ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗްޑީސީން ހަވާލުކޮށްފި

ހުޅުމާލޭ ވޯޓާ ތީމް ޕާކު އޮންނާނެ ގޮތް ކަމަށް ބުނާ މޮޑެލްއެއް: މިއީ އަހަރެއްގެ ތެރޭގައި ނިންމާ ގޮތަށް 2017 ގައި ފެށި މަޝްރޫއެއް --- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ވޯޓާ ތީމް ޕާކު އޮންނާނެ ގޮތް ކަމަށް ބުނާ މޮޑެލްއެއް: މިއީ އަހަރެއްގެ ތެރޭގައި ނިންމާ ގޮތަށް 2017 ގައި ފެށި މަޝްރޫއެއް --- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ހަދަން ފަށައި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު އަލުން ފަށައި ނިންމުމަށް ސޮލެންޒާރާ ހޯލްޑިންގްސް ކިޔާ ކުންފުންޏަކާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ހުއްޓިފައި އޮންނަތާ ގާތްގަނޑަކަށް ނުވަ އަހަރަށް ފަހު އާ މާސްޓާ ޕްލޭނެއްގެ ދަށުން އަލުން ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ގާތްގަނޑަކަށް 18 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ލަފާކުރެ އެވެ.

އެޗްޑީސީން މި ވޯޓާ ތީމް ޕާކުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި މި ވަނީ މި ދައުރުގެ ތެރޭގައި މި ވޯޓާ ތީމް ޕާކުގެ މަސައްކަތް ނިމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކުރައްވާފައި ވަނިކޮށެވެ. 

ވޯޓާ ތީމް ޕާކުގެ އާ ޕްލޭންގެ ދަށުން ތަރައްގީ ކުރަނީ ޖުމްލަ 41،549.7 އަކަމީޓަރުގެ ބިމެކެވެ. މީގެ ތެރޭގައި ހިމެނެނީ 17،800 އަކަމީޓަރުގެ ވޯޓާ ޕާކަކާއި 23،749.7 އަކަމީޓަރުގެ ރިޒޯޓް ހޮޓަލެކެވެ. މިއީ މީގެ ކުރިން 2017 ގައި ރާވާފައި އޮތް 50 ކޮޓަރީގެ ހޮޓަލާ އަޅާބަލާއިރު އެތައް ގުނައެއް ބޮޑު މަޝްރޫއެކެވެ. އެގޮތުން އަލަށް ހަދާ ހޮޓަލުގައި 250 ކޮޓަރީގެ އިތުރުން 113 އެޕާޓްމަންޓާއި ވިލާ ހިމެނެ އެވެ.

ވޯޓާ ޕާކު ބައިގައި ފެނުގެ 11 ހަރަކާތަކާއި ހިދުމަތް ދޭ 30 ވަސީލަތެއް ގާއިމުކުރަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި އަށް ސްލައިޑުގެ ކޮމްޕްލެކްސްއަކާއި، ޓޯނޭޑޯ ސްލައިޑަކާއި، 290 މީޓަރުގެ ލޭޒީ ރިވާއެއްގެ އިތުރުން 900 އަކަމީޓަރުގެ ވޭވް ޕޫލެއް ހިމެނެ އެވެ. މީގެ އިތުރުން 1،900 އަކަމީޓަރުގެ ސްޕްލޭޝް ޕެޑަކާއި، ކުޑަކުދިންގެ ޕޫލްތަކާއި، ސްޕާ ޕޫލާއި، އިންފިނިޓީ ޕޫލް އަދި ޗުއްޓީ ހޭދަކުރާ ކޮޓެޖުތައް ވެސް މި ބައިގައި ހުންނާނެ އެވެ.

ރިޒޯޓް ހޮޓަލުގެ ބައިގައި 95 ސާވިސްޑް އެޕާޓްމަންޓާއި ދިގު މުއްދަތަށް ތިބެވޭ 15 އެޕާޓްމަންޓް އަދި އަތިރިމަތީގެ ތިން ވިލާ ހިމެނެ އެވެ. މީގެ އިތުރުން ވިޔަފާރި ކުރުމަށް 2،942 އަކަމީޓަރުގެ ޖާގައަކާއި، ކުއްޔަށް ދޫކުރާ ސްޓޯލްތަކާ އެކު މާރުކޭޓަކާއި ދެ އޮފީސް އިމާރާތް ހަދާނެ އެވެ. އަދި ބިންގަރާހުގައި 61 ކާރާއި 230 ސައިކަލް ޕާކުކުރެވޭނެ ޖާގަ ހިމެނޭ އިރު، މިހާރު ހަދާފައި ހުރި ކޮންކްރީޓް އޮނިގަނޑުތައް މަރާމާތުކޮށްގެން ބޭނުންކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މި މަޝްރޫއު ހަވާލުކުރި ސޮލެންޒާރާ ހޯލްޑިންގްސް އަކީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީގައި ހުޅުމާލޭގެ އެޑްރެހެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބެނީ މެނޭޖިން ޑިރެކްޓަރު ލިއު ޗީ ސަން އާއި، ލީ ޔީތިއަން އަދި ފާތިމަތު ނުޒުހަތު އެވެ. މި ތިން މީހުން ވެސް މަގާމަށް އައްޔަންކޮށްފައި ވަނީ 15 ޖޫން 2026 ގަ އެވެ. އެ ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ ހޮންކޮންގުގައި 22 ޑިސެމްބަރު 2025 ގައި ރަޖިސްޓްރީ ކޮށްފައިވާ ވެސްޓާ މޯލްޑިވްސް ލިމިޓެޑެވެ.

ސޮލެންޒާރާއަށް ހޮޓަލާއި ފިހާރަ އަދި ރެސްޓޯރަންޓް ހިންގުމުގެ ވިޔަފާރި ހުއްދަ ދޫކޮށްފައި ވަނީ މި މަހުގައި 8 ގައި އެވެ. މިއީ މުއިއްޒު މި މަޝްރޫއުގެ ވާހަކަ އިއުލާނު ކުރެއްވުމުގެ އެއް ދުވަސް ކުރި އެވެ. މި މަޝްރޫއަށް އެ ކުންފުނި ހޮވި ގޮތާއި، ބިން ކުއްޔަށް ދިން މުއްދަތާއި، ކުލީގެ އަދަދު އަދި އިންވެސްޓްމަންޓުގެ ޖުމްލަ އަދަދެއް އެޗްޑީސީންނާއި ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މި މަޝްރޫއު އަލުން ހަވާލުކޮށްފައި މި ވަނީ ޕާކުގެ ޑިޒައިން ކޮންސަލްޓެންސީ އަދި ހިންގުމުގެ ތަމްރީނު ދިނުމަށް ސްރީލަންކާގެ ޑޭވިޑް ޕީރިސް ގްރޫޕާ އެކު އެޗްޑީސީން އެމްއޯޔޫއެއްގައި ސޮއިކުރިތާ ދެ އަހަރު ފަހުންނެވެ. އެއީ ނޮވެމްބަރު 12، 2024 ގައި ގައި "އައިލް އެޑްވެންޗާ ޕާކް" ގެ ނަމުގައި ރޭސިން ޓްރެކާއި ވޯޓާ ޕާކު ހިމެނޭ ގޮތަށް އިއުލާނު ކުރި މަޝްރޫއެކެވެ. ނަމަވެސް މިހާރުގެ އާ ޕްލޭނުގައި ރޭސިން އާއި ގޯކާޓް ފަދަ ކުޅިވަރުތައް ހިމަނާފައެއް ނުވެ އެވެ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ ޖުލައި 13، 2017 ގައި މެލޭޝިއާގެ މިރީ ހައުސިން ޑިވެލޮޕްމަންޓާ އެވެ. އެއީ 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ގެ މަޝްރޫއެއްގެ ގޮތުގައި 2018 ގެ ނިޔަލަށް ނިންމާ ގޮތަށެވެ. އެހެން ނަމަވެސް އެ މަސައްކަތް ފަހުން ވޯޓާފްރަންޓް ހޮޓެލް އެންޑް ލެޝާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް ފަހު މަސައްކަތް އެއްކޮށް ހުއްޓުނީ އެވެ.

މަސައްކަތް ކުރިއަށް ނުދިއުމާ ގުޅިގެން އޮގަސްޓު 22، 2022 ގައި ގައި އެޗްޑީސީން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ. އެ މައްސަލައިގައި ކޯޓު މަރުހަލާތަކެއް ހިނގި އިރު، ވޯޓާފްރަންޓް ކުންފުނިން ކުލީގެ ގޮތުގައި ދައްކަންޖެހޭ 10 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް އެޗްޑީސީން ވަނީ މަޖިލީހުގައި ބުނެފަ އެވެ.

ވޯޓާ ތީމް ޕާކު ބިމަކީ ހުޅުމާލޭގައި އެއް ބޭނުމަކަށް ކަނޑައަޅާފައި އޮތް އެންމެ ބޮޑު ބިންތަކުގެ ތެރެއިން ބިމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީ އާއި އެލިއާ ގުޅިގެން 18،000 ރުފިޔާ ޑިސްކައުންޓް

އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް އެލިއާއިން އައުޓްބޯޑް އިންޖީނާއި ވޭވްރަނާ ގަންނަ ފަރާތްތަކަށް 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި. އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، "އުޖާލާ ނައު" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިނޭންސިންގއަށް އެދި ހުށަހެޅޭނެ.

އޭޓީއާރު އޮޕަރޭޝަން ހުއްޓާލައި، ފަޅުވެރިން ވަކިކޮށްފި

މަންޓާ އެއާއިން މި ނިންމުން ނިންމީ ލީސް އެއްބަސްވުން ހަމަވުމާއި، މަތިންދާބޯޓުތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކުގެ އިތުރުން ގްރައުންޑް ހޭންޑްލިން ފީ ބޮޑުވުމުގެ ސަބަބުން ވިޔަފާރި ކުރިއަށް ނުގެންދެވޭތީ. މީގެ ފަހުން މަންޓާ އެއާއިން އޮޕަރޭޓް ކުރާނީ ހަމައެކަނި ސީޕްލޭންގެ ދަތުރުތައް.

އެމްއައިބީން ވަރަ އެކްސްޕޯގައި ބައިވެރިވަނީ

މާދަމާ ހުޅުމާލޭގައި ފަށާ "ވަރަ އެކްސްޕޯ" ގައި އެމްއައިބީން ބައިވެރިވެ، ވަޒީފާގެ ފުރުސަތުތަކާއި ސީވީ ތައްޔާރުކުރުމުގެ އިރުޝާދު ދިނުމަށް ވަނީ ހަމަޖެހިފައި. މި އެކްސްޕޯގައި ބޭންކުގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައި.

އެސެންޝިއާގެ ހުރިހާ ފްލޯރިންއަކުން 20 ޕަސެންޓު ޑިސްކައުންޓް

އެސެންޝިއާގެ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ދަށުން، އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ ފްލޯރިންއަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައެވެ. 2027 ޖެނުއަރީ 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނީ ނަގުދު ފައިސާއިން މުދާ ގަންނަ ފަރާތްތަކަށެވެ.

އެމްއެޗްއޭގެ "ރިވޯޑްސް އެޕް" ތައާރަފުކޮށްފި

އެމްއެޗްއޭގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޕޮއިންޓު އެއްކޮށް، ވިޔަފާރީގެ ތަފުސީލުތައް ބަލައިލެވޭނެ "އެމްއެޗްއޭ ރިވޯޑްސް އެޕް" އިއްޔެ ވަނީ ތައާރަފުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭ އިނާޔަތްތަކާއި ހަރަދުތައް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، 2027 ވަނަ އަހަރުން ފެށިގެން ޕޮއިންޓު ހޯދުމަށް މި އެޕް ބޭނުންކުރުން މަޖުބޫރުވާނެއެވެ.

ތިންހުރާގައި ކަނޑުފަޅުގެ ދިރުންތައް އާލާކުރާ ފާމެއް ހަދަނީ

ދ. ތިންހުރާގައި ފާނަ، އިހި، ހުއިފިލަނޑު އަދި ކަނޑުފެހި އާލާކުރާ ފާމެއް ގާއިމުކުރުމަށް ހުށަހެޅީ މެގަޓަން ކުންފުނިން. އެ ކުންފުނީގެ ހުށަހެޅުމުގައި ވަނީ ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި އެއްގަމާއި ފަޅުތެރޭގައި ތަފާތު ވަސީލަތްތައް ގާއިމުކޮށް، އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓްކުރުމަށް.

ބޭނުންވާ ބަދިގޭގެ ޑިޒައިން ޝެއާކޮށްލައިގެން ގަވިންއިން ލިބިދާނެ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހުޅުވާލައިގެން، 75،000 ރުފިޔާގެ ބަދިގެއެއް ހޯދުމުގެ ފުރުސަތު "މަގޭ ބަދިގެ" ޕްރޮމޯޝަންގެ ދަށުން ގަވިން އިން ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އަމިއްލަ ބަދިގޭގެ ފޮޓޯ އާއި ބޭނުންވާ ޑިޒައިން ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހޭއިރު، ނަސީބުވެރިޔާ ހޮވާނީ އާންމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

Newsletter

Get the latest news delivered straight to your inbox