22 ސެޕްޓެންބަރު 2024 - 10:03 1
އަމަން ހަލީމް
ރަސްމާލެ ހިއްކުމުގެ ޕްލޭނާއި ވެލި ނެގޭ ސަރަހައްދުތައް ފާހަގަކޮށްފައިވާ މެޕު: ކުރިން ފާހަގަކޮށްފައިވާ ސަރަހައްދުގެ އިތުރުން އޮލްޓަނޭޓިވް ސަަރަހައްދެއް ފާހަގަކޮށްފައިވާ --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު/އީޕީއޭ ރިޕޯޓު
22 ސެޕްޓެންބަރު 2024 - 10:03 1
ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްގީކުރަން ފަށާފައިވާ ރަސްމާލެ ހިއްކަން ވެލި ނެގޭނެ ދެ ސަރަހައްދެއް ފާހަގަކޮށް، އެ ތަން ހިއްކަން ހަ މަސް ދުވަހުގެ މުއްދަތެއް އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިމުނު ހަފުތާގެ ތެރޭގައި ހުއްދަ ދީފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އީޕީއޭ އިން ހުއްދަ ދިނި ރަސްމާލޭގެ ނުވަ ސައިޓެއް ހިއްކާށެވެ. އެއީ ކުރިން މި މަޝްރޫއު ހަވާލުކުރި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އިން "ސައިޓް ޖޭ" އިން ހިއްކާ ނިންމާފައިވާ 29 ހެކްޓަރުގެ އިތުރުން 562 ހެކްޓަރުގެ ބިމެވެ.
އެޗްޑީސީން މި ސައިޓުތައް ހިއްކުން ހަވާލުކުރީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓު (އެމްއެމްއީ) އާއި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއާރުސީސީ) އާ އެވެ.
އެމްއެމްއީ އިން ހިއްކަނީ:
ސީއާރުސީސީ އިން ހިއްކަނީ:
އީޕީއޭއިން އެ ސަރަހައްދުތައް ހިއްކަން ހުއްދަ ދިނީ އަންނަ އަހަރުގެ މާޗު 29، އާ ހަމައަށެވެ. އަދި ވެލި ނެގޭނެ ތިން ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ.
އޭގެ ތެރެއިން ޕްރައިމަރީ ވެލި ނެގޭ ދެ ސަރަހައްދަކީ، މާފުއްޓާ ދިމާލުން ހުޅަނގަށް އޮތް ދެ ސަރަހައްދެވެ. އަދި އިތާފުށި ރިސޯޓު ކައިރިން އޮލްޓަނޭޓިވް ސަރަހައްދެއް ވެސް ކަނޑައަޅާފައިވެ އެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފުރަތަމަ ހަވާލުކުރީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާ ގޮތަށް ބިން ހިއްކުމުގެ މުގާބިލުގައި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން އަދި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދޫކުރާ ގޮތަށެވެ. އޭރު ބުނީ މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއަށް ބޭނުންވާ ބިން ހިއްކާ ނިމޭނެ އެވެ.
ނަމަވެސް މިކަން މިގޮތަށް ކުރިއަށް ނުގޮސްގެން ސީއެމްސީއާ އެކީ ހެދި އެއްބަސްވުން ބާތިލުކޮށް، އެ ކުންފުނިން ހިއްކި ތަންކޮޅަށް ވަނީ 77 މިލިއަން ރުފިޔާ ދީފަ އެވެ. މިހާރު މަޝްރޫއު ކުރިއަށް ގެންދަނީ އެޗްޑީސީން ލޯނު ނަގައިގެންނެވެ. މި ލޯނާ ގުޅޭ އެއްވެސް ތަފުސީލެއް ސަރުކާރުން ނުވަތަ އެޗްޑީސީން ވެސް ހާމައެއް ނުކުރެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment