އުމްރާވެރިން ގޮވައިގެން ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

Oct 28, 2026, 11:51 PM
މޯލްޑިވިއަންގެ ފްލައިޓެއް. -- ފޮޓޯ: އައިލެންޑް އޭވިއޭޝަން

މޯލްޑިވިއަންގެ ފްލައިޓެއް. -- ފޮޓޯ: އައިލެންޑް އޭވިއޭޝަން

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުން މާދަމާ ހެނދުނު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ފަސްކޮށްފި އެވެ.

މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި، މި ދަތުރު ފަސްކުރަން ނިންމީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާތީ، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.

މެދުއިރުމަތީގެ މަސްރަހު ގޯސްވަމުން ދިއުމުގެ ސަބަބުން ބައެއް އެހެން އެއާލައިންތަކުން ވެސް މިހާރު ވަނީ ސައުދީއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި ކަމަށާއި ބައިނަލްއަގުވާމީ ވައިގެ ދަތުރުތަކާ ބެހޭ އިދާރާތަކުން ނެރެފައިވާ ބަޔާންތަކާ ހަވާލާދީ އައިލެންޑް އޭވިއޭޝަނުން ބުނީ، ޖިއްދާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި މިވަގުތު ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ޖިއްދާ އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ދިޔަ ނަމަވެސް، އައިލެންޑް އޭވިއޭޝަންގެ ފަންނީ މާހިރުން ހެދި އެސެސްމަންޓްތަކުން ދައްކާ ގޮތުގައި، މިވަގުތު އެ ސަރަހައްދުގެ ވައިގެ މަގު ބޭނުންކުރުމަކީ ފަސިންޖަރުންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތެކެވެ.

"މި ހާލަތަށް ރިއާޔަތްކޮށް، 29 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގައި ކުރަން ހަމަޖެހިފައިވާ ޖިއްދާ ދަތުރު ފަހުގެ ތާރީހަކަށް ވަނީ ފަސްކުރެވިފައި،" އައިލެންޑް އޭވިއޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ނިންމުމުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އައިލެންޑް އޭވިއޭޝަނާއި ހައްޖު ކޯޕަރޭޝަނުން ވަނީ ނިހާޔަތަށް މައާފަށް އެދިފަ އެވެ. އަދި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށާއި، ދަތުރުގައި ބައިވެރިވާ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ދެ މުއައްސަސާއިން ގުޅިގެން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox