ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކައިގެ ވޭވަށު ބްރާންޗުގެ އޮފީސް: ފެނަކަ އުވާލައި ޕަވާހައުސްތަކާއި ފެނާއި ނަރުދަމާތައް ވަނީ ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފަ --- ފޮޓޯ: ފެނަކަ

ފެނަކައިގެ ވޭވަށު ބްރާންޗުގެ އޮފީސް: ފެނަކަ އުވާލައި ޕަވާހައުސްތަކާއި ފެނާއި ނަރުދަމާތައް ވަނީ ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފަ --- ފޮޓޯ: ފެނަކަ

ގެއްލުމުގައި ހިންގާތާ އަހަރުތަކެއްވެ، ސަރުކާރަށް ބޮޑު މާލީ ބުރައަކަށް ވެފައިވާ ދައުލަތުގެ ޔުޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަންގައި 2024 ވަނަ އަހަރު ނިމުނުއިިރު ފަސް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ދަރަންޏެއް އޮތް ކަމަށް އެ ކުންފުނީގެ އޮޑިޓުން ހާމަވެއްޖެ އެވެ. 

އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނީގެ ދަރަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ބިލުތަކެވެ.

އެ ގޮތުން ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން ނުދައްކާ ހުރި ފައިސާގެ އަދަދު 3.59 ބިލިއަން ރުފިޔާއަށް އަރަ އެވެ. ދެން ހިމެނެނީ ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހޭ 1.19 ބިލިއަން ރުފިޔާ އާއި ޓެކުހާއި ކުލި ފަދަ އެހެނިހެން މާލީ އިލްތިޒާމުތަކަށް ދައްކަންޖެހޭ 290 މިލިއަން ރުފިޔާ އެވެ.

ދަރަނި މި ވަރަށް އެރިއިރު، 2024 ގައި ވެސް ފެނަކައަށް ލިބުނީ 547.1 މިލިއަން ރުފިޔާގެ ގެއްލުމެކެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 811.3 މިލިއަން ރުފިޔާއަށް ވުރެ ކުޑަ ގެއްލުމެއް ނަމަވެސް، ކުންފުނީގެ މާލީ ހާލަތު އޮތީ އޭރު ހުރި ވަރަށް ވުރެ ވެސް ނާޒުކު ފައްތަރެއްގަ އެވެ. 

ފެނަކައަށް 2024 ގައި އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 2.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.

މީގެ ތެރޭގައި ކަރަންޓު ވިއްކައިގެން ލިބުނު 1.6 ބިލިއަން ރުފިޔާ އާއި، ސަބްސިޑީ ނުވަތަ ޓެރިފްގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ދިން 789.1 މިލިއަން ރުފިޔާ ހިމެނެ އެވެ. އަދި، ފެން ވިއްކައިގެން 78.69 މިލިއަން ރުފިޔާ، އައިސް ވިއްކައިގެން 10.48 މިލިއަން ރުފިޔާ، އަދި ސަބްކޮންޓްރެކްޓް މަޝްރޫއުތަކުން 36.89 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

އާމްދަނީ އިތުރުވިޔަސް ފެނަކައަށް ގެއްލުންވީ މައިގަނޑު ސަބަބަކީ ކުންފުނީގެ ހަރަދުތައް އިންތިހާއަށް ބޮޑު ވުމެވެ. ހިސާބުތަކުން ދައްކާ ގޮތުގައި 2024 ގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދު 1.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިރާރީ ހަރަދުތައް ވަނީ 1.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. 

ފެނަކައިގެ ހިންގުމުގެ ހަރަދުގެ ބޮޑު ބައެއް ހިއްސާކުރަނީ ޑީސަލް ގަތުމަށް ހޭދަވި 1.2 ބިލިއަން ރުފިޔާ އެވެ. އިދާރީ ހަރަދުތަކުގެ ބޮޑު ބަޔެއް ދަނީ މުވައްޒަފުންނަށެވެ. މި ގޮތުން މުވައްޒަފުންގެ މުސާރައަށް  420.6 މިލިއަން ރުފިޔާ އަދި، އިނާޔަތްތަކަށް 179.9 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރި އެވެ. 

ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދަށް ބަލާއިރު، މި އަދަދު ވަނީ 2023 ގައި 3.1 ބިލިއަން ރުފިޔާއިން 2024 ގައި 3.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެންމެ ބޮޑު އަދަދެއް ނުދައްކައި އޮތީ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އަށެވެ. 

މި ހިސާބުތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ ދޭނެ ރައުޔެއް ނެތް ކަމަށް ނިންމާފަ އެވެ. އޮޑިޓަރުން  ރައުޔު ނުދޭން ނިންމި މައިގަނޑު ސަބަބަކީ، ހިސާބުތަކާ ގުޅޭ އެކަށީގެންވާ އޮޑިޓް ހެކި ލިބިފައި ނުވުމެވެ. މިގޮތުން ޖުމްލަ 32 ސަބަބެއް ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.

އޭގެ ތެރޭގައި ޖާނަލް އެންޓްރީތައް ފުރިހަމަ ނުވުމާއި، މުދަލާއި ހަރުމުދަލުގެ ރެކޯޑުތައް އަޅާކިޔައި ކަށަވަރުކޮށްފައި ނެތުމާއި، ކުންފުނިން ދައްކަން ޖެހޭ އަދި ލިބެން ޖެހޭ ބޭރުގެ ހިސާބުތައް ބަލަހައްޓާފައި ނެތުން ހިމެނެ އެވެ. އަދި 2023 ވަނަ އަހަރުގެ ހިސާބުތަކަށް ވެސް ރައުޔު ނުދޭތީ، 2024 ވަނަ އަހަރު ފެށުނުއިރު ހުރި ހިސާބުތަކުގެ ސައްހަކަން ވެސް ކަށަވަރު ނުކުރެވެ އެވެ.

ފެނަކައިގައި މި ހުރިހާ ދަރަންޏެއް އޮތްއިރު، ސަރުކާރުން ވަނީ އެ ކުންފުނި އުވާލާި ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ އެވެ. މި ބަދަލުގެ ދަށުން އެ ކުންފުނީގެ  އޮޕަރޭޝަންތަކާއި ވަސީލަތްތަކާއި ބައެއް މުވައްޒަފުން ވަނީ ސްޓެލްކޯއަށް ބަދަލުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

Newsletter

Get the latest news delivered straight to your inbox