އުޒްބެކިސްތާނަކީ ފޭވަރިޓް، ވަރުގަދަ ޓީމުތަކާ ވާދަކުރެވޭ ދުވަސް އަންނާނެ: ގައުމީ ކޯޗު

އުޒްބެކިސްތާންގައި ކުރިއަށްދިޔަ ޓްރެއިނިންއެއްގެ ތެރެއިން މޮރިއޭރޯ.-- ފޮޓޯ: އިބްރާހިމް ފާއިދު/އެފްއޭއެމް

އުޒްބެކިސްތާންގައި ކުރިއަށްދިޔަ ޓްރެއިނިންއެއްގެ ތެރެއިން މޮރިއޭރޯ.-- ފޮޓޯ: އިބްރާހިމް ފާއިދު/އެފްއޭއެމް

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި މިރޭ އުޒްބެކިސްތާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗަށް ނުކުންނައިރު، އުޒްބެކިސްތާނަކީ ގްރޫޕްގެ ފޭވަރިޓުންކަން އެނގޭ ކަމަށާއި ވަރުގަދަ ޓީމުތަކާ ދެކޮޅަށް، ރާއްޖޭގެ ގައުމީ ޓީމަށް ވެސް ރަނގަޅަށް ކުޅެވޭނެ ދުވަސް އަންނާނެ ކަމަށް ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

އުޒްބެކިސްތާންގައި ސެންޓްރަލައިޒްކޮށް ކުރިއަށްދާ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ބުދަ ދުވަހު ހަވީރު ވަނީ ތައިލެންޑް އަތުން 3-0 އިން ބަލިވެފަ އެވެ. އެރޭ ކުޅުނު ގްރޫޕްގެ އަނެއް މެޗުގައި ސްރީ ލަންކާގެ މައްޗަށް އުޒްބެކިސްތާން ކުރިހޯދީ 3-0 އިންނެވެ.

ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު ތައިލެންޑާއި ލަންކާ ވާދަކުރާއިރު، ރާއްޖޭން މިރޭ ކުޅޭނީ އުޒްބެކިސްތާނާ އެވެ. އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ ޓީމުގެ އިތުރުން ކޮލިފައިން ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ފަސް ޓީމެކެވެ.

ރޭގެ ޕްރެކްޓިހަށް ފަހު ގައުމީ ކޯޗު މޮރިއޭރޯ "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ބުނީ ރާއްޖެ އަތުން ތައިލެންްޑް މެޗު ގެއްލުނީ ގޯސްތަކެއް ހެދިގެން ކަމަށާއި މި ލެވަލްގައި ކުޅޭއިރު، އެ ފަދަ ކަންކަން ދިމާވުމުން ޖެހޭނީ މެޗަކަށް ފަހު މެޗެއް ރަނގަޅުކުރަން ކަމަށެވެ.

"އަހަރެމެން ވިސްނަން ޖެހޭ މި ލެވަލްގައި މިސްޓޭކެއް ހަދައިފިއްޔާ، މާފެއް ނެތް، އެއީ އިދިކޮޅު ޓީމުން ހުންނާނީ އެ ފަދަ ކަންކަމަށް ތައްޔާރުވެގެން، އެ ފަދަ ފުރުސަތުގައި ގޯލު ވެސް ޖަހާނެ،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނީ ފެންނަން އޮތް ހަގީގަތަކީ ރާއްޖެ އަށް މި ގްރޫޕްގައި ވަރުގަަދަ ދެ ޓީމު އެބައޮތް ކަމަށެވެ. އެއީ އުޒްބެކިސްތާނާއި ތައިލެންޑެވެ.

އުޒްބެކިސްތާނަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި އެކަން އެ ޓީމުގެ ކުޅުމުން ވެސް ފެންނަ ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.

"އުޒްބެކިސްތާނަކީ ފޭވަރިޓުން، ވަރަށް މޮޅަށް އެ މީހުން ކުޅޭ، އެ މީހުންގެ އެބަތިބި ފެންވަރު ރަނގަޅު ކޮލިޓީ ކުޅުންތެރިން. އެކަމަކު، މިއީ އަހަރެމެން މި ވަގުތު ވިސްނަން ޖެހޭ ކަމެއް ނޫން. އަހަރެމެން ޔަގީންކަން މި ދެނީ އަހަރެމެން ނަތީޖާ ނެރެން ފުރިހަމަ އަށް މަސައްކަތް ކުރާނަން،" މޮރިއޭރޯ ބުންޏެވެ.

އުޒްބެކިސްތާން ޓީމުގެ ކެޕްޓަނަކީ އިޓަލީގެ ރޯމާ އަށް ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ފޯވާޑް އެލްޑޯ ޝޮމުޑޯރޯފް އެވެ. ފީފާ އިން އެންމެ ފަހުން ނެރުނު ރޭންކިންގައި އުޒްބެކިސްތާނަކީ 83 ވަނަ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ފްރެންޗެސްކޯ މޮރިއޭރޯ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ބޭނުންވާ މިސްރާބަށް ދެވޭ ކަމުގެ މަންޒަރުތަކެއް އެބަފެނޭ

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ރާއްޖޭގެ ކޯޗުކަމާ ހަވާލުވި މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖޭން މިހާތަނަށް ކުޅެފައިވަނީ ފަސް މެޗެވެ. އެއީ ފޯ ނޭޝަންސް ކަޕްގައި ލަންކާއާ 4-4 އިން އެއްވަރުވި މެޗާއި ސީޝެލްސްއާ 0-0 ވި މެޗާއި ބަންގްލަދޭޝް އަތުން 1-0 އިން ބަލިވި މެޗުގެ އިތުރުން، މިދިޔަ މާޗް މަހު ބަންގްލަދޭޝް އަތުން މާލޭގައި 2-0 އިން މޮޅުވި މެޗު އަދި ތައިލެންޑް އަތުން 3-0 އިން ބަލިވި މެޗެވެ.

މޮރިއޭރޯ ބުނީ މާޗް މަހު ބަންގްލަދޭޝް އަތުން މޮޅުވި މެޗު ބަލަން ގަލޮޅު ދަނޑަށް އައި ގިނަ ބަޔަކަށް ގައުމީ ޓީމުގައި އޭނާ ކުރަމުން އަންނަ މަަސައްކަތް ފެނި ރާއްޖޭން ކުޅެން މަސައްކަތް ކުރާ ގޭމް ވެސް ފެންނާނެ ކަމަށެވެ. އެ ގޭމްޕްލޭނާ އެކު ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު، ނަތީޖާ ނެރެން މެޗުތަކެއް ކުޅެގެން ކަންކަން ދަސްކުރަން ވަގުތު ނަގާނެ ކަމަށެވެ. އަމުދުން މިހާރު މި ކުޅެނީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ކަމަށްވާތީ، އުނދަގޫތަކެއް ހުންނާނެ ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.

"އަހަރެން އައިސް މަސައްކަތް މި ކުރަނީ މައިގަނޑު ދެ ކަމަކަށް، ފުރަތަމަ ކަމަކަށް ފިޒިކަލީ ކުޅުންތެރިން ރަނގަޅުކުރަން، އެއީ މި ފަހުގެ ފުޓްބޯޅައިގައި ގިނަ ވަގުތު ދުވެގެން، މެޗު ކޮންޓްރޯލް ކުރެވޭނީ. ދެ ވަނަ ކަމަކަށް ޓެކްޓިކަލް ފުޓްބޯޅަ. ޑިފެންސިވް ފޭސް އާއި އެޓޭކިން ފޭސްގައި އަހަރެމެން ކަންކަން މި ބަދަލުކޮށްލާއިރު، ޓީމު ރަނގަޅަށް ކުޅެވޭތޯ މި ބަލަނީ،" އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅުނު މޮރިއޭރޯ ބުންޏެވެ.

"މި ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ވެސް އެ ދަނީ މި ކަންކަން ދަސްކުރަމުން. އެކުގައި ޓީމު ކުރިއަރަން އެބަ ބޭނުންވޭ. އަހަރެމެން މި މަސައްކަތް ކުރާ ގޮތަށް މަސައްކަތް ކުރަމުން ކުރިއަށް ގޮސްފިނަމަ އަަހަރެމެންނަށް ބޮޑެތި ޓީމުތަކާ ވާދަކުރެވޭ ދުވަސް ވެސް އަންނާނެ، އެ ދުވަހުން އަހަރެމެންގެ އެންމެން ވެސް ވަރަށް އުފާވާނެ،"

މޮރިއޭރޯ ބުނީ ކޮންމެ މެޗަކަށް ނުކުންނައިރު ވެސް އަޒުމަކަށް ވާން ޖެހޭނީ ދެވެން ހުރި ހުރިހާ އެއްޗެއް ދަނޑުމަތީގައި ދީގެން ނަތީޖާ އެއް ނެރެން މަސައްކަތް ކުރުމަށް ކަމަށެެވެ. އެއީ މި ފަދަ ބޮޑެތި ވަރުގަދަ މެޗުތަކުން ލިބޭނީ ރަނގަޅު ތަޖުރިބާ ކަމަށާއި ނަތީޖާ ނެރެން ކުރާ މަސައްކަތުގައި އަލިމަގެއް ފެންނާނީ ވެސް ކުރިއަށް ފިޔަވަޅުތަކެއް އަޅައިގެން ކަމަށް މޮރިއޭރޯ ބުންޏެވެ.

އުޒްބެކިސްތާންގެ މަރްކަޒީ ސްޓޭޑިއަމްގައި ރާއްޖެ އާއި އުޒްބެކިސްތާން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 20:30 ގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox