އިޓަލީ ފުޓްބޯޅައިގެ ވައްޓަފާޅި ރާއްޖޭގެ ޓީމުން ފެންނާނެ، މި ތިބީ ޗުއްޓީގައެއް ނޫން: މޮރިއޭރޯ

ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ: އޭނާ ވަނީ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖަށް ވަރަށް ރަނގަޅަށް ތައްޔާރުވެވިފައިވާ ކަމަށް ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ: އޭނާ ވަނީ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖަށް ވަރަށް ރަނގަޅަށް ތައްޔާރުވެވިފައިވާ ކަމަށް ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިޓަލީ ފުޓްބޯޅައިގެ ވައްޓަފާޅި ރާއްޖޭގެ ގައުމީ ޓީމުން ކުރިއަށް އޮތްތަނުގައި ފެންނާނެ ކަމަށާއި އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން އުޒްބެކިސްތާނަށް ރާއްޖޭގެ ގައުމީ ޓީމު ގޮސް ތިބީ ޗުއްޓީ އަކަށް ނޫން ކަމަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނެނީ އުޒްބެކިސްތާނާއި ތައިލެންޑް އަދި ސްރީ ލަންކާއާ އެއް ގްރޫޕެއްގަ އެވެ. މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެނީ އުޒްބެކިސްތާންގަ އެވެ.

ރާއްޖޭން ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ކުޅޭނީ ތައިލެންޑާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ބުނީ ތައިލެންޑް މެޗަށާއި ޖުމްލަކޮށް މުޅި ކޮލިފައިން އަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ.

މޮރިއޭރޯ ބުނީ ގައުމީ ޓީމުގައި ތިބި ކުޅުންތެރިންނަކީ ގައުމު ތަމްސީލްކުރަން ލިބޭ ކޮންމެ ފުރުސަތެއްގައި "200 ޕަސެންޓް" ދޭ ކުޅުންތެރިން ކަމަށާއި ހާއްސަކޮށް ބޮޑެތި މެޗުތަކުގައި އެކަމަށް ދޭ ސަމާލުކަން ދެގުނަ އިތުރު ކަމަށެވެ.

"އަހަރެމެން ވަރުގަދަ ކަންކަމާ އަހަރެމެންނަށް ދެވޭނެ ހިސާބެއް އެނގޭ. އެންމެ ފުރިހަމަ ކުޅުން ތައިލެންޑާ ދެކޮޅަށް ދައްކަން ޖެހޭ. މެޗު މި ކުޅެނީ 11 ކުޅުންތެރިންނާއި 11 ކުޅުންތެރިން ދެމެދުގައި، އެހެންވީމަ އަހަރެމެންނަށް ވެސް ފުރުސަތު އޮންނާނެ. ޑިފެންސް ކުރުމާއި އެޓޭކްކުރުން ގޯލުޖެހުން، މި ތިންކަން ރަނގަޅަށް ކުރަން ފޯކަސް ހުންނަން ޖެހޭ. އެއްވެސް މިސްޓޭކެއް ނުހަދާ ކުޅެގެން މި މެޗު ނެގޭނީ،"

"ވަރަށް ދިގު ދަތުރެއް ކޮށްފައި އަހަރެމެން އުޒްބެކިސްތާނަށް އައިސް މި ތިބީ، އަހަރެމެން މިތިބީ ޗުއްޓީ އަކަށް އައިސް އެއް ނޫން. އަހަރެމެން މި ތިބީ ރާއްޖެ ތަމްސީލް ކުރަން އައިސް، އަހަރެމެންނަށް ކުރެވުނު ހުރިހާ ކަމެއް ކޮށްގެން ބޭނުންވަނީ ދިވެހި ރައްޔިތުން ގައުމީ ޓީމާ މެދު ފަހުވެރިކޮށްދޭން. ވަރަށް ބުރަކޮށް ނަތީޖާ ނެރެން މަސައްކަތް ކުރާނަން،"

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުންނެވެ. މޮރިއޭރޯ އަށް އެފްއޭއެމުން ދީފައިވާ އެންމެ ބޮޑު ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އޭޝިއަން ކަޕަށް ކޮލިފައިވާން ރާއްޖޭން ނަތީޖާއެއް ހޯދަން ތައިލެންޑް މެޗަކީ މަޖުބޫރު މެޗެކެވެ. އެއީ މި ގްރޫޕްގެ ދެ ވަނަ އަށް ވާދަކުރާނެ ކަމަށް ބެލެވެނީ ރާއްޖެ އާއި ތައިލެންޑް ކަމަށްވާތީ އެވެ.

"ކޯޗެއްގެ ވަޒީފާ އަކީ އިދިކޮޅު ޓީމުތައް އެނަލައިޒްކުުރުމާއި ޓެކްޓިކްސް ރާވައި، ކުޅުންތެރިންނާއި ހުރިހާ ކަމެއް ބެލުން، މިދިޔަ ތިން މަސް ހޭދަކުރީ އެކަމުގައި ޓެކްނިކަލް ސްޓާފުންނާ އެކު، އަހަރެމެން ވަރަށް ވަރުގަދަ އަށް މި ކޮލިފައިން އަށް އެބަ ތައްޔާރުވަން، ފުޓްބޯޅަ ކުޅެން ޖެހޭނީ ހިތާއި މުޅި ރޫހުން ކަމެއް ބޭނުންވެގެން، އަހަރެމެންގެ ހުރިހާ ކުޅުންތެރިން އެ ގޮތަށް ކުޅޭނެ،" މޮރިއޭރޯ ބުންޏެވެ.

އުޒްބެކިސްތާންގައި ކުރިއަށްދާ ޓްރެއިނިންތަކުގެ ތެރެއިން ގައުމީ ކޯޗު މޮރިއޭރޯ.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އޭޝިއަން ކަޕްގެ ކޮލިފައިން ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެ އެވެ. މިހާރު އޮތްގޮތުން އޭޝިއަން ކަޕް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 ގެ ނިޔަަލަށެވެ. ޗައިނާ އިން ކޮވިޑާ ހެދި އޭޝިއަން ކަޕް ހޯސްޓްކުރުން ވަނީ ދޫކޮށްލައިފަ އެެވެ.

މޮރިއޭރޯ ބުނީ އޭނާ އަށް ލިބިފައިވާ މައުލޫމާތަށް ބަލާނަމަ ފޭވަރިޓަކީ އުޒްބެކިސްތާން ކަމަށާއި އެކަމަކު، އެ ޓީމާ މެދު ވިސްނާނީ ތައިލެންޑް މެޗަށް ފަހު ކަމަށެވެ. މި ވަގުތު ހުރިހާ ކަމެއް ދޫކޮށްލާފައި، ތައިލެންޑް ހުއްޓުވާނެ ގޮތަކަށް ވިސްނަމުން އަންނަ ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.

"ތައިލެންޑަކީ ވަރަށް މޮޅު ޓީމެއް އެ މީހުންގެ އެޓޭކް ވަރަށް ރަނގަޅު. އެ މީހުން ވަރަށް އަވަސް ކުޅުމެއް ކުޅޭއިރު ހުސް ޖާގައިގެ ބޭނުން ވަރަށް ރަނގަޅަށް ކުރޭ. އަހަރެމެން ކުރަން ޖެހޭނެ ކަމަކީ އެ މީހުންނަށް އެ ޖާގަ ނުދީ ވަރަށް ވަރުގަދަ އަށް ކުޅެންވީ. ޓީމު ގޭމެއް ފުޓްބޯޅަ އަކީ، އެކަމަކު ބައެއް ފަހަރު ވަން އޮން ވަން ހާލަތު ވެސް އަންނާނެ، އެހެންވީމަ ހުރިހާ ގޮތަކުން ވަރުގަދަކޮށް އަހަރެމެން ތިބެން ޖެހޭނީ،" މޮރިއޭރޯ ބުންޏެވެ.

ގައުމީ ޓީމާ އެކު މޮރިއޭރޯގެ ފުރަތަމަ ތަޖުރިބާ އެހާ ރަނގަޅެއް ނޫނެވެ. މިދިޔަ ނޮވެމްބަރު މަހު، ލަންކާ އިން ބޭއްވި ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ނިންމާލީ މޮރިއޭރޯގެ ކޯޗުކަމުގައި މޮޅެއް ނުލިބި އެވެ. ލަންކާ އާއި ސީޝެލްސްއާ އެއްވަރުވިއިރު، ބަންގްލަދޭޝް އަތުން ވީ ބައްޔެވެ. އެކަމަކު، މިދިޔަ މާޗް މަހު ގަލޮޅު ދަނޑުގައި މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން ވަނީ 2-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅުނު މޮރިއޭރޯ ބުނީ ފުޓްބޯޅައިން އޭނާ އަށް ދަސްވެފައި އޮތް ކަމެއް އެހެން ބަޔަކަށް ކިޔައިދޭއިރު، އޮންނާނީ އޭނާގެ ފުޓްބޯޅަ ސަގާފަތް ނިސްބަތްވާ އިޓަލީއާ ގުޅިފައި ކަމަށެވެ. ރާއްޖޭގެ ފުޓްބޯޅަ އޭނާ ބޭނުންވާ ސިސްޓަމަށް ގެންނަން ވަގުތު ނަގާނެ ކަމަށާއި އެކަން ކުރެވޭއިރު، އިޓަލީގެ ފުޓްބޯޅައިގެ ވައްޓަފާޅީގައި ހުރި ރަނގަޅުކަންކަން ރާއްޖޭގެ ޓީމުން ވެސް ފެންނާނެ ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.

"އިޓަލީ އާއި ރާއްޖޭގެ ފުޓްބޯޅަ ސަގާފަތް މި އޮތީ ވަރަށް ތަފާތުކޮށް، އިޓަލީ ނޫނީ ޔޫރަޕްގެ ފުޓްބޯޅަ އަކީ ވަރަށް ޓެކްޓިކަލް ފުޓްބޯޅަ އަށް، އެ ފުޓްބޯޅަ ބައެއް ފަހަރު ކުޅުންތެރިންނަށް ވެސް ވަނީ ސްޓްރެސް ކަމަކަށް، އިޓަލީގެ ފުޓްބޯޅަ އަކީ މުޅި ޔޫރަޕަށް ބެލިޔަސް އެންމެ އުނދަގޫ ފުޓްބޯޅަ،" މޮރިއޭރޯ ބުންޏެވެ.

"އަހަރެމެން ޕްލޭނެއް ހަދައިގެން ރާއްޖޭގައި މި ކުރަނީ ތަފާތު މަސައްކަތެއް. ބަންގްލަދޭޝާ ދެކޮޅަށް އެންމެ ފަހުން ރާއްޖޭގައި ކުޅުނު މެޗަކީ އޭގެ ފެށުމެއް، އަހަންނަށް ވެސް ރާއްޖޭގެ ސަޕޯޓަރުންނަށް ވެސް އެ ފުޓްބޯޅަ ވަރަށް ޝައުގުވެރި. އަހަރެން އުންމީދު ކުރަނީ އިޓަލީގެ ވައްޓަފާޅިއާ އެއްގޮތަށް ރާއްޖޭގެ ކުޅުން ވެސް ޝައުގުވެރިކުރެވޭނެ، އެއީ މި ހުރީ އިޓަލީ ކޯޗެއް މިކަން ކުރަން،"

ތައިލެންޑާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 17:00 ގަ އެވެ. ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި މި މަހު 10 ވަނަ ދުވަހު އުޒްބެކިސްތާނާ ކުޅުމަށް ފަހު، ގްރޫޕްގެ ފަހު މެޗުގައި ލަންކާއާ ބައްދަލުކުރާނީ މި މަހު 14 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox