އައިލެންޑް އޭވިއޭޝަނަށް ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް ފައިދާވެއްޖެ

އައިލެންޑް އޭވިއޭޝަންގެ ފްލީޓުގައި އޮންނަ ވައިޑް ބޮޑީ: ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އޮޕަރޭޓުކުރަނީ މި ކުންފުނިން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އައިލެންޑް އޭވިއޭޝަންގެ ފްލީޓުގައި އޮންނަ ވައިޑް ބޮޑީ: ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އޮޕަރޭޓުކުރަނީ މި ކުންފުނިން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ކޮވިޑު ބަލިމަޑުކަމަށް ފަހު ޖެހިޖެހިގެން ފަސް އަހަރު ވަންދެން ގެއްލުމުގައި ހިންގުމަށް ފަހު، ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އަށް 2025 ވަނަ އަހަރު 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިޢުކޮށްފައިވާ އޮޑިޓް ރިޕޯޓުތަކުން ދައްކާ ގޮތުގައި، އައިއޭއެސްއެލަށް އެންމެ ފަހުން ފައިދާ ވީ 2019 ވަނަ އަހަރު 64.1 މިލިއަން ރުފިޔާ އެވެ. ޖެހިގެން އައި 2020 ވަނަ އަހަރު 579.8 މިލިއަން ރުފިޔާ އާއި 2021 ވަނަ އަހަރު 647.6 މިލިއަން ރުފިޔާގެ ގެއްލުން ވި އިރު، 2023 ވަނަ އަހަރު 71.4 މިލިއަން ރުފިޔާ އާއި 2024 ވަނަ އަހަރު 2.8 މިލިއަން ރުފިޔާގެ ގެއްލުން ވިއެވެ.

މިހެންކަމުން މި އަހަރު ލިބުނު ފައިދާއަކީ ބޮޑު ކުރިއެރުމެކެވެ. އައިލެންޑް އޭވިއޭޝަނަށް ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 230 މިލިއަން ރުފިޔާ ލިބުނު އިރު، ހިއްސާއަކަށް ޖެހުނު ފައިދާ ވަނީ 31.50 ރުފިޔާ އަށް އަރައިފަ އެވެ.

ނަމަވެސް، އެހެނިހެން އާމްދަނީގެ ގޮތުގައި ހިމަނާފައިވާ ސަރުކާރުގެ ސަބްސިޑީ ނުލައި ހިސާބުކޮށްފި ނަމަ، ޓެކުހުގެ ކުރިން އެ ކުންފުންޏަށް ގާތްގަނޑަކަށް 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެކަން އޮޑިޓް ރިޕޯޓުގެ އަދަދުތަކުން ފެނެ އެވެ.

އައިލެންޑް އޭވިއޭޝަނަށް މިދިޔަ އަހަރު ފައިދާވީ މައިގަނޑު ސަބަބަކީ ޓިކެޓުތަކުގެ އަގު ހެޔޮކުރަން ސަރުކާރުން ދިން 399.7 މިލިއަން ރުފިޔާގެ ސަބްސިޑީ އެވެ.  އެ ކުންފުނިން ބުނެފައިވާ ގޮތުުގައި މި ސަބްސިޑީއަކީ އާންމުންގެ ލާބަޔަށްޓަކައި އަގުތައް ހެޔޮކުރުމަށް ސަރުކާރުން އެންގި އެންގުމުގެ ބަދަލެއްގެ ގޮތުގައި ދީފައިވާ މާލީ ބަދަލެކެވެ.

މި އެހީގެ ދަށުން އެއްވެސް ފައިސާއެއް އަތުން އަތަށް ބަދަލުކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ ފައިސާ ހަމަޖައްސާފައި ވަނީ މީރާ އަށް ދައްކަން އޮތް ޖީއެސްޓީ އާއި ވިތުހޯލްޑިން ޓެކްސް އަދި އެއާޕޯޓް ސާވިސް ޗާޖުގެ ތެރެއިންނެވެ. މީގެ ސަބަބުން މީރާ އަށް ދައްކަން ޖެހިފައި އޮތް 799 މިލިއަން ރުފިޔާގެ ދަރަނި ވަނީ 399 މިލިއަން ރުފިޔާ އަށް ކުޑަކުރެވިފަ އެވެ.

ކުންފުނީގެ ވިޔަފާރީގެ ޖުމްލަ އާމްދަނީ 2024 ވަނަ އަހަރުގެ 2.18 ބިލިއަން ރުފިޔާ އިން 2025 ވަނަ އަހަރު 2.61 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ. މީގެ ތެރޭގައި ސަރަހައްދީ ދަތުރުތަކުން ލިބުނު އާމްދަނީ 70 ޕަސެންޓު އިތުރުވެ 538.2 މިލިއަން ރުފިޔާ އަށް އެރި އިރު، ސީޕްލޭން ދަތުރުތަކުގެ އާމްދަނީ ވަނީ 40 ޕަސެންޓު މައްޗަށް ގޮސް 418.4 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

އެހެން ނަމަވެސް އެތެރޭގެ އުދުހުންތަކުން ލިބުނު 1.32 ބިލިއަން ރުފިޔާގެ އާމްދަނީއަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.

އާމްދަނީ އިތުރުވި ނަމަވެސް ކުންފުނި ހިންގުމުގެ ހަރަދުތައް ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މަތިންދާބޯޓު މަރާމާތު ކުރުމުގެ ހަރަދު 78 ޕަސެންޓު އިތުރުވެ 339 މިލިއަން ރުފިޔާ އަށް އެރި އިރު، ކުރު މުއްދަތަށް ބޯޓު ކުއްޔަށް ނެގުމަށް 92.6 މިލިއަން ރުފިޔާ ހޭދަވި އެވެ. މީގެ އިތުރުން ތެލުގެ ހަރަދަށް 521.9 މިލިއަން ރުފިޔާ އަދި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 603.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މިދިޔަ އަހަރު ފައިދާއެއް ދެއްކި ނަމަވެސް އައިލެންޑް އޭވިއޭޝަން އަދިވެސް އޮތީ މާލީ ގޮތުން ނާޒުކު ފައްތަރެއްގަ އެވެ. އެ ކުންފުނީގެ ޖުމްލަ ގެއްލުން މިހާރު 1.61 ބިލިއަން ރުފިޔާ އަށް އަރާފައިވާ އިރު، މިލްކިއްޔާތަށް ވުރެ ވާޖިބުތައް 211.3 މިލިއަން ރުފިޔާ އިތުރެވެ.

އައިލެންޑް އޭވިއޭޝަންގެ ދަރަނިތައް ދައްކަން ޖެހޭ ވަގުތުގައި ދެއްކުމަށް، މަދުވެގެން 12 މަސް ދުވަހުގެ މުއްދަތަށް މާލީ އެހީތެރިކަން ދިނުމަށް ފިނޭންސް މިނިސްޓްރީން ސިޓީއަކުން ޔަގީންކަން ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެ އެވެ.

އެ ކުންފުނިން އެމްއޭސީއެލް އަށް ދައްކަން ޖެހޭ ދަރަނި ވަނީ 1.22 ބިލިއަން ރުފިޔާ އަށް އުފުލިފަ އެވެ. މީގެ އިތުރުން ރީޖަނަލް އެއާޕޯޓްސް އަށް ވެސް 119.4 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވެ އެވެ.

އައިލެންޑް އޭވިއޭޝަނަކީ އެމްއޭސީއެލް އަށް އެންމެ ބޮޑަށް ދަރާފައިވާ އެއް ކުންފުންޏެވެ. އެމްއޭސީއެލްގެ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، ސަރުކާރާ ގުޅުންހުރި ފަރާތްތަކުން އެ ކުންފުންޏަށް ދައްކަން ޖެހޭ 1.4 ބިލިއަން ރުފިޔާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ، ނުވަތަ 83 އިންސައްތައަކީ އައިލެންޑް އޭވިއޭޝަނުން ދައްކަން ޖެހޭ ފައިސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ރަޝިއާއާ ގުޅުން ހުރި މުއާމަލާތްތައް ބީއެމްއެލް އިން ހުއްޓުވައިފި

ބީއެމްއެލްގެ ރެމިޓެންސް މަނާ ގައުމުތަކުގެ ލިސްޓުގައި ރަޝިޔާ ހިމަނައި، އެ ގައުމުން ފައިސާ ބަލައިގަތުމާއި ފޮނުވުން ވަނީ ހުއްޓާލާފަ. މި ނިންމުމުގެ ސަބަބުން ރަޝިޔާގެ ޓޫރިސްޓުން ރާއްޖޭގެ ހޮޓާތަކަށް ފައިސާ ދެއްކުމުގައި ދަތިވާ މައްސަލަ ހައްލުކުރަން ރާއްޖެއާ މަޝްވަރާކުރާނެ ކަމަށް ވަނީ ބުނެފަ.

ގަވިންގެ ރަމަޟާން ސޭލް ފަށައިފި

ރަމަޟާން މަހާ ދިމާކޮށް ގަވިން އިން ފެށި "ރަމަޟާން ވޯމް އަޕް ސޭލް" ގެ ދަށުން، ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނަކާއެކު ހާއްސަ އަގުތަކެއްގައި ދެ ބަދިގެ ސެޓެއް ވަނީ ތައާރަފުކޮށްފައެވެ. މާރިޗު 15 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހިމެނޭ ޕެކޭޖުތަކުގެ ތެރޭގައި 64،000 ރުފިޔާ އަދި 66,000 ރުފިޔާގެ ސެޓުތައް ހިމެނެއެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހުގައި ހިލޭ ސްކްރީނިން

ޓޯޓަލް ފިޒިއޯގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން، ނޮވެމްބަރު 9 އިން 15 އަށް ހިލޭ މޮބިލިޓީ ސްކްރީނިންގް ހެދުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގެ މަގްސަދަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ވަޒަންކޮށް، ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، އަހަރީ ދުވަހުގެ މުނާސަބަތުގައި ކްލިނިކްގެ އެކި ހިދުމަތްތަކުން ހާއްސަ ޑިސްކައުންޓްތަކެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox