އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ: މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކީ ވެސް ސައުދީ --- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ: މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކީ ވެސް ސައުދީ --- ފޮޓޯ: އެމްޓީސީސީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ދަށުން ކުރިއަށް ގެންދިޔަ އެންމެހައި މަޝްރޫއުތަކާއި އެ މަސައްކަތްތަކުގެ ފުރިހަމަ ޒިންމާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް، އެ މަސައްކަތްތައް އެ ކުންފުނީގެ ދަށަށް ރަސްމީކޮށް މިއަދު ބަދަލުކޮށްފި އެވެ.

އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ސަރުކާރުން އެ ކުންފުނީގެ ދަށަށް އާރުޑީސީ ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެ ނިންމުމާ އެކު އާރުޑީސީގެ މަސައްކަތްތައް މިހާރު ކުރިއަށް ދަނީ އެމްޓީސީސީގެ ބެލުމުގެ ދަށުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކުރިން އާރުޑީސީން ކުރިއަށް ގެންދިޔަ ހުރިހާ މަޝްރޫއެއް ދެން ކުރިއަށް ގެންދާނީ އެމްޓީސީސީން ކަމަށާއި އެ މަޝްރޫއުތަކުގެ އެންމެހައި ޒިންމާއެއް ވެސް އުފުލާނީ އެ ކުންފުނިން ކަމަށް އިއުލާނުގައިވެ އެވެ.

ސަރުކާރުން ވަނީ އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ނިންމައި، އެ ކުންފުނި ހިންގުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާ މިދިޔަ އޮކްޓޫބަރު މަހު އެ ކުންފުނި ހިނގުން ހަވާލުކޮށް، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް މަގާމުން ވަކިކޮށްފަ އެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކޮށް، ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކަމަށް ބުނެ  ރައީސް މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމެއްގެ ދަށުން އަޅަމުންދާ ފިޔަވަޅެކެވެ.

އާރުޑީސީގެ ހިންގުމާއި މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް، އެ ކުންފުނިން މިހާރު ހިންގަމުންދާ މަޝްރޫއުތަކުގެ ސީދާ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ. އާރުޑީސީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައި ޕްރޮޖެކްޓުތަކުގެ ތަފްސީލު ދިނުމަށް ކަނޑައަޅާފައިވާ ބައި އޮތީ އެއްވެސް މައުލޫމާތެއް ނުލިޔެ ހުސްކޮށެވެ. މީގެ އިތުރުން ރަށްރަށުގައި އެ ކުންފުންޏާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫއުތަކެއް ވަނީ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފަ އެވެ.

މާލީ ގޮތުން ބަލާއިރު އާރުޑީސީ އޮތީ ބޮޑު އަނދަވަޅެއްގަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 31.8 މިލިއަން ރުފިޔާ ލިބުނުއިރު، ސާފު ގެއްލުމުގެ ގޮތުގައި ވަނީ 198.9 މިލިއަން ރުފިޔާ ރެކޯޑުކޮށްފަ އެވެ. އަދި ކުންފުނީގެ ޖުމްލަ ދަރަނި 1.48 ބިލިއަން ރުފިޔާއަށް އަރާއިރު، މުދަލާއި ހިދުމަތް ހޯދި ފަރާތްތަކަށް ނުދައްކައި އޮތް ފައިސާގެ އަދަދު އެކަނި ވެސް 567.3 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކުންފުނީގެ ހަރުމުދަލުގެ އަގު 994.8 މިލިއަން ރުފިޔާގައި ހުރިއިރު، ހިއްސާދާރުންގެ އިކުއިޓީ ވަނީ މައިނަސް 489.2 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. މީގެ އިތުރުން 3،276 މުވައްޒަފުން އެ ކުންފުނީގައި މަސައްކަތް ކުރަމުންދާއިރު، މުސާރަ އާއި އިނާޔަތްތަކަށް އެކަނި ވެސް ފުރަތަމަ ކުއާޓަރުގައި 116.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

އާރުޑީސީގެ މަޝްރޫއުތަކާ ހަވާލުވި އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެއްދި ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އުމްރާނީ ތަރައްގީގެ ކުންފުންޏެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ރަށްރަށުގެ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، އެއާޕޯޓުތައް އެޅުމުގެ އިތުރުން މަގުހެދުމުގެ ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާ އެކު ހިންގަމުން އަންނަ މައި ކުންފުންޏެވެ. އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ކަމަށްވާ އާރުޓީއެލްގެ ހިދުމަތް ދެމުން އަންނަނީ ވެސް އެ ކުންފުނިންނެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ އަދި އާންމު ރައްޔިތުންގެ ހިއްސާ ވެސް އޮންނަ ޕަބްލިކް ކުންފުންޏެކެވެ. އާރުޑީސީގެ ބޮޑެތި މާލީ ގެއްލުންތަކާއި ދަރަނިތަކުގެ ޒިންމާތަކާ އެމްޓީސީސީން ހަވާލުވާއިރު، މިއީ އެ ކުންފުނީގެ މާލީ ހިންގުމަށް ކުރާނެ އަސަރާ މެދު އާންމު ހިއްސާދާރުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީ އާއި އެލިއާ ގުޅިގެން 18،000 ރުފިޔާ ޑިސްކައުންޓް

އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް އެލިއާއިން އައުޓްބޯޑް އިންޖީނާއި ވޭވްރަނާ ގަންނަ ފަރާތްތަކަށް 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި. އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، "އުޖާލާ ނައު" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިނޭންސިންގއަށް އެދި ހުށަހެޅޭނެ.

އޭޓީއާރު އޮޕަރޭޝަން ހުއްޓާލައި، ފަޅުވެރިން ވަކިކޮށްފި

މަންޓާ އެއާއިން މި ނިންމުން ނިންމީ ލީސް އެއްބަސްވުން ހަމަވުމާއި، މަތިންދާބޯޓުތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކުގެ އިތުރުން ގްރައުންޑް ހޭންޑްލިން ފީ ބޮޑުވުމުގެ ސަބަބުން ވިޔަފާރި ކުރިއަށް ނުގެންދެވޭތީ. މީގެ ފަހުން މަންޓާ އެއާއިން އޮޕަރޭޓް ކުރާނީ ހަމައެކަނި ސީޕްލޭންގެ ދަތުރުތައް.

އެމްއައިބީން ވަރަ އެކްސްޕޯގައި ބައިވެރިވަނީ

މާދަމާ ހުޅުމާލޭގައި ފަށާ "ވަރަ އެކްސްޕޯ" ގައި އެމްއައިބީން ބައިވެރިވެ، ވަޒީފާގެ ފުރުސަތުތަކާއި ސީވީ ތައްޔާރުކުރުމުގެ އިރުޝާދު ދިނުމަށް ވަނީ ހަމަޖެހިފައި. މި އެކްސްޕޯގައި ބޭންކުގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައި.

އެސެންޝިއާގެ ހުރިހާ ފްލޯރިންއަކުން 20 ޕަސެންޓު ޑިސްކައުންޓް

އެސެންޝިއާގެ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ދަށުން، އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ ފްލޯރިންއަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައެވެ. 2027 ޖެނުއަރީ 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނީ ނަގުދު ފައިސާއިން މުދާ ގަންނަ ފަރާތްތަކަށެވެ.

އެމްއެޗްއޭގެ "ރިވޯޑްސް އެޕް" ތައާރަފުކޮށްފި

އެމްއެޗްއޭގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޕޮއިންޓު އެއްކޮށް، ވިޔަފާރީގެ ތަފުސީލުތައް ބަލައިލެވޭނެ "އެމްއެޗްއޭ ރިވޯޑްސް އެޕް" އިއްޔެ ވަނީ ތައާރަފުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭ އިނާޔަތްތަކާއި ހަރަދުތައް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، 2027 ވަނަ އަހަރުން ފެށިގެން ޕޮއިންޓު ހޯދުމަށް މި އެޕް ބޭނުންކުރުން މަޖުބޫރުވާނެއެވެ.

ތިންހުރާގައި ކަނޑުފަޅުގެ ދިރުންތައް އާލާކުރާ ފާމެއް ހަދަނީ

ދ. ތިންހުރާގައި ފާނަ، އިހި، ހުއިފިލަނޑު އަދި ކަނޑުފެހި އާލާކުރާ ފާމެއް ގާއިމުކުރުމަށް ހުށަހެޅީ މެގަޓަން ކުންފުނިން. އެ ކުންފުނީގެ ހުށަހެޅުމުގައި ވަނީ ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި އެއްގަމާއި ފަޅުތެރޭގައި ތަފާތު ވަސީލަތްތައް ގާއިމުކޮށް، އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓްކުރުމަށް.

ބޭނުންވާ ބަދިގޭގެ ޑިޒައިން ޝެއާކޮށްލައިގެން ގަވިންއިން ލިބިދާނެ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހުޅުވާލައިގެން، 75،000 ރުފިޔާގެ ބަދިގެއެއް ހޯދުމުގެ ފުރުސަތު "މަގޭ ބަދިގެ" ޕްރޮމޯޝަންގެ ދަށުން ގަވިން އިން ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އަމިއްލަ ބަދިގޭގެ ފޮޓޯ އާއި ބޭނުންވާ ޑިޒައިން ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހޭއިރު، ނަސީބުވެރިޔާ ހޮވާނީ އާންމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

Newsletter

Get the latest news delivered straight to your inbox