ޓޫރިސްޓުންނަށް މޯލްޑިވިއަންގެ ޓިކެޓުތައް އަގު ހެޔޮ ކުރަން ކެބިނެޓުން ނިންމައިފި

މޯލްޑިވިއަންގެ އޭޓީއާރު މަތިންދާބޯޓުތަކެއް: އައިލެންޑް އޭވިއޭޝަނުން މިހާރު ވެސް ގިނަ މަންޒިލުތަކަށް ދަތުރު އަޅަނީ ގެއްލުމުގައި -- ފޮޓޯ: އިޔާން/އަދަދު

މޯލްޑިވިއަންގެ އޭޓީއާރު މަތިންދާބޯޓުތަކެއް: އައިލެންޑް އޭވިއޭޝަނުން މިހާރު ވެސް ގިނަ މަންޒިލުތަކަށް ދަތުރު އަޅަނީ ގެއްލުމުގައި -- ފޮޓޯ: އިޔާން/އަދަދު

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ޓޫރިސްޓުންނަށް ވިއްކާ ޓިކެޓު އަގު މުރާޖާކޮށް، މިހާރަށް ވުރެ ޓިކެޓުތަކުގެ އަގު ހެޔޮކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ. 

ރައީސް އޮފީހުން މިކަން އިއުލާންކުރީ، ކެބިނެޓުން ނިިންމި މުހިންމު ބައެއް ނިންމުންތައް ކަމަށް ބުނެ އެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ހަބަރެއްގަ އެވެ. އެ ހަބަރުގައި މި ބަދަލުތައް ގެންނަން ކެބިނެޓުން ނިންމަން ކަން ބަޔާންކުރި ނަމަވެސް އިތުރު ތަފުސީލުތަކެއް ނެތެވެ. 

މޯލްޑިވިއަންގެ ޓިކެޓުތައް ޓޫރިސްޓުންނަށް އަގު ހެޔޮ ކުރަން ނިންމިއިރު، ޓޫރިސްޓުންނަށް ބޮޑު އަގު ނަގާތީ ބައެއް ޓޫރިސްޓުން ރާއްޖެ އަންނަން ބޭނުން ނުވާ ކަމީ ޓޫރިޒަމް ވިޔަފާރިތަކުގެ ދުވަސްވީ ޝަކުވާއެކެވެ. 

Advertisement

މިއީ ޓޫރިޒަމަށް ފައިދާވާ ގޮތެއް ނަމަވެސް، މީގެ ސަބަބުން އައިލެންޑް އޭވިއޭޝަނުގެ އާމްދަނީއަށް އަސަރު ކުރާނެ އެވެ. މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ މިހާރުގެ އަގުތަކުގައި ވެސް އެތެރޭގެ ގިނަ މަންޒިލުތަކަށް  ގެއްލުމުގައި ދަތުރުތައް ކުރަން ޖެހޭ ކަމުގެ ޝަކުވާކޮށްފަ އެވެ. 

މިހެން ކަމުން ދެން އޮންނާނެ ގޮތަކީ ސަރުކާރުން ފައިސާގެ އެހީ ނޫނީ ސަބްސިޑައިޒްކޮށްގެން މި ދަތުރުތައް ކުރުމެވެ. މިކަން މި ގޮތަށް ކޮށްފި ނަމަ، އެކަން ވާނީ ދައުލަތުގެ ވިޔަފާރި ކުންފުނިތަކަށް ލިބޭ އާމްދަނީން ހަރަދުތައް ހަމަޖައްސަން ސަރުކާރުން ވެފައިވާ ވައުދާ ހިލާފު ކަމަކަށެވެ. 

އޮޑިޓު އޮފީހުން އާންމުކޮށްފައިވާ އައިލެންޑް އޭވިއޭޝަނުގެ 2024 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި އެ އަހަރު އެ ކުންފުންޏަށް 2.7 މިލިއަން ރުފިޔާ ގެއްލުންވި އެވެ.

އެ އަހަރު އެ ކުންފުންޏަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ހިންގުމުގެ ހަރަދުތަކަށް ކަނޑާފައި 171.2 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނެވެ. އެކަމަކު ހިންގައިގެން ލިބުނު ހުރިހާ ފައިދާއެއް އެ ކުންފުނިން ހަރަދުކުރަން ޖެހުނީ ފައިނޭންސިން ހަރަދުތަކަށެވެ.

އައިލެންޑް އޭވިއޭޝަނުގެ ފައިނޭންސިން ހަރަދުތަކުގެ ބޮޑު ބައެއް ހަރަދު ވަނީ އެ ކުންފުނިން ކުއްޔަށް ނަގާފައިވާ އެއާކްރާފްޓުތަކަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox