މަންޓާގެ ޑޮމެސްޓިކް ދަތުރުތައް ހުއްޓާލަނީ

މަންޓާ އެއާގެ އޭޓީއާރު ބޯޓެއް ދަރަވަންދޫ އެއާޕޯޓުގައި: މަންޓާއިން ކުރިއަށް އޮތް ތަނުގައި ކުރާނީ ހަމައެކަނި ސީޕްލޭން ދަތުަރުތައް ---- ފޮޓޯ: އަދަދު

މަންޓާ އެއާގެ އޭޓީއާރު ބޯޓެއް ދަރަވަންދޫ އެއާޕޯޓުގައި: މަންޓާއިން ކުރިއަށް އޮތް ތަނުގައި ކުރާނީ ހަމައެކަނި ސީޕްލޭން ދަތުަރުތައް ---- ފޮޓޯ: އަދަދު

ރާއްޖޭގައި އެތެރޭގެ ދަތުރުތައް ކުރަމުން އަންނަ ތިން އެއާލައިންގެ ތެރޭގައި ހިމެނޭ މަންޓާ އެއާގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ހުއްޓާލައި، ހަމައެކަނި ސީޕްލޭން ދަތުރުތައް ކުރާ ގޮތަށް ބަދަލުކުރަން އެ އެއާލައިނުން ނިންމައިފި އެވެ.

މަންޓާއިން މިކަން ރަސްމީކޮށް ކަށަވަރުކޮށް ނުދިން ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އެ މީހުން ބުނި ގޮތުގައި މަންޓާއިން ވަނީ ކުރިއަށް ތިން މަހާއި ހަ މަސް ދުވަހުގެ ތެރޭގައި އޭޓީއާރު މަތިންދާބޯޓުތަކުގައި ކުރާ ދަތުރުތައް ހުއްޓާލަން ނިންމާފަ އެވެ. އަދި، މިކަން މުވައްޒަފުންނާ ވެސް ވަނީ މުއާމަލާތުކޮށްފަ އެވެ.

މަންޓާއިން މި ގޮތަށް ނިންމީ އެ އެއާލައިންނަށް ފައިދާވާ ގޮތަކަށް އޮޕަރޭޝަންތައް ފުޅާކުރެވޭނެ ގޮތެއް ނެތިގެންނެވެ. މިހެން ދިމާވަނީ، މި ނޫހަށް މައުލޫމާތު ދިން މީހުން ބުނި ގޮތުގައި، ޑޮމެސްޓިކް އެއާޕޯޓުތައް އޮޕަރޭޓުކުރާ ކުންފުނިތަކުން ދޭ ހިދުމަތްތަކަށް މަންޓާއިން ބޮޑު އަގު ނަގާތީ އެވެ. އޭގެ ތެރޭގައި އެ އެއާލައިނާ ވާދަވެރި، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ވެސް ހިމެނޭ ކަމަށް އެ މީހުން ބުންޏެވެ.

އައިލެންޑް އޭވިއޭޝަނުން ހިންގާ އެއާޕޯޓުތަކުގެ ތެރޭގައި ބ. ދަރަވަންދޫ އެއާޕޯޓާއި، ރ. އިފުރު އެއާޕޯޓާއި، ޅ. މަޑިވަރު އެއާޕޯޓު ހިމެނޭއިރު، މި ތިން އެއާޕޯޓަކީ ވެސް މަންޓާއިން ދަތުރުތައް ކުރި މަންޒިލުތަކެވެ. އެ ދަތުރުތައް ހުއްޓާލަން ޖެހުނީ ފްލައިޓް އޮޕަރޭޝަންސް އާއި ގްރައުންޑް ހޭންޑްލިން ފަދަ ކަންކަމަށް ނަގާ އަގު ދަށްކުރަން އައިލެންޑް އޭވިއޭޝުން އިންކާރުކުރުމުން ކަމަށްވެ އެވެ.

މަންޓާއިން ވަނީ ދަތުރުތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ މަގެއް ހޯދަން، އައިލެންޑް އޭވިއޭޝަނާ މަޝްވަރާ ވެސް ކޮށްފަ އެވެ. އެ ގޮތުން މަންޓާއިން ހުށަހެޅި އެއް ގޮތަކީ ދެ އެއާލައިނުގެ ކޯޑު ޝެއާކޮށްގެން ދަތުރުތައް ކުރުމުވެ. ނަމަވެސް އައިލެންޑް އޭވިއޭޝަނުން ވަނީ މި ގޮތް ވެސް ކަމު ނުދާ ކަމަށް މަންޓާއަށް އަންގާފަ އެވެ.

ޑޮމެސްޓިކް ދަތުރުތައް ހުއްޓާލުމާއެކީ ޕައިލެންޓުންނާއި އިންޖިނިއަރުންނާއި ގްރައުންޑް އޮޕަރޭޝަންސް މުވައްޒަފުން ހިމެނޭހެން މަންޓާގައި މަސައްކަތްކުރާ ގިނަ ބަޔެއްގެ ވަޒީފާތައް ގެއްލޭނެ އެވެ. ނަމަވެސް މަންޓާގެ ބަހެއް ނުލިބޭތީ އެ މުވައްޒަފުންގެ އަދަދެއް ނޫނީ އެ މުވައްޒަފުންނަށް ދެން ވާނެ ގޮތަށް ނޭނގެ އެވެ. 

މިހާރު މަންޓާއިން ދަތުރުކުރަމުން އަންނަނީ ދާލު އެއާޕޯޓަށް އެކަންޏެވެ. އަދި، ޑޮމެސްޓިކް އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން އައި އޭޓީއާރު 600-72 މަރުކާގެ ތިން ފްލައިޓުގެ ފްލީޓު އެކަކަށް ވަނީ ކުޑަކޮށްފަ އެވެ. 

މީގެ ހަތް އަހަރު ކުރިން ފެބްރުއަރީ 24، 2019 ގައި ހިދުމަތް ދޭން ފެށި މަންޓާއިން ވަނީ މިވީ ދުވަސްތަކުގެ ތެރޭގައި އެތެރޭގެ ދަތުރުތަކުގެ އިތުރުން އިންޓަނޭޝަނަލް ދަތުރުތައް ވެސް ކޮށްފަ އެވެ. 

މަންޓާއިން ދަތުރުކުރި މަންޒިލުތަކުގެ ތެރޭގައި ދ. ކުޑަހުވަދޫ އާއި ސ. ގަމާއި ހއ. ހޯރަފުށީގެ އިތުރުން ރ. އިފުރާއި ޅ. މަޑިވަރާއި ބ. ދަރަވަންދޫ ހިމެނެ އެވެ. އެ އެއާލައިނުން ވަނީ ސީދާ ދާލު އެއާޕޯޓުން އިންޑިއާގެ ބެންގަލޫރުއަށް ވެސް ދަތުރުތައް އޮޕަރޭޓުކޮށްފަ އެވެ. 

މަންޓާއިން ދަތުރުތައް ހުއްޓާލުމުން އެތެރޭގެ ދަތުރުތައް ކުރާ އެއާލައިންތަކަށް އޮންނާނީ މޯލްޑިވިއަން އާއި ވިލާ އެއާ އެވެ. ވިލާ އެއާއަކީ ހަމައެކަނި އދ. މާމިގިއްޔާއި ދަރަވަންދުއަށް ދަތުރުކުރާ އެއާލައިނެއް ކަމުން، ބާކީ ހުރި ހުރިހާ އެއާޕޯޓަކަށް ފްލައިޓު އަޅާ ހަމައެކަނި އެއާލައިނަކަށް އޮންނާނީ މޯލްޑިވިއަން އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox