ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ގޭތެރޭގެ މާހައުލަށް އާރޯކަމާއި ހިތްފަސޭހަކަން ގެނެސްދިނުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން، އެސެންޝިއާ ޕްރައިވެޓް ލިމިޓެޑުން ވިއްކާ ހުރިހާ ބާވަތެއްގެ ފްލޯރިންއަކުން 20 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ޖެނުއަރީ 31، 2027 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ، ރޯދަމަސް އައުމުގެ ކުރިން ގެދޮރު މަރާމާތުކޮށް، ޒަމާނީ ފެންވަރަށް ބަދަލުކޮށްލަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް އަގުހުރި ފުރުސަތެކެވެ. މި ޕްރޮމޯޝަނާ ގުޅޭގޮތުން އެސެންޝިއާއިން ބުނީ، ރަމަޟާން މަހަކީ ގޭތެރޭގައި އާއިލާތައް އެކުގައި ގިނަ ވަގުތު ހޭދަކުރާ މުހިންމު ދުވަސްވަރެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ބައިނަލްއަގުވާމީ ފެންވަރުގެ އުފެއްދުންތައް ހެޔޮ އަގުގައި ފޯރުކޮށްދީ، ރޯދަމަސް ފެށުމުގެ ކުރިން ކޮންމެ މީހަކަށްވެސް އެމީހެއްގެ ގޭތެރެއަކީ ހިތްފަސޭހަ އަދި އަމާން މާހައުލަކަށް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުން،" އެސެންޝިއާއިން ބުންޏެވެ.
2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ބާޒާރަށް ފުޅާދާއިރާއެއްގައި ފްލޯރިން ސަޕްލައިކޮށްދެމުން އަންނަ އެސެންޝިއާއަކީ ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އެގޮތުން، އެސެންޝިއާއިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށްވެސް އިތުބާރު ހުރި އާފްޓާ ސޭލްސް ސާވިސް ގެ އިތުރުން، އުފެއްދުންތަކަށް ވޮރެންޓީ ލިބިގެންދާނެ އެވެ.
ފްލޯރިންގެ އިތުރުން، ގޭތެރެ އެއްކޮށް ޒީނަތްތެރިކޮށްލުމަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް އެއްތަނަކުން އެސެންޝިއާއިން ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި ކަސްޓަމަރުން ބޭނުންވާ ގޮތަށް ކަބަޑު ސެޓު ތައްޔާރުކޮށްދިނުމާއި، ފާހާނާއަށް ބޭނުންވާ ސާމާނު އަދި ވޯލްޕޭޕަރު ފޯރުކޮށްދިނުމުގެ ހިދުމަތް ހިމެނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން މުދާ ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ނަގުދު ފައިސާއަށް ކަމަށާއި، މުދަލަށް ފައިސާ ދައްކާއިރު ފުލް އެޑްވާންސް ޕޭމަންޓް ދައްކަންޖެހޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގައި ކުންފުނީގެ އުސޫލުތަކާއި ޝަރުތުތަކަށް އަމަލުކުރެވޭނެއެވެ.ގޭތެރޭގެ ފްލޯރިން ބަދަލުކޮށްލުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި ކޮންސަލްޓޭޝަނަކަށް އެދުމަށް އެސެންޝިއާގެ ނަންބަރު 7316116 އަށް ގުޅުމުން އެ ހިދުމަތް ލިބިގެންދާނެއެވެ.

