ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް، އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން، 75،000ރ. ގެ އަގުހުރި ބަދިގެއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައި ގަވިން އިން ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
"މަގޭ ބަދިގެ" ނަމުގައި ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ހަމައެކަނި ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ މީހުންނަށެވެ.
ގަވިން އިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ހުވަފެނީ ބަދިގެއެއްގެ އިންތިޒާރުގައި ތިބި މީހުންނަށް ފަސޭހަކަމާއެކު ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮމޯޝަނެކެވެ. މި ފުރުސަތުގެ ބޭނުން ހިފައި ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް އެ ކުންފުނިން އުއްމީދުކުރެ އެވެ.
ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި އެ މީހަކު އެދޭ ހުވަފެނީ ބަދިގޭގެ ޑިޒައިނާއި މިހާރުގެ ބަދިގޭގެ ފޮޓޯ އިންސްޓަގްރާމްގައި ޕޯސްޓްކުރަން ޖެހެ އެވެ. އަދި ގަވިންގެ އިންސްޓަގްރާމް އެކައުންޓް ޓެގްކޮށް، އެ ކުންފުނީގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖަށް ފޮލޯކުރަން ޖެހޭނެ އެވެ. މީގެ އިތުރުން ގިނަ ލައިކްސް ހޯދުމަށްޓަކައި އެ ޕޯސްޓް އާއިލާ އާއި ރައްޓެހިންނާ ހިއްސާކުރަން އެދެ އެވެ.
މި މުބާރާތުގެ ނަތީޖާ ކަނޑައަޅާނީ އާންމުންގެ ވޯޓުންނެވެ. އެންމެ ގިނަ ލައިކްސް ލިބޭ 10 ޑިޒައިން ހޮވައި ގަވިންގެ އިންސްޓަގްރާމް ސްޓޯރީގައި ވޯޓަށް ހުޅުވާލާނެ އެވެ. މުޅި ޕްރޮމޯޝަނުން އެއްވަނަ ލިބޭނީ ސްޓޯރީ ވޯޓުން އެންމެ ގިނަ އަދަދަކަށް ވޯޓު ހޯދާ މީހަކަށެވެ.
މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި މީހަކަށް 75،000ރ. ގެ އަގުހުރި ބަދިގެއެއް، ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ހަދައިދޭނެ ކަމަށް ގަވިން އިން ބުނެ އެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި މިއީ އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނަށް އަމިއްލަ ބަދިގެ ރީތިކޮށްލަން ލިބޭނެ ރަނުގެ ފުރުސަތެކެވެ. މި ބަދިގެ ހަދައިދޭނީ އެ މީހަކު ހުށަހެޅި ޑިޒައިނާ އެއްގޮތަށް ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެ އެވެ.







