާމަނަކަށް ވާސިފް އިންތިހާބުކޮށްފި

ނިއުގެ އާ ޗެއާމަން ވާސިފް (ކ) އާއި ކްލަބްގެ މުއައްސިސް އަހުމަދު ވަހީދު ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު

ނިއުގެ އާ ޗެއާމަން ވާސިފް (ކ) އާއި ކްލަބްގެ މުއައްސިސް އަހުމަދު ވަހީދު ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު

މުސާރަ ނުދޭ މައްސަލައެއްގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައި އޮތް، ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަނަކަށް، އަހުމަދު ވާސިފް މިރޭ އިންތިހާބުކޮށްފި އެވެ.

ނިއު ސަޕޯޓަރުން އިސްވެ، ދާދި ފަހުން ވުޖޫދުކުރި ކްލަބް, ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވެސް ޗެއާމަނަކަށް އިންތިހާބުވި، ވާސިފް އަކީ އެންމެ ފަހުން އުވިދިޔަ ނިއުގެ ބޯޑު މެމްބަރެެއް ވެސް މެ އެވެ. ނިއު އަށް އަލުން ފުޓްބޯޅައިގެ ތެރެއަށް އެނބުރި އާދެވޭނީ ދަރަނިތައް ދައްކައިގެންނެވެ.

ޝީ ބިލްޑިންގައި މިރޭ ބޭއްވި އިންތިހާބުގައި ކުރިއަށްދިޔައީ ފެންނަ ނުފެންނަ ވޯޓެކެވެ. އެއީ ކޮންމެ މަގާމަކަށް ވެސް ކުރިމަތިލާފައިވަނީ އެކަށީގެންވާ އަދަދަކަށް ކަމަށް ވާތީ، ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ. ކޮންމެ ފަރާތެއް ވެސް ނިއު ބޯޑަށް މިރޭ އިންތިހާބުވީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ފުރިހަަމަ އަގުލަބިއްޔަތު ލިބިގެންނެވެ.

މިރޭ ވާސިފްގެ އިތުރުން ނިއުގެ މަގާމުތަކަށް އިންތިހާބުވެފައިވަނީ، ވައިސް ޗެއާމަންގެ ދެ މަގާމަށް އިސްމާއިލް ރަޝީދު، ޒަހީނުއްދީން ސައީދު، ސެކްރެޓަރީ އަކަށް ސާއިދު އަލީ ދީދީ (މޫސާ ސާއިދު)، ހަޒާންދާރަކަށް އަހުމަދު ހުސެއިން އެވެ.

މީގެ އިތުރުން ބޯޑުގައި ދެން ތިބި ހަތަރު މެމްބަރުންގެ ގޮތުގައި އިންތިހާބުވީ މުހައްމަދު ޔޫސުފް، ލުއައްޔު އާދަމް، އާސިމް ރިޒާ އަދި މުހައްމަދު މާލިކް އެވެ.

ނިއުގެ އިސް ފަރާތްތަކާއި އަލަށް އިންތިހާބުވި ބޯޑު މެމްބަރުން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު

ނިއު ބޯޑުގައި މި ފަހަރު އިންތިހާބުވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންނަކީ ރޭޑިއަންޓްގެ ހިންގާ ބޯޑަށް އިންތިހާބުވި މެމްބަރުންނެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ނިއު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވަނީ 2019 ވަނަ އަހަރު ކުރީކޮޅުގަ އެވެ. ފުރަތަމަ އެފްއޭއެމުން ނިއު ސަސްޕެންޑްކުރިއިރު، ފަހުން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ވަނީ ނިއު އަށް ފިޔަވަޅު އަޅައިފަ އެވެ. އެއީ އެ ކްލަބުން ގެނެސްފައިވާ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ދޭން ތަކުރާރުކޮށް ދިން ފުރުސަތުތަކުގެ ބޭނުންހިފާފައިނުވާތީ އެވެ.

ނިއުގެ ސަޕޯޓަރުން އިސްވެ، ދާދި ފަހުން ވުޖޫދުކުރި ރޭޑިއަންޓްގެ މަސައްކަތް ހުއްޓުނީ އޭއެފްސީން ރޭޑިއަންޓަކީ ނިއުގެ "ސްޕޯޓިން ސަކްސެސާ" ގޮތުގައި ކަނޑައެޅުމުންނެވެ. ސްޕޯޓިން ސަކްސެސާ އެއްގެ ގޮތުގައި ބެލޭ މިންގަނޑަކީ ދަރަންޏެއް އޮތުމުގެ ސަބަބުން ސަސްޕެންޝަނެއްގައި އޮތް ކްލަބެއްގެ މަސްލަހަތު އޮތް ފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެެރިވެގެން އެހެން ކްލަބެއް ވުޖޫދުކުރުމެވެ.

އޮންނަ އުސޫލުގެ ތެރެއިން ސްޕޯޓިން ސަކްސެސާއެއްގެ ގޮތުގައި ކުރިއަށްދެވޭނީ ކުރިން އޮތް ކްލަބްގެ ދަރަންޏާ ހަވާލުވާނަަމަ އެވެ. މިހާލަތުގައި، މީގެ މާނަ އަކީ ރޭޑިއަންޓަށް ރަސްމީ ގޮތުން އެފްއޭއެމާއި އޭއެފްސީ ތެރެއިން އެފިލިއޭޝަނެއް ލިބިގެން މެމްބަރު ކްލަބެއްގެ ގޮތުގައި ކުރިއަށް ދެވެން އޮތީ ނިއު ރޭޑިއަންޓްގެ ދަރަންޏާ ހަވާލުވެގެންނެވެ.

ވާސިފް މިރޭ ވިދާޅުވީ ރޭޑިއަންޓް ގެންނަން ނިންމީ ނިއުގެ ދަރަންޏާ ހަވާލުވެގެން އެ ވަގުތު ކުރިއަށް ދެވެން ނެތިގެން ކަމަށެވެ. އެކަމަކު، މިހާރު ހާލަތު އޮތްގޮތުން އެންމެ ރަނގަޅު ގޮތަކީ ނިއު އަލުން ކޮޅަށް ޖެހުން ކަމަށް ވާސިފް ވިދާޅުވި އެވެ.

ރޭޑިއަންޓްގެ ކަންކަމުގައި ހައްލެއް ހޯދަން އާބިޓްރޭޝަންގައި އެ މައްސަލަ ބައިނަލްއަގުވާމީ ކޯޓެއްގައި ކުރިއަށް ނުގެންދަން ނިންމި އެންމެ ބޮޑު ސަބަބަކީ "ދިވެހި ފުޓްބޯޅައިގެ ހައްގުގައި ކުރިއަށް ދިއުމުގެ ވިސްނުމުގައި" ކަމަށް ވާސިފް ވިދާޅުވި އެވެ.

"ހައިޖާނެއްގެ ތެރެއަށް ދިވެހި ފުޓްބޯޅަ ގެންދިއުމުގެ ބަދަލުގައި އަޅުގަނޑުމެން ނިންމީ އަލުން ނިއު ރޭޑިއަންޓްގެ މަސައްކަތަަައިގެން އުޅެން،" ވާސިފް ވިދާޅުވި އެވެ.

އެފްއޭއެމާއި ފީފާ އިން 2019 ވަނަ އަހަރު ނިއު ސަސްޕެންޑް ކުރުމާ އެކު އެ އަހަރު ފަހު ކޮޅުން ފެށިގެން އަލުން ފުޓްބޯޅަ އަށް ނިއު ގެންނަން ސަޕޯޓަރުންތަކެއް އިސްވެ ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވާސިފް މިރޭ ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ގިނަ ފަރާތްތަކެއް މި އަލަށް އިންތިހާބުވި ނިއުގެ ބޯޑު މެމްބަރުންގެ ތެރޭގައި ވެސް ހިމެނޭ ކަމަށާއި އެ މީހުން އިސްވެ، އަމިއްލަ ހަރަދުގައި 2020 ވަނަ އަހަރުގެ މާޗް މަސް ތެރޭގައި ނިއުގެ ޖޯޒީ ވިއްކުމުގެ ހަރަކާތެއް ވެސް ހިންގާފައިވާނެ ކަމަށް ވާސިފް ވިދާޅުވި އެވެ.

އޭގެ ފަހުން ކޮވިޑް-19 އާ ހެދި ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމުގެ ސަބަބުން ނިއު އަލުން ގެންނަން ކުރި މަސައްކަތް މަޑުޖެހި އަލުން މަސައްކަތް ފަށަން ބެލިއިރު، ނިއުގެ ދަރަނި އޮތީ ފަސް މިލިއަނަށް ވުރެ ވެސް މަތީގައި ކަމަށް ވާސިފް ވިދާޅުވި އެވެ.

އެހެންވެ، އޭރު ބެލެވުނީ އާ ކްލަބެއް ހަދައިގެން ކުރިއަށް ދިއުމަށް ކަމަށާއި އެހެންވެ، ރޭޑިއަންޓް އުފައްދައި މަސައްކަތް ފެށި ނަމަވެސް އޭއެފްސީގެ ނިންމުމާ އެކު ރޭޑިއަންޓްގެ ކަންކަން މަޑުޖައްސާލައި، އަލުން ނިއު ގެންނަން އަމާޒުހިފީ ކަމަށް ވާސިފް ވިދާޅުވި އެވެ.

ކްލަބް ލައިސަންސިން އާއި އެޑްމިނިސްޓްރޭޝަންގެ އިތުރުން މުސާރައިގެ މައްސަލައިގައި ސަސްޕެންޑްކޮށްފައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް ވެސް ވަނީ ދާދި ފަހުން އާ ބޯޑެއް އިންތިހާބުކޮށްފަ އެވެ. ވިކްޓަރީން ކްލަބްގެ ދަރަނި ހަމަޖައްސައި، މިހާރު ވަނީ ދެ ވަނަ ޑިވިޝަނަށް ޓީމެއް ވެސް އެކުލަވާލައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox