އިއްތިހާދުގެ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭ ގޮތް ހަމަޖައްސައިފި

ޕްރޮމޯޝަނަލް ޕޯސްޓަރު: އިއްތިހާދު އެއާވޭސް

ޕްރޮމޯޝަނަލް ޕޯސްޓަރު: އިއްތިހާދު އެއާވޭސް

ޔޫއޭއީގެ ގައުމީ އެއާލައިން، އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ޔޫއޭއީގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އިއްތިހާދު ގެސްޓް މެމްބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އެއާޕޯޓްތަކަށް މޯލްޑިވިއަންއިން ކުރާ ދަތުރުތަކަށާއި، އެ އެއާލައިންގެ ޝަރުތު ހަމަވާ އެހެނިހެން ދަތުރުތަކަށް މައިލްސް ރިޑީމް ކުރެވޭނެ އެވެ. މިއީ މި އަހަރު ބޭއްވި އަރަބިއަން ޓްރެވަލް މާކެޓްގައި ދެ އެއާލައިނުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އަމަލުކުރަން ފެށި އިންތިޒާމެކެވެ.

އަރަބިއަން ބިޒްނަސްގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއާ ހަވާލާދީ ވަނީ، ރާއްޖޭގެ އެންމެ ބޮޑު ޑޮމެސްޓިކް ވިއުގަ އޮތީ މޯލްޑިވިއަންގައި ކަމަށާއި، މި ޕާޓްނަޝިޕްގެ ސަބަބުން އިއްތިހާދު ގެސްޓް މެމްބަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އިއްތިހާދަށް އޮތް މަގުބޫލުކަމާއި މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް ގުޅިލާމެހިގެން ދިއުމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މުޅި ރާއްޖެ ހުޅުވިގެންދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި ބުނެފައިވެ އެވެ.

މި އާ އިންތިޒާމަކީ 2024 ވަނަ އަހަރު ދެ ކުންފުނީގެ ދެމެދުގައި ގާއިމުކުރި އިންޓަލައިން އެއްބަސްވުމަށް ފަހު، ދެ އެއާލައިނުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. ކުރީގެ އެއްބަސްވުމުގެ ދަށުން އެއް ޓިކެޓެއްގައި އިއްތިހާދުން ރާއްޖެ އައިސް މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭގެ 17 އެއާޕޯޓަކަށް ދަތުރުކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

މޯލްޑިވިއަން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަ ކުރަމުން އަންނައިރު، މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެފަ އެވެ. މިއީ  ކޮވިޑު ބަލިމަޑުކަމަށް ފަހު ޖެހިޖެހިގެން ފަސް އަހަރު ވަންދެން ގެއްލުމުގައި ހިންގުމަށް ފަހު އެ ކުންފުންޏަށް ފައިދާވީ ފުރަތަމަ ފަހަރެވެ.

އެހެން ނަމަވެސް، ކުންފުންޏަށް ފައިދާ ދެއްކި މައިގަނޑު ސަބަބަކީ އެތެރޭގެ އުދުހުންތަކުގެ ޓިކެޓް އަގުހެޔޮކުރުމަށް ސަރުކާރުން ދިން 399.7 މިލިއަން ރުފިޔާގެ ސަބްސިޑީ އެވެ. އޮޕަރޭޝަނަލް ގޮތުން ބަލާއިރު ކުންފުނީގެ އަމިއްލަ ވިޔަފާރި އަދިވެސް ދެކޮޅެއް ނުޖެހެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

އައިކެއާގައި ފްލޭޝް ސޭލްއެއް

އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި ނޮވެމްބަރު 28 އަދި 29 ގައި އަވިއައިނަށް ޚާއްޞަ ފްލޭޝް ސޭލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސޭލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަވިއައިނުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

މަނީ ޗޭންޖަރުންގެ ޑިޕޮސިޓް ދެ ގުނަ ބޮޑުކޮށްފި

ފައިސާ މާރުކުރުމުގެ ވިޔަފާރިތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެ ލައްކަ ޑޮލަރަށް ބޮޑުކޮށް، މަނީ ޗޭންޖަރުންގެ އާ ގަވާއިދަކަށް އަމަލުކުރަން ފަށައިފި. މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ހިދުމަތް ދޭ ތަންތަނުގައި ހުންނަން ޖެހޭ މިންގަނޑުތަކާއި އަހަރީ ފީތައް ވެސް ވަނީ ބޮޑުކޮށްފަ.

Newsletter

Get the latest news delivered straight to your inbox