މަނީ ޗޭންޖަރުންގެ ޑިޕޮސިޓް ދެ ގުނަ ބޮޑުކޮށް، ގަވާއިދު ހަރުކަށިކޮށްފި

މަޖީދީ މަގުގައި ހުންނަ މަނީ އެކްސްޗޭންޖު ވިޔަފާރިއެއް: ގަވާއިދުތައް ހަރުކަށިކުރަން ފެހި ފަހުން ގިނަ މަނީ އެކްސްޗޭންޖުތައް ވަނީ ބަންދުކޮށްފަި --- ފޮޓޯ: އަމަން ހަލީމް/އަދަދު

މަޖީދީ މަގުގައި ހުންނަ މަނީ އެކްސްޗޭންޖު ވިޔަފާރިއެއް: ގަވާއިދުތައް ހަރުކަށިކުރަން ފެހި ފަހުން ގިނަ މަނީ އެކްސްޗޭންޖުތައް ވަނީ ބަންދުކޮށްފަި --- ފޮޓޯ: އަމަން ހަލީމް/އަދަދު

ފައިސާ މާރުކުރުމުގެ ވިޔަފާރިތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓު ދެ ލައްކަ ޑޮލަރަށް އުފުލައި، ލައިސަންސް ފީތައް ދެގުނަކޮށް، އެ ވިޔަފާރި ހިންގުމުގެ ގަވާއިދު މަރުކަޒީ ބޭންކުން ހަރުކަށިކޮށްފި އެވެ.

އެމްއެމްއޭއިން ގެޒެޓުކޮށް އިއްޔެ އަމަލުކުރަން ފެށި "ފައިސާ މާރުކުރުމުގެ ވިޔަފާރިއާބެހޭ ގަވާއިދު" ގެ ދަށުން،  އޮކްޓޫބަރު 1، 2024 އިން ފެށިގެން އަމަލުކުރަމުން އައި މަނީ ޗޭންޖިން ގަވާއިދާއި، އެ ގަވާއިދަށް މިދިޔަ އަހަރު ގެނައި އިސްލާހު ވަނީ އުވިފަ އެވެ.

ފައިސާ މާރުކުރުމުގެ އާ ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރުމުގެ އޮނިގަނޑު މުޅިން ބަދަލުކޮށް، ކުރިން ރިސޯޓުތަކަށް ޑޮލަރު ވިއްކުމަށް ދޫކުރަމުން އައި "ޓިއާ 2" ގެ ހުރިހާ ލައިސަންސެއް އެމްއެމްއޭ އިން ކަނޑައަޅާ މުއްދަތެއްގައި ބާތިލުކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ކުރީގެ ގަވާއިދުގެ ދަށުން ޓިއާ 2 ގެ ލައިސަންސަށް އެދި ހުށަހަޅައި، މިހާތަނަށް މަރުހަލާތައް ފުރިހަމަނުވެ ހުރި އެޕްލިކޭޝަންތައް ބާތިލުކޮށް، ދެއްކި ފީ އަނބުރާ ނުދޭން ވެސް ވަނީ ނިންމައިފަ އެވެ.

ދެން ދޫކުރާ ލައިސަންސެއްގެ ދަށުން ވިޔަފާރި ހިންގޭނީ މައިގަނޑު ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އާންމުންނަށާއި ވިޔަފާރިތަކަށް ހުޅުވާލައިގެން ފައިސާ މާރުކުރާ "ކެޓަގަރީ-އޭ" އަދި ހަމައެކަނި ވިޔަފާރިތަކަށް ހާއްސަކޮށްގެން ހިދުމަތް ދޭ "ކެޓަގަރީ-ބީ" އެވެ. މީގެ ތެރެއިން ކެޓަގަރީ-އޭ ގެ ވިޔަފާރިތަކުން ހިދުމަތް ދޭން ޖެހޭނީ އޮފީހެއް ގާއިމުކޮށް، ބިއްލޫރި ޖެހި ވަކި ކައުންޓަރަކާއި ސީސީޓީވީ ކެމެރާ އަދި ޑިޖިޓަލް ރޭޓް ބޯޑު ހިމެނޭ ގޮތަށް ހާއްސަ މިންގަނޑުތަކަކަށް ފައްތައިގެންނެވެ.

މަނީ ޗޭންޖިން ވިޔަފާރި ހިންގުމަށް އެމްއެމްއޭގައި ބަހައްޓަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓު ވަނީ ކުރިން އޮތް 100,000 ޑޮލަރުން 200,000 ޑޮލަރަށް އިތުރުކޮށްފަ އެވެ. މައި ތަނުގެ އިތުރުން ހިންގާ އިތުރު ކޮންމެ ތަނަކަށް ބަހައްޓަން ޖެހޭ ޑިޕޮސިޓު ވެސް ވަނީ 50,000 ޑޮލަރުން 100,000 ޑޮލަރަށް ބޮޑުކޮށްފަ އެވެ.

ސެކިއުރިޓީ ޑިޕޮސިޓު މި މިންވަރަށް ބޮޑުކުރުމުގެ މަގުސަދަކީ ބެލެވޭ ގޮތުގައި ފައިސާ މާރުކުރުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް ބޮޑެތި މާލީ ހުރަސްތަކެއް ކުރިމަތިކުރުމެވެ.

އެމްއެމްއޭއިން ވަނީ މި ވިޔަފާރިއާ ގުޅޭ އެހެނިހެން ފީތައް ވެސް ދެގުނައަށް ބޮޑުކޮށްފަ އެވެ. މިގޮތުން އަހަރީ ފީ ކުރިން އޮތް 24,000ރ. އިން 48,000ރ. އަށް ވަނީ އުފުލައިފަ އެވެ. އަދި އާ ލައިސަންސް އެޕްލިކޭޝަން ފީ 20,000ރ. އިން 40,000ރ. އަށް ބޮޑުކުރިއިރު، ލައިސަންސް އާކުރުމުގެ ފީ ވަނީ 10,000ރ. އިން 20,000ރ. އަށް އިތުރުކޮށްފަ އެވެ.

ނަގުދު ފައިސާއިން މުއާމަލާތް ކުރެވޭ އެންމެ މަތީ އަދަދަކީ ދުވާލަކަށް އެއް ކަސްޓަމަރަކަށް 50,000ރ. ނުވަތަ އެއާ އެއްވަރުގެ ބޭރު ފައިސާ ކަމަށް އާ ގަވާއިދުގައި ވެސް ވަނީ ކަނޑައަޅާފަ އެވެ. މިއީ ކުރީގެ ގަވާއިދުގައި ވެސް މި މުއާމަލާތްތައް ހިންގަން އޮތް މިންގަނޑެވެ. މި އަދަދަށް ވުރެ މަތީގެ ހުރިހާ މުއާމަލާތްތަކެއް ދެން ވެސް ހިންގަން ޖެހޭނީ ހަމައެކަނި އެ ވިޔަފާރިއެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓުތައް މެދުވެރިކޮށެވެ.

އާ ގަވާއިދުން ގެނައި އެންމެ ހަރުކަށި އެއް ބަދަލަކީ، ކޮންމެ ކަރަންސީއަކަށް ވަކި ޕްރައިމަރީ ބޭންކު އެކައުންޓެއް ހުޅުވަން ލާޒިމުކުރުމެވެ. މީގެ އިތުރުން ދުވަހުގެ ވިޔަފާރި ބަންދުކުރާއިރު އަތުގައި ބާކީ ހުންނަ ބޭރު ފައިސާގެ ތެރެއިން އެމްއެމްއޭއިން ކަނޑައަޅާ މިންވަރެއް ޖެހިގެން އަންނަ މަސައްކަތު ދުވަހު ސީދާ ބޭންކު އެކައުންޓަށް ޖަމާކުރަން ޖެހެ އެވެ. އަދި ސަރުކާރު ކުންފުނިތައް ފިޔަވައި އެހެން މަނީ ޗޭންޖަރުންގެ ހުރިހާ މުވައްޒަފުންނަކީ ދިވެހިން ކަމުގައި ވާން ވެސް ގަވާއިދުން މަޖުބޫރުކުރެ އެވެ.

ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު އަޅާ ފިޔަވަޅުތައް ވެސް އެމްއެމްއޭއިން މި ފަހަރު ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފަ އެވެ. މިގޮތުން ގަވާއިދާ ހިލާފަށް ހިންގާ ކަންކަމަށް 10,000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު މަރުކަޒީ ބޭންކަށް ލިބެ އެވެ. އަދި އެ ފައިސާ 90 ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ ފަރާތެއްގެ ވިޔަފާރި ހުއްދަ 90 ދުވަހަށް ހިފެހެއްޓުމަށް އެންގުމުގެ އިތުރުން މައްސަލަ ޖިނާއީ ތަހުގީގަށް ފޮނުވުމުގެ އިހުތިޔާރު ވެސް އެމްއެމްއޭއަށް އޮވެ އެވެ.

ރިސޯޓުތަކުގެ ޓިއާ 2 ލައިސަންސް އުވާލި ނަމަވެސް، ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ފައިސާ މާރުކުރުމުގެ ހުއްދަ އޮންނާނެ އެވެ. އެކަމަކު އެ ފަދަ މުއާމަލާތްތަކުގެ ތަފުސީލީ ރެކޯޑުތައް ފަސް އަހަރު ދުވަހަށް ބަލަހައްޓަން ޖެހެ އެވެ. މިއީ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން އަޅަމުންދާ އިގުތިސޯދީ ފިޔަވަޅުތަކާ ގުޅިގެން ގެނައި ބަދަލެކެވެ.

ފައިސާ މާރުކުރުމުގެ ގަވާއިދުތައް ހަރުކަށިކުރުމާއި، ޓޫރިޒަމް ދާއިރާއިން ބޭންކުތަކަށް މަޖުބޫރުކޮށްގެން ޑޮލަރު މާރުކުރުމަކީ، ޑޮލަރުގެ އަގު ރަސްމީ ރޭޓަށް ތިރިކޮށް، ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެކެވެ. މިގޮތަށް ގާނޫނުތަކާއި ގަވާއިދުތައް ބަދަލުކޮށްގެން ބޭރު ފައިސާ ރަސްމީ ނިޒާމަށް ވެއްދުމަށް ސަރުކާރުން އަމާޒު ހިފި ނަމަވެސް، ބާޒާރުން އަދިވެސް މި ފިޔަވަޅުތަކުގެ ހަގީގީ ނަތީޖާއެއް ނުފެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން މެންބަރުން ވިދާޅުވަމުން ގެންދަވަނީ ބާޒާރުގައި ޑޮލަރުގެ އަގު އަދިވެސް އުޅެނީ 23.00ރ. އާއި 24.00ރ. އާ ދެމެދުގެ އިންތިހާއަށް މަތީ ރޭޓެއްގައި ކަމަށާއި، އާންމުންނަށާއި ވިޔަފާރިތަކަށް ރަސްމީ ރޭޓުގައި ގަންނާނެ ޑޮލަރު ނުލިބޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީ އާއި އެލިއާ ގުޅިގެން 18،000 ރުފިޔާ ޑިސްކައުންޓް

އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް އެލިއާއިން އައުޓްބޯޑް އިންޖީނާއި ވޭވްރަނާ ގަންނަ ފަރާތްތަކަށް 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި. އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، "އުޖާލާ ނައު" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިނޭންސިންގއަށް އެދި ހުށަހެޅޭނެ.

އޭޓީއާރު އޮޕަރޭޝަން ހުއްޓާލައި، ފަޅުވެރިން ވަކިކޮށްފި

މަންޓާ އެއާއިން މި ނިންމުން ނިންމީ ލީސް އެއްބަސްވުން ހަމަވުމާއި، މަތިންދާބޯޓުތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކުގެ އިތުރުން ގްރައުންޑް ހޭންޑްލިން ފީ ބޮޑުވުމުގެ ސަބަބުން ވިޔަފާރި ކުރިއަށް ނުގެންދެވޭތީ. މީގެ ފަހުން މަންޓާ އެއާއިން އޮޕަރޭޓް ކުރާނީ ހަމައެކަނި ސީޕްލޭންގެ ދަތުރުތައް.

އެމްއައިބީން ވަރަ އެކްސްޕޯގައި ބައިވެރިވަނީ

މާދަމާ ހުޅުމާލޭގައި ފަށާ "ވަރަ އެކްސްޕޯ" ގައި އެމްއައިބީން ބައިވެރިވެ، ވަޒީފާގެ ފުރުސަތުތަކާއި ސީވީ ތައްޔާރުކުރުމުގެ އިރުޝާދު ދިނުމަށް ވަނީ ހަމަޖެހިފައި. މި އެކްސްޕޯގައި ބޭންކުގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައި.

އެސެންޝިއާގެ ހުރިހާ ފްލޯރިންއަކުން 20 ޕަސެންޓު ޑިސްކައުންޓް

އެސެންޝިއާގެ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ދަށުން، އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ ފްލޯރިންއަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައެވެ. 2027 ޖެނުއަރީ 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނީ ނަގުދު ފައިސާއިން މުދާ ގަންނަ ފަރާތްތަކަށެވެ.

އެމްއެޗްއޭގެ "ރިވޯޑްސް އެޕް" ތައާރަފުކޮށްފި

އެމްއެޗްއޭގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޕޮއިންޓު އެއްކޮށް، ވިޔަފާރީގެ ތަފުސީލުތައް ބަލައިލެވޭނެ "އެމްއެޗްއޭ ރިވޯޑްސް އެޕް" އިއްޔެ ވަނީ ތައާރަފުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭ އިނާޔަތްތަކާއި ހަރަދުތައް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، 2027 ވަނަ އަހަރުން ފެށިގެން ޕޮއިންޓު ހޯދުމަށް މި އެޕް ބޭނުންކުރުން މަޖުބޫރުވާނެއެވެ.

ތިންހުރާގައި ކަނޑުފަޅުގެ ދިރުންތައް އާލާކުރާ ފާމެއް ހަދަނީ

ދ. ތިންހުރާގައި ފާނަ، އިހި، ހުއިފިލަނޑު އަދި ކަނޑުފެހި އާލާކުރާ ފާމެއް ގާއިމުކުރުމަށް ހުށަހެޅީ މެގަޓަން ކުންފުނިން. އެ ކުންފުނީގެ ހުށަހެޅުމުގައި ވަނީ ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި އެއްގަމާއި ފަޅުތެރޭގައި ތަފާތު ވަސީލަތްތައް ގާއިމުކޮށް، އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓްކުރުމަށް.

ބޭނުންވާ ބަދިގޭގެ ޑިޒައިން ޝެއާކޮށްލައިގެން ގަވިންއިން ލިބިދާނެ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހުޅުވާލައިގެން، 75،000 ރުފިޔާގެ ބަދިގެއެއް ހޯދުމުގެ ފުރުސަތު "މަގޭ ބަދިގެ" ޕްރޮމޯޝަންގެ ދަށުން ގަވިން އިން ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އަމިއްލަ ބަދިގޭގެ ފޮޓޯ އާއި ބޭނުންވާ ޑިޒައިން ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހޭއިރު، ނަސީބުވެރިޔާ ހޮވާނީ އާންމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

Newsletter

Get the latest news delivered straight to your inbox