އައިކެއާގައި މިއަދާ މާދަމާ ފްލޭޝް ސޭލްއެއް

Nov 28, 2026, 9:13 AM
 އައިކެއަރގައި މިއަދާ މާދަމާ ފްލޭޝް ސޭލްއެއް

އައިކެއަރގައި މިއަދާ މާދަމާ ފްލޭޝް ސޭލްއެއް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާއާއި އައިނުގެ ހިދުމަތް ފޯރުކޮށްދޭ އައިކެއާ އޮޕްޓިކަލްސް ގެ ފަރީދީމަގު ފިހާރައިގައި އަވިއައިނަށް ހާއްސަ ބޮޑެތި ޑިސްކައުންޓްތަކާއެކު ދެ ދުވަހުގެ ފްލޭޝް ސޭލެއް އިއުލާނުކޮށްފި އެވެ.

މި ހޮނިހިރު އަދި އާދިއްތަ - ނޮވެމްބަރު މަހުގެ 28 އަދި 29 ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސޭލުގައި، އެ ފިހާރައިން ލިބެން ހުންނަ ހުރިހާ އަވި އައިނަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބިގެންދާނެއެވެ. މި ހާއްސަ ފުރުސަތު ކުރިއަށްދާނީ ހަމައެކަނި ފަރީދީ މަގުގައި ހުންނަ އައިކެއާގެ ގޮފީގަ އެވެ.

މި ސޭލުގެ ދަށުން ދުނިޔޭގެ މަގްބޫލު އެތައް ބްރޭންޑެއްގެ އޮރިޖިނަލް އަވި އައިނުތައް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި މައުއީ ޖިމް، ރޭ-ބޭން، ވޯގް، ޕޮލަރޮއިޑް، ނޮކްއެރައުންޑް، އޯނިލް، ސުޕަޑްރައި ފަދަ މަޝްހޫރު ނަންތައް ހިމެނެ އެވެ. ކުޅިވަރު ކުޅޭއިރު އަޅާ ވައްތަރުތަކާއި، އެންމެ ފަހުގެ ފެޝަން ޑިޒައިންތަކުގެ އިތުރުން އާންމުކޮށް ކޮންމެ ދުވަހަކު ބޭނުންކުރަން އެކަށީގެންވާ ތަފާތު ވައްތަރުތަކުގެ އައިނުތަކުން 15 އިންސައްތަ އާއި 50 އިންސައްތައާ ދެމެދުގެ ޑިސްކައުންޓްތައް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.

އަހަރު ނިމޭ ޗުއްޓީ ދުވަސްވަރު ކައިރިވެފައިވާއިރު، މި ސޭލަކީ ދަތުރުދިއުމަށާއި ބޭރުތެރޭގެ އެކި ހަރަކާތްތަކަށް ބޭނުންވާ އައިނު ހޯދުމަށް ނުވަތަ ގާތް މީހަކަށް ހަދިޔާއެއް ގަތުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

އައިކެއާ އިން ވަނީ މި ދެ ދުވަހު ފަރީދީ މަގު ފިހާރައަށް ޒިޔާރަތްކޮށް، ތަފާތު ގިނަ ޑިޒައިންތަކުގެ ތެރެއިން އެމީހަކު އެންމެ ބޭނުންވާ އަވި އައިނު ޚިޔާރުކުރުމަށް ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާފަ އެވެ. މި ފުރުސަތު އޮންނާނީ ހަމައެކަނި ނޮވެމްބަރު 28 އަދި 29 ގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިއްތިހާދުގެ މައިލްސްއިން މޯލްޑިވިއަންގެ ޓިކެޓް ނެގޭގޮތް ހަދައިފި

އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ.

މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

މަނީ ޗޭންޖަރުންގެ ޑިޕޮސިޓް ދެ ގުނަ ބޮޑުކޮށްފި

ފައިސާ މާރުކުރުމުގެ ވިޔަފާރިތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެ ލައްކަ ޑޮލަރަށް ބޮޑުކޮށް، މަނީ ޗޭންޖަރުންގެ އާ ގަވާއިދަކަށް އަމަލުކުރަން ފަށައިފި. މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ހިދުމަތް ދޭ ތަންތަނުގައި ހުންނަން ޖެހޭ މިންގަނޑުތަކާއި އަހަރީ ފީތައް ވެސް ވަނީ ބޮޑުކޮށްފަ.

Newsletter

Get the latest news delivered straight to your inbox