ބޮޑެތި ހުރިހާ މަޝްރޫއެއް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް މުއިއްޒު އެއްބަސްވެވަޑައިގެންފި

ރައީސް މުހައްމަދު މުއިއްޒު: ބޮޑެތި ހުރިހާ މަޝްރޫއެއް މަޑުޖެހުނީ މި އަހަރު ދަރަނި ދައްކަން ޖެހުމާއި، މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު: ބޮޑެތި ހުރިހާ މަޝްރޫއެއް މަޑުޖެހުނީ މި އަހަރު ދަރަނި ދައްކަން ޖެހުމާއި، މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް

މި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ބޮޑެތި ހުރިހާ މަޝްރޫއެއް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ އެއްބަސްވެވަޑައިގެންފި އެވެ. 

ސަރުކާރަށް ތިން އަހަރު ފުރިގެން ބާއްވާ ޖަލްސާގައި މުއިއްޒު ވިދާޅުވީ ބޮޑެތި މަޝްރޫއުތައް މަޑުޖެހުނީ މި އަހަރަކީ ދަރަނި ދައްކަން ޖެހޭ އަހަރަކަށްވެފައި، މެދުއިރުމަތީ ހަނގުރާމަ ފެށުމާ ގުޅިގެން ސިއްހީ ދާއިރާ އާއި ތައުލީމުފަދަ ދާއިރާތަކަށް އިސްކަން ދޭން ޖެހުމުން ކަމަށެވެ. 

"ވަރަށް ބޮޑަށް މަޑުޖެހިފައި އޮތީ މިހާރު ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހަމަ ފައިސާގެ ތާށި. މި އަހަރު އަޅުގަނޑުމެން އިސްކަންދިނީ ދަރަނި ދައްކަންވީމަ މެދުއިރުމަތީގެ ހަނގުރާމަ ފެށިގެން އަޅުގަނޑުމެން ޕްރަޔަރަޓައިޒް ކުރަންޖެހުނީ  ހެލްތު، އެޑިއުކޭޝަން މިކަހަލަ ބައެއް ކަންތައް،" މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވީ އުމްރާނީ ބޮޑެތި މަޝްރޫއުތައް މަޑު ޖެހެން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން ރާއްޖެއަށް އަންނަ އަދަދު މަދުވުން ހިމެނޭ ކަމަށެވެ. ނަމަވެސް އެކަންކަމުން ރާއްޖެއަށް ކުރަމުންދިޔަ އަސަރު ކުޑަކުރަން ރައްޔިތުންނަށް ދިމާވާނެ ތަކުލީފު ކުޑަކުރަން ޒަރޫރީ ކަންކަމަށް އިސްކަން ދިނީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އެހެންވީމަ މަގު ހެދުން، ބަނދަރު ހެދުން، ބިން ހިއްކުން، ފެނާއި ނަރުދަމާ މިކަހަލަ ބޮޑެތި ކަންކަން ޝޯ ޕްރޮޓެކްޝަން މަޑުޖެހިފައި ހުރީ. އަޅުގަނޑު ނުދަންނަވަން އެ ނޫން ވާހަކައެއް. މަޑު ޖެހިފައި ހުރީ،" މުއިއްޒު ވިދާޅުވި އެވެ. 

"އެއީ ކީއްވެ ޕްރަޔަރަޓައިޒް މިކުރީ ތެޔޮ އަގުބޮޑުވެއްޖެ، ޓޫރިސްޓް އެރައިވަލް ދަށްވެއްޖެ، އެހެންވީމަ ރައްޔިތުންނަށް ޑޭޓުޑޭ ލައިފްގައި ބާޑަން ވީވަރަކުން ޕާސް ނުކޮށް ޕްރަޔަރަޓައިޒް ކުރަންވެގެން ބަޖެޓުގައި ފިސްކަލްސް މެނޭޖްމަންޓް މިގޮތަށް މެނޭޖްކުރީ،"

މުއިއްޒު ދެއްވި ތާރީހުތައް ފަހަނައަޅައި މަޝްރޫއުތައް ބިލާހަކަށް!

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވީ ވައުދުތަކާއި، ވެރިކަމާ ހަވާލުވެވަޑައިގެން ދެއްވި ތާރީޚުތަކާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން މި ޚަބަރުގައި ފާޅުކޮށްފައިވެއެވެ. ޚާއްޞަކޮށް ބޯހިޔާވަހިކަމާއި ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ހުއްޓިފައިވާއިރު،

ނަމަވެސް އަންނަ އަހަރު ތަފާތުވާނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ އަމާޒަކީ މިހާރު ސޮއިކޮށްފައި ހުރި މަޝްރޫއުތަކުގެ ތެރެއިން 70 ޕަސަންޓު މަޝްރޫއު ނިންމުން ކަމަށެވެ. 

"މިއަންނަ އަހަރަކީ ތަފާތު އަހަރެއް އިރާދަކުރެއްވިއްޔާ. މިއަންނަ އަހަރު އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތީ. ބަޖެޓް އޮތީ މަޖިލީހުގައި މިހާރު. މި އަންނަ އަހަރުގެ ބަޖެޓަކީ ޕްރޮޖެކްޓްސް ޑެލިވާ ކުރާ އަހަރު. މިއަންނަ އަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ މިގޮތަށް ހުރި ހުރިހާ މަޝްރޫއެއް، މިހާރު ސައިންޑް މަޝްރޫއުގެ ތެރެއިން މަދުވެގެން 70 ޕަސަންޓު މަޝްރޫއުތައް އެއްކޮށް ނިންމާ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިމުމުގެ ކުރިން ޑެލިވާކޮށް ނިންމާނަން. އެއީ އަޅުގަނޑުނެންގެ ޓާގެޓަކީ،" އެމަނިކުފާނު ވިދާޅުވި އެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ގެނެވިފައިވާ ހައްލުތަކާއެކު، މަޑުޖެހިފައިހުރި ގިނަ މަޝްރޫއުތައް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ކެބިނެޓަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މުއިއްޒު އިރުޝާދު ދެއްވި އެވެ. 

މުއިއްޒު މީީގެ ކުރިން ވިދާޅުވެފައިވަނީ މި ސަރުކާރުން ފެށި ހުރިހާ މަޝްރޫއެއް އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ތެރޭގައި ނިމޭނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ އެންމެ ބޮޑު ވައުދުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ ވައުދު ފުއްދޭނެކަމާމެދު ގިނަ ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox