އޭއެފްސީ ކަޕް: ރާއްޖޭގެ ކްލަބްތަކަށް އަތްނުފޯރާފަށަށް ދަނީތަ؟

އޭއެފްސީ ކަޕް: ރާއްޖޭގެ ކްލަބްތަކަށް އަތްނުފޯރާފަށަށް ދަނީތަ؟

ރާއްޖޭގެ ކްލަބްތަކުން 2004 ވަނަ އަހަރުން ފެށިގެން އޭއެފްސީ ކަޕްގައި ވާދަކުރަމުން އަންނައިރު، މިހާތަނަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔައީ ދެ ފަހަރު އެވެ. އެއީ 2005 އާއި 2013 ވަނަ އަހަރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލާއި ކުއާޓާ ފައިނަލުގައި ވާދަކުރިއިރު އެވެ. ނިއުގެ އިތުރުން މިހާތަަނަށް ރާއްޖޭގެ އެހެން ހަ ކްލަބަކުން އޭއެފްސީ ކަޕްގައި ކުޅުނު ނަމަވެސް މިހާތަަނަށް އެހެން ޓީމަކަށް ގްރޫޕް ސްޓޭޖަށް ވުރެ ކުރިއަކަށް ދެވޭގޮތެއް ނުވި އެވެ.

އޭއެފްސީ ކަޕްގެ ފޯމެޓް، 2017 ވަނަ އަހަރު ބަދަލުވީ މައިގަނޑު ދެ ޒޯނަކަށެވެ. އެހާ ހިސާބުން ދެކުނު އޭޝިއާ (ސާކް ސަރަހައްދުގެ) ހުރިހާ ގައުމެއް ވާދަކުރަން ޖެހުނީ އެއް ގްރޫޕެއްގަ އެވެ. ސާފްގެ ކްލަބް ޗެމްޕިއަންޝިޕެއް ބާއްވަން މިހާތަނަށް ކުރެވުނު މަސައްކަތުގައި އަލި މަގެއް ނުފެނުނު ނަމަވެސް، ސަރަހައްދުގެ ކްލަބްތަކުގެ ވާދަވެރި ކުރިމަތިލުންތައް އޭއެފްސީ ކަޕްގެ ކޮލިފައިން އާއި ގްރޫޕް ސްޓޭޖުގައި އަންނަނީ ފެންނަމުންނެވެ.

އާ ފޯމެޓަށް ކުޅެން ފެށި ފަހުން ގްރޫޕް ސްޓޭޖު އަނެއް ބުރަށް ދަނީ އެންމެ ޓީމަކަށެވެ. އެ ޓީމެއް ދަނީ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށެވެ. އެ ޖާގަ މިހާތަނަށް ހޯދާފައިވަނީ އިންޑިއާގެ ބެންގަލޫރާއި އޭޓީކޭ މޯހަން ބަގާން ކޮންމެ ޓީމެއް ދެ ފަހަރުގެ އިތުރުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެއް ފަހަރު އެވެ.

އާ ފޯމެޓަށް ކުޅެން ފެށި ފަހުން ރާއްޖޭގެ ޓީމަކަށް ގްރޫޕް ސްޓޭޖަށް ވުރެ ކުރިއަށް ދެވުމުގެ ފުރުސަތެއް ނުލިބެ އެވެ. ރާއްޖޭގެ މާޒިޔާ އިން 2017 ވަނަ އަހަރާއި ނިއު ރޭޑިއަންޓުން 2018 ވަނަ އަހަރު ގްރޫޕުން ކުރިއަށް ދިއުމާ ގާތަށް ދިޔަ ނަަމަވެސް ފަހު ވަގުތު ސޮއްސާލީ އެވެ.

އެކި ސަބަބުތަކާ ހުރެ ރޭހުގައި "ރާއްޖެ" ފަހަތަށް؟

މިދިޔަ ދެ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ގެންގޮސްފައި މި ވަނީ ކޮވިޑް-19ގެ ސަބަބުން ސެންޓްރަލައިޒް ކޮށް އެ ދަނޑެއްގަ އެވެ. މިދިޔަ އަހަރު އޮގަސްޓް މަހު މާލޭގައި ބޭއްވިއިރު، މި ފަހަރު ހޯސްޓް ކުރީ މި މަސް ތެރޭ އިންޑިއާގެ ކަލްކަތާގަ އެވެ. ދެ ފަހަރު ވެސް ގްރޫޕް ސްޓޭޖު ކާމިޔާބުކުރީ ގްރޫޕްގައި އޮތް ބޮޑު ބަޖެޓުން ހިންގާ ކްލަބް، އޭޓީކޭ މޯހަން ބަގާން އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ގްރޫޕްގައި އޮތް ތިން ޓީމުން ޖުމްލަ ސީޒަނަކަށް ކުރާ ހަރަދަށް ވުރެ، އޭޓީކޭ މޯހަން ބަގާން އިން ސީޒަނަށް ކުރާ ހަރަދު ބޮޑެވެ. އިންޑިއާގެ މަޝްހޫރު ސުޕަ ލީގުގައި ވާދަކުރަން ތައްޔާރުކުރާ އޭޓީކޭ ޓީމަށް އޭއެފްސީ ކަޕްގައި ތަފާތެއް ދެއްކުން މި ވަނީ ފަސޭހަ ކަމަކަށް ވެފަ އެވެ.

މީގެ ކުރިން އޭއެފްސީ ކަޕްގެ ގަވާއިދުގައިވާ ގޮތުން މި ވަގުތު އެއް ފަހަރާ ދަނޑުމަތީގައި ބޭނުންކުރެވެނީ ބިދޭސީ ހަތަރު ކުޅުންތެރިންނެވެ. އޭގެ ތެރެއިން ތިން ކުޅުންތެރިން ދުނިޔޭގެ އެކި ހިސާބުތަކަށް ނިސްބަތް ވިޔަސް، އޭޝިއާގެ ގައުމަކަށް ނިސްބަތްވާ އެއް ކުުޅުންތެރިއަކު ހުންނަން ޖެހެ އެވެ.

އެކަމަކު، އަންނަ އަހަރުގެ އޭއެފްސީ މުބާރާތްތަކުގައި (އޭއެފްސީ ކަޕާއި ޗެމްޕިއަންސް ލީގުގައި) ބިދޭސީ ކުޅުންތެރިންގެ "ކޯޓާ" ބޮޑުކުރާނެ އެވެ. އޭރުން އުސޫލު އޮންނާނީ، ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ފަސް ކުޅުންތެރިންގެ އިތުރުން އޭޝިއާގެ ގައުމަކަށް ނިސްބަތްވާ އެއް ކުޅުންތެރިއަކު ހިމެނޭ ގޮތަށެވެ.

އެކަމަށް ތައްޔާރުވެ، ފަސޭހައެއްގެ ގޮތުން މި ފަހަރުގެ އޭއެފްސީ ކަޕްގެ ސްކޮޑުގައި ބިދޭސީ ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭ އުސޫލަށް ލުޔެއް ވަނީ ދީފަ އެވެ. ބިދޭސީ ހަ ކުޅުންތެރިން މި ފަހަރުގެ އޭއެފްސީ ކަޕް ސްކޮޑުގައި ރަޖިސްޓްރީ ކުރެވޭއިރު، އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އިން ވަނީ ހަތަރަަކަށް ވުރެ، ގިނަ ބިދޭސީ ކުޅުންތެރިން ޓީމުގައި ހިމަނައިފަ އެވެ. މެޗަކަށް ނަގަނީ އެ މެޗަށް ބޭނުންވާ ބިދޭސީ ކުޅުންތެރިޔާ އެވެ. ރާއްޖޭގެ މާޒިޔާ އަށް ޖެހުނީ ލޯކަލް ސީޒަނުގައި ވެސް ބޭނުންކުރަމުން އަންނަ އެ ހަތަރު ބިދޭސީ ކުުޅުންތެރިން ލައިގެން ހުންނާށެވެ.

އަނެއް ފަރަގަކީ ބިދޭސީ ކުޅުންތެރިންނަށް ސަރަހައްދުގެ ގައުމުތަކުގެ ކްލަބްތަކުން ކުރާ ހަރަދާއި ރާއްޖޭގެ ކްލަބްތަކުން ބިދޭސީ ކުޅުންތެރިންނަށް ކުރާ ހަރަދުގެ ފަރަގު ބޮޑުވުމެވެ.

މިދިޔަ ދެ އަހަރު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ކާމިޔާބުކުރި އޭޓީކޭ މޯހަން ބަގާން އިން ސީޒަނެއްގެ މައްޗަށް ބިދޭސީ ކުޅުންތެރިންނަށް ކުރާ ހަރަދު އެއް މިލިއަން ޑޮލަރު (15,420,000 ރުފިޔާ) ވުރެ އިތުރުވާނެ ކަމަށް އެ ކްލަބްގެ އޮފިޝަލަކު ވަނީ މައުލޫމާތު ދީފަ އެވެ. ބަޝުންދަރާ ކިންގްސް އިން ވެސް ސީޒަނެއްގެ މައްޗަށް (10 މަހަށް) ބިދޭސީ ކުޅުންތެރިންނަށް ކުރާ ހަރަދު 300،000 ޑޮލަރު (4،626،000 ރުފިޔާ) އަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ރާއްޖޭގައި ގަވާއިދުން މުސާރަ ދޭ ހަމައެކަނި ކްލަބެއްގެ ގޮތުގައި މި ވަގުތު އޮތް މާޒިޔާ އަށް އެންމެ ގިނަ ވެގެން ވެސް ބިދޭސީ ކުޅުންތެރިންނަށް ޖުމްލަ ހަރަދުކުރެވޭނީ ގިނަ ވެގެން 100،000-150،000 ޑޮލަރާ (1،542،000 - 2،313،000 ރުފިޔާއާ) ދެމެދުގެ އަގެކެވެ.

އޭއެފްސީން ބިދޭސީ ކޯޓާ އިތުރުކުރުމާ އެކު، ދިވެހި ކްލަބްތަކާއި އެހެން ގައުމުތަކުގެ ކްލަބްތަކުން ބިދޭސީ ކުޅުންތެރިންނަށް ކުރެވޭ ހޭދައިގެ ފަރަގު މިހާރަށް ވުރެ ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. މާނަ އަކީ އެ ތަފާތު ދަނޑުމަތީގައި އިތުރަށް ފެނުމެވެ.

ރާއްޖޭގެ ލީގު ވާދަވެރިނުވުމުގެ ގެއްލުން އެބައޮތް!

ފަހަކަށް އައިސް ރާއްޖޭގެ ލީގު ފެންނަނީ ވާދަވެރިކަން ކުޑަކޮށެވެ. ލީގުގެ ޗެމްޕިއަންކަން މިދިޔަ ދެ ސީޒަނުގައި ހޯދި މާޒިޔާ އަށް އެކަށިގެންވާ ވާދަވެރި މެޗުތަކެއް ލޯކަލް ސީޒަނުގައި ނުލިބެ އެވެ. މީގެ ގެއްލުން ކުރިމަތިވަނީ އޭއެފްސީ ކަޕް ކަހަލަ މުބާރާތަކަށްދާއިރު އެވެ. އެކަން، މާޒިޔާއާ ދެކޮޅަށް ނުކުންނަ ޓީމުތަކުގެ ކޯޗުން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ފާހަގަކުރެ އެވެ.

ގާތްގާތުގައި ވާދަވެރި މެޗުތަކެއް ކުޅެފައި ނެތުމުގެ ގެއްލުން މާޒިޔާ އަށް ކުރިމަތިވާކަން އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ އެންމެ ފަހުން ހުރި ބިދޭސީ ކޯޗުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި ވާދަކުރާ އިންޑިއާގެ އައި ލީގާއި ސުޕަ ލީގުގެ ޓީމުތަކާއި ބަންގްލަދޭޝް ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބްތަކުން އަންނަނީ ގައުމީ ލެވަލްްގައި ވާދަވެރި މެޗުތަކެއް ކުޅެފަ އެވެ. އެ ގައުމުތަކުގެ ފުޓްބޯޅަ އަކީ މިހާރު ކުރިއަރާފައިވާ ވިޔަފާރީގެ ވެސް "އިންޑަސްޓްރީ" އެކެވެ. އެހެންވެ، އެ ގައުމުގެ ލީގުތަކުގެ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައި، ފޯރީގައި މެޗުތައް ނިންމާލާފައިވާތީ، އޭއެފްސީ ކަޕަށް އަންނައިރު އެ ޓީމުތައް ހުންނަނީ މުބާރާތަށް ބޭނުންވާ ވަރަށް "ފައްކާވެފަ" އެވެ. އެ ތަފާތު މުހިންމު ވަގުތުތަކުގައި ދަނޑުމަތީގައި ވެސް ދައްކަ އެވެ.

ޔަގީނުން ވެސް އެނގޭ ކަމަކީ ރާއްޖޭގެ ލީގުގައި ވާދަކުރާ ކްލަބްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ، ލީގުގެ ފޯރި ގަދަވެގެން ނޫން ގޮތަކަށް އޭއެފްސީ ކަޕް ކަހަލަ މުބާރާތަކަށް ދާއިރު، ރަނގަޅަށް އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވޭނެ އެވެ. ފުޓްބޯޅަ ވިޔަފާރި ކުރުމާއި އެއީ ޕްރޮޑަކްޓެއްގެ ގޮތުގައި އާންމުންނާއި ވިޔަފާރިތަކުގެ މަގުބޫލުކަން ނުލިބި ދުވަސްތައް ގުނަމުންދާ ވަރަކަށް ސަރަހައްދީ ކްލަބް ފުޓްބޯޅައިގެ ރޭހުގައި ރާއްޖެ ފަހަތަށް ދާ ކަމުގެ ނިޝާންތައް މިހާރު އެ އަންނަނީ ފެންނަމުންނެވެ.

ލޯކަލް ފުޓްބޯޅައި ބޭނުންވާ ސްޕީޑުގައި ކަންކަން ރަނގަޅު ނުކުރެވެނިސް، ސަރަހައްދީ ލެވަލްގައި ކްލަބްތަކަށް ކާމިޔާބު ހޯދުން އެއީ ވަރަށް އުނދަގޫ ކަމެކެވެ. އަމުދުން، އޭއެފްސީ ކަޕް ކަހަލަ މުބާރާތްތަކުގައި ސަރަހައްދީ ކްލަބްތަކުން ކުރިއަށްދާ ސްޕީޑުގައި ރާއްޖޭގެ ކްލަބްތަކަށް ކުރިއަށް ނުދެވިއްޖެނަމަ، ކުރިއަށް އޮތްތަނުގައި އޭއެފްސީ ކަަޕަކީ ރާއްޖެ އަށް ކާމިޔާބެއް ހޯދަން ބަލާއިރު، އަތްނުފޯރާފަށުގައި އޮތް މުބާރާތަކަށް ވެދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox