މޯލްޑިވިއަން، އައިލެންޑް އޭވިއޭޝަން
219 ލިޔުން
ފަހުގެ
ހަބަރުހުލާސާކޮށް އިއްޔެ: އަބްދުﷲ ހަލީލު އާއި ސަލީމްގެ ބަސް
ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 23.55 ރުފިޔާއަށް ތިރިވެފައިވާއިރު، މުދާ އެތެރެކުރުމުގައި އިންވޮއިސްތަކަށް މަކަރު ހެދުމުގެ ސަބަބުން ދައުލަތަށް އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭކަން މަޖިލީހުގެ ނައިބު ރައީސް ފާހަގަކުރައްވައިފިއެވެ. މީގެ އިތުރުން، ހައުސިން މިނިސްޓްރީގެ ސާވާ އެނދުމުގެ ސަބަބުން 120 މިލިއަން ރުފިޔާގެ ލިޔެކިޔުން ގެއްލިފައިވާއިރު، އައިލެންޑް އޭވިއޭޝަނަށް ކޮވިޑަށްފަހު ފުރަތަމަ ފަހަރަށް ބޮޑު ފައިދާއެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުތަކުން ހާމަވެއްޖެއެވެ.
ވިޔަފާރިއައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ
ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.
