ވިކްޓަރީ ކުރިއަށްދާންވީ ގައުމީ ޓީމުގެ ވެސް ފައިދާ އަށް: ޕަކީރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވިކްޓަރީގެ ކޯޗު ޕަކީރު އަލީ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވިކްޓަރީގެ ކޯޗު ޕަކީރު އަލީ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވިކްޓަރީ ސްޕޯޓްސް ކްލަބަކީ ރާއްޖޭގެ ބޮޑު ކްލަބެއް ކަމަށާއި އެ ޓީމު ކުރިއަށްދާއިރު ވިސްނަން ޖެހޭނީ ގައުމީ ޓީމުގެ ފައިދާ އަށް ވެސް އޮތް ކްލަބެއްގެ ގޮތުގައި ވުމަށް ކަމަށް ވިކްޓަރީގެ ކޯޗުކަމާ ހަވާލުވި ސްރީ ލަންކާގެ ކޯޗު ޕަކީރު އަލީ ބުނެފި އެވެ.

ކުޅުންތެރިންގެ މުސާރަ ނުދިނުމާއި އެޑްމިނިސްޓްރޭޓިވް ގިނަ މައްސަލަތަކުގެ ސަބަބުން އެފްއޭއެމުން 2019 ވަނަ އަހަރު ފުޓްބޯޅައިގެ ހަރަކާތްތަކުން ވިކްޓަރީ އޮތީ ސަސްޕެންޑް ކޮށްފަ އެވެ. އެއީ ކްލަބް ލައިސަންސިން ކަންކަން ފުރިހަމަ ކުރަން ދިން މުއްދަތުގައި އެކަންކަން ނުކުރުމުގެ އިތުރުން މެޗުތަކަށް ހާޒިރުނުވެ، ކުޅުންތެރިންނަށް މުސާރަ ވެސް ހަމަޖައްސައިނުދެވޭ މައްސަލައިގަ އެވެ.

އެކަމަކު، މިދިޔަ އޭޕްރީލް މަހު ވިކްޓަރީން އިންތިހާބެއް ބާއްވައި، އާ ބޯޑަކާ ޓީމު ހަވާލުކޮށް މިހާރު ވަނީ އެ ކްލަބްގެ ދަރަނިތައް ހަމަޖައްސައިފަ އެވެ. އަދި ކޯޗަކަށް ސްރީ ލަންކާގެ ގައުމީ ޓީމަށް ކުރިން އިރުޝާދުދިން ޕަކީރު ވަނީ ގެނެސްފަ އެވެ.

ވިކްޓަރީގެ ކޯޗެއްގެ ގޮތުގައި ޕަކީރު އަލީ ހަމަޖައްސާފައިވަނީ، އަންނަ މަހުގެ ކުރީކޮޅުގައި ފަށާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ. ކުރިން ރާއްޖޭގައި ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކުރި ޕަކީރު ބުނީ އޭނާ އަށް ވިކްޓަރީގެ ކޯޗުގެ ޒިންމާ ހަވާލުކުރީތީވެ، އެ ކްލަބްގެ ރައީސް ހުސެއިން އާދަމް (އާދަމްބެ) އާއި ކްލަބްގެ މެނޭޖަރު، މުހައްމަދު އާދަމް އަށް ޝުުކުރު އަދާކުރާ ކަމަށެވެ.

މިއަދު މެންދުރު ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕަކީރު ބުނީ ވިކްޓަރީ ކޯޗުކަމާ ހަވާލުވާއިރު، ލިބޭ އެންމެ ބޮޑު އުފަލަކީ އެ ކްލަބް ވަރަށް ރަނގަޅަށް އެނގުން ކަމަށެވެ.

"އަހަރެން ރާއްޖޭގައި ކުޅުނުއިރު ވެސް ފެނުނު ވިކްޓަރީ އަކީ ކޮން ފެންވަރެއްގެ ޓީމެއް ކަން. އަހަންނަށް ފެނުނު ވިކްޓަރީން ފަށައިގެން މޮޅެތި ކުޅުންތެރިން ގައުމީ ޓީމަށް ކުޅެމުން ދިޔަތަން. ވިކްޓަރީ އަކީ ވަރަށް ވަރުގަދަ ކްލަބެއް، އަހަންނަށް ފެނުނު ވަރަށް ޖޯޝުގައި މި ކްލަބްގެ ސަޕޯޓަރުން ޓީމަށް ހިތްވަރު ދިންތަން ވެސް. ވަރަށް ބައިވަރު ރަނގަޅު ކަންކަން އަހަރެންގެ ސިކުނޑި އަށް ވަދޭ ވިކްޓަރީއާ މެދު ވިސްނާއިރު،" ޕަކީރު ބުންޏެވެ.

ޕަކީރު ބުނީ މި ވަގުތު އޭނާއާ ހަވާލުކޮށްފައި އޮތް ޒިންމާ އަކީ ވިކްޓަރީ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުން ކަމަށެވެ. އެކަމަކު، ޒަމާނުއްސުރެ ވިކްޓަރީން ކުރަމުން އައި މަސައްކަތަކަށް ބަލާއިރު، ވިކްޓަރީ ވާން ޖެހޭނީ ދުރު ވިސްނުމެއްގައި ހިންގާ ނަމޫނާ ކްލަބަކަށް ކަމަށް ޕަކީރު ބުންޏެވެ.

"އަހަރެން އަމިއްލަ ލޮލުން ދުށިން ވިކްޓަރީން އުފެއްދި ކުޅުންތެރިން ރާއްޖޭގެ ގައުމީ ޓީމަށް ކުޅުނުތަން، އަހަރެން ބޭނުން ދެކެން، ވިކްޓަރީން އަދިވެސް އެކަން ކުރާތަން. އެ އަމާޒުގައި ވިކްޓަރީ ދާންވީ،" ކުރިން ރާއްޖޭގެ ފުޓްބޯޅައިގެ ގިނަ ތަޖުރިބާތަކެއް ހާސިލްކޮށްފައިވާ ޕަކީރު ބުންޏެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޕަކީރު ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސްރީ ލަންކާ ގައުމީ ޓީމުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމާ ލަނޑެއް ނުޖެހި އެއްވަރުކުރިއިރު، ލަންކާގެ ކޯޗަކަށް ހުރި ޕަކީރު އެންމެ ފަހުން މަސައްކަތް ކުރީ ބަންގްލަދޭޝް ލީގުގަ އެވެ. ޕަކީރު ބުނީ ރާއްޖެ އާއި ބަންގްލަދޭޝްގެ ފުޓްބޯޅަ ކުރިއަރާ ސަބަބަކީ ރަނގަޅު ކްލަބް ފުޓްބޯޅަ ނިޒާމެއް އޮތުން ކަމަށާއި ލަންކާގައި ކަންތައްތައް އޮތީ އެހެނެއް ނޫން ކަމަށެވެ.

"އަހަރެން އަބަދުވެސް، ދިރާސާކުރަން ރާއްޖޭގެ ފުޓްބޯޅައިގައި ހިނގާ ކަންތައްތައް، އަަހަންނަށް ފެންނަ ފެނުމުގައި ރާއްޖޭގެ ގައުމީ ޓީމު ސަރަހައްދުގެ އެހެން ޓީމުތަކަށް ވުރެ ވަރުގަދަ ވަނީ ކްލަބް ފުޓްބޯޅަ އާއި ލީގު ރަނގަޅުވުމުން، ބަންގްލަދޭޝްގައި ވެސް އެ ވަނީ އެހެން، އެކަމަކު، ސްރީ ލަންކާގައި މި ވަނީ އެ ގޮތެއް ނޫން، މިއީ އަހަރެން ސްރީ ލަންކާ ފުޓްބޯޅަ ދަށް ކޮށްލަނީއެއް ނޫން ހަގީގަތަށް ވާހަކަ ދައްކަނީ. ކްލަބް ފުޓްބޯޅަ ރަނގަޅުވެގެން ގައުމީ ޓީމެއް ރަނގަޅުވާނީ," ޕަކީރު ބުންޏެވެ.

ޕަކީރު ބުނީ ރާއްޖޭގެ ހުށަހެޅުންތައް އަބަދުވެސް ބަލައިގަންނަނީ ވަރަށް އުފަލުން ކަމަށެވެ. އެއީ މާލެ އާއި ލ. ގަމުގައި އޭނާ ހޭދަކުރި އަހަރުތަކުގައި ފެނިފައި ހުރި މަންޒަރުތަކަށް ބަލާއިރު، އޭނާ ދިވެހި ކުޅުންތެރިންނާ އެކު އުޅެން ފަރިތަވެފައި ހުރުމެވެ.

"މި ކުޅުންތެރިންގެ މެންޓަލިޓީ ވެސް އެނގޭ، ދެން ކޯޗެއްގެ ގޮތުގައި އަހަރެން އަބަދުވެސް ރާއްޖެއާ އެކު ރަނގަޅު ގުޅުމެއް އޮވޭ، ލޯކަލް ކުޅުންތެރިންނާ ހާއްސަކޮށް. މިއީ ކޯޗެއް ޓީމެއް އެކުލަވާލަން ބަލާއިރު ވަރަށް މުހިންމުކަމެއް، މި ކަންކަން ފުރިހަމަ ވުމަކީ،" ޕަކީރު ބުންޏެވެ. "ރާއްޖެ އަކީ އަހަރެން މަސައްކަތް ކުރާހިތުން ކުރެވޭނެ ވަރަށް ރަނގަޅު މާހައުލެއް އޮތް ގައުމެއް، އިންޝާﷲ،"

ވިކްޓަރީން ކޯޗިން ޓީމެއް އެކުލަވާލިއިރު، ޕަކީރުއާ އެކު މަސައްކަތްކުރާނެ ޒުވާން ކޯޗިން ޓީމެއް ވަނީ އެކުލަވާލައިފަ އެވެ. ޕަކީރު ބުނީ މިއީ އެ ޒުވާން ކޯޗުންނަށް އޭނާގެ ކިބައިން ދަސްކުރަން ވެސް ލިބޭ ފުރުސަތެއް ކަމަށެވެ.

ވިކްޓަރީން މާދަމާރޭ ޕްރެކްޓިސް ފަށަން މަސައްކަތް ކުރަމުން އަންނައިރު، މި މަހު 10 ވަނަ ދުވަހު ޅ. ހިންނަވަރަށް ޓްރެއިނިން އެއް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ވިކްޓަރީން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދެ ވަނަ ޑިވިޝަނަށް އެ ކްލަބުން އެކުލަވާލި، ޓީމުގެ ބައެއް ކުޅުންތެރިން ދައްކާލައިފަ އެވެ. އޭގެ ތެރޭގައި ކުރިން ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަަށް ކުޅުނު، އަހުމަދު އިމާޒް (އާއްކޮ) ހިމެނެ އެވެ. އޭގެ އިތުރުން، ވިކްޓަރީން ކުރިއަށް އޮތް ދެ ވަނަ ޑިވިޝަންގައި ވާދަކުރަން ގެނައި، ބިދޭސީ ތިން ކުޅުންތެރިން ތައާރަފްކުރި އެވެ. އެއީ، ލެބަނަންގެ ފޯވާޑް، މަހުމޫދު މުހައްމަދު ހަދޫ، މިސްރުގެ ތިން ކުޅުންތެރިން ކަމަށްވާ، މުހައްމަދު އޮސާމާ ސަބާ، މުހައްމަދު އަލްބާލީ އަދި އަހުމަދު ސައީދު ބަދާވީ އެވެ.

ވިކްޓަރީގެ ރައީސް އާދަމްބެ ވިދާޅުވީ ޕަކީރު ކޯޗަކަށް ގެނައީ ގިނަ ގޮތްގޮތުން މަޝްވަރާކޮށްފައި ކަމަށާއި ވިކްޓަރީ އަށް ކުރިން ކުޅެދިން މަޝްހޫރު ކުޅުންތެރިންނާއި މިހާރު ކޯޗިންގައި މަސައްކަތް ކުރަމުން އަންނަ ކުރީގެ ކުޅުންތެރިންގެ ލަފާ ވެސް ހޯދި ކަމަށެވެ.

އޭގެ ތެރޭގައި ކުރިން ވިކްޓަރީ އަށް ކުޅެ، ކޯޗުކޮށްދިން އަލީ ސުޒޭން އާއި ވިކްޓަރީގެ ކެޕްޓަންކަން ކުރިން ކުރި، މުހައްމަދު އިބްރާހިމް (ކައްޕި) އަދި ވިކްޓަރީގެ ކުރީގެ ކުޅުންތެރިޔާ، މިހާރުގެ އެސިސްޓަންޓް ކޯޗު އިސްމާއިލް އަނިލް ހިމެނެ އެވެ.

ޕަކީރު ކޯޗަކަށް ގެނައުމާ ބެހޭގޮތުން މުހައްމަދު ބުނީ އެ ނިންމުމަކީ ވިކްޓަރީ ބޯޑުން ވަރަށް ވިސްނުމަށް ފަހު ކްލަބަށް މި ވަގުތު އެންމެ ބޭނުންތެރިވާނެ ގޮތެއް ބަލާފައި ކުރި ކަމެއް ކަމަށެެވެ. އަދި މި ވަގުތު ޔޫރަޕުން ކޯޗެއް ގެނައުމަށް ވުރެ، ޕަކީރު ކަހަލަ ދިވެހި ފުޓްބޯޅަ އަށް ފަރިތަ މި މާހައުލަށް ހޭނިފައިވާ ކާމިޔާބު ކޯޗަކަށް ދިޔައީ ކަމަށް މުހައްމަދު ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox