އޭޓީއާރު އޮޕަރޭޝަން ހުއްޓާލައި، މަންޓާ އެއާގެ ފަޅުވެރިން ވަޒީފާއިން ވަކިކޮށްފި

މަންޓާ އެއާގެ ސީޕްލޭންއެއް: ދެން އެ އެއާލައިނުން ކުރާނީ ސީޕްލޭން ދަތުރުތައް އެކަނި --- ފޮޓޯ: އަދަދު

މަންޓާ އެއާގެ ސީޕްލޭންއެއް: ދެން އެ އެއާލައިނުން ކުރާނީ ސީޕްލޭން ދަތުރުތައް އެކަނި --- ފޮޓޯ: އަދަދު

މަންޓާ އެއާގެ އެތެރޭގެ އުދުހުންތައް ނުވަތަ އޭޓީއާރު މަތިންދާބޯޓުތަކުގެ އޮޕަރޭޝަން އެއްކޮށް ހުއްޓާލައި ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުއްވި ރަސްމީ ނޯޓިހުގައިވާ ގޮތުން، ވަޒީފާއާ ބެހޭ ގާނޫނާއި ރިޑަންޑަންސީ ގަވާއިދުގެ ދަށުން އޭޓީއާރު ފްލީޓްގެ ހުރިހާ ފަޅުވެރިން ވަނީ މިދިޔަ ހަފުތާއިން ފެށިގެން އޮޕަރޭޝަނަލް ހިދުމަތުން ވީއްލައިފަ އެވެ.

މި ފިޔަވަޅު އަޅަން ޖެހުނީ ޕާކިސްތާނުގެ ސައުތު އެއާއެކު ހަދާފައިވާ ވެޓް-ލީސް އެއްބަސްވުން ނިމުމަކަށް އައުމުންނެވެ. މީގެ އިތުރުން މަތިންދާބޯޓުތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކާ ހުރެ އެ ވިޔަފާރި އިތުރަށް ދެމެހެއްޓެން ނެތް ކަމަށް ވެސް އެ ނޯޓިހުގައި ބަޔާންކޮށްފައިވެ އެވެ.

ރިޑަންޑަންސީގެ މި ނިންމުމަކީ އޭޓީއާރު އޮޕަރޭޝަން އެއްކޮށް ހުއްޓާލުމާ ގުޅިގެން ނިންމި ނިންމުމެއް ކަމުން، ވަކި މުވައްޒަފުންތަކެއް ހޮވުމުގެ މިންގަނޑެއް މި ފިޔަވަޅުގައި ބޭނުންކޮށްފައެއް ނުވެ އެވެ. އަދި ގެއްލުން ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލައަށް އިސްތިއުފާ ދިނުމުގެ ފުރުސަތު ހުރިހާ މުވައްޒަފުންނަށް ދިނެވެ. އެގޮތަށް ވަކިވި މުވައްޒަފުންނަށް ނޯޓިސް މުއްދަތަށް ހަމަޖެހިފައިވާ ފައިސާ ދިނުމަށް ކުންފުނިން ވަނީ ނިންމައިފަ އެވެ.

މަންޓާގެ ޑޮމެސްޓިކް ދަތުރުތައް ހުއްޓާލަނީ

މަންޓާގެ ޑޮމެސްޓިކް ދަތުރުތައް ހުއްޓާލައި ހަމައެކަނި ސީޕްލޭން އޮޕޭޝަންތަކަށް ބަދަލުވާން ނިންމީ އެއާޕޯޓުތަކުން ނަގާ ފީތައް ބޮޑުވުމާއި، އައިލެންޑް އޭވިއޭޝަނާއެކު ކުރި މަޝްވަރާތަކުން ހައްލެއް ނުލިބުމުން. މި ބަދަލާއެކު އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލުމުގެ ބިރު ވަނީ ހީވެފަ.

މަންޓާ އެއާއިން އެތެރޭގެ އުދުހުންތައް މުޅިން ހުއްޓާލިއިރު، އެއާޕޯޓުތައް އޮޕަރޭޓުކުރާ ފަރާތްތަކުން ގްރައުންޑް ހޭންޑްލިން އާއި އެހެނިހެން ހިދުމަތްތަކަށް ބޮޑު އަގު ނަގާތީ އެކަމުގެ ދަތިކަން ވަނީ ބޮޑުވެފަ އެވެ.

ހާއްސަކޮށް ވާދަވެރި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މަންޓާގެ އޮޕަރޭޝަނަށް ބޮޑު އަގު ނަގަމުންދިޔައިރު، އެ ކުންފުންޏާއެކު ކޯޑު ޝެއާކޮށްގެން ދަތުރުތައް ބޭއްވުމަށް އެދުނު ނަމަވެސް އެއްބަސްވުމަކަށް ނާދެވުނެވެ. މި ބަދަލާ އެކު މަންޓާ އެއާއިން ދެން އޮޕަރޭޓުކުރާނީ ހަމައެކަނި ސީޕްލޭންގެ ދަތުރުތައް ކަމަށް ވަނީ ނިންމައިފަ އެވެ.

މި ނިންމުމުގެ ސަބަބުން މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ކުރި އަސަރު ކުންފުނިން ބަލައިގަންނަ ކަމަށް ވެސް ނޯޓިހުގައި ފާހަގަކޮށްފައިވެ އެވެ. އަދި މިއީ ފަޅުވެރިންގެ މަސައްކަތުގެ ފެންވަރާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، ދަތި ދަނޑިވަޅުގައި އެ ފަރާތްތަކުން ކޮށްދިން ހިދުމަތަށް މެނޭޖުމަންޓުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެސެންޝިއާގެ ހުރިހާ ފްލޯރިންއަކުން 20 ޕަސެންޓު ޑިސްކައުންޓް

އެސެންޝިއާގެ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ދަށުން، އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ ފްލޯރިންއަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައެވެ. 2027 ޖެނުއަރީ 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނީ ނަގުދު ފައިސާއިން މުދާ ގަންނަ ފަރާތްތަކަށެވެ.

އެމްއެޗްއޭގެ "ރިވޯޑްސް އެޕް" ތައާރަފުކޮށްފި

އެމްއެޗްއޭގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޕޮއިންޓު އެއްކޮށް، ވިޔަފާރީގެ ތަފުސީލުތައް ބަލައިލެވޭނެ "އެމްއެޗްއޭ ރިވޯޑްސް އެޕް" އިއްޔެ ވަނީ ތައާރަފުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭ އިނާޔަތްތަކާއި ހަރަދުތައް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، 2027 ވަނަ އަހަރުން ފެށިގެން ޕޮއިންޓު ހޯދުމަށް މި އެޕް ބޭނުންކުރުން މަޖުބޫރުވާނެއެވެ.

ތިންހުރާގައި ކަނޑުފަޅުގެ ދިރުންތައް އާލާކުރާ ފާމެއް ހަދަނީ

ދ. ތިންހުރާގައި ފާނަ، އިހި، ހުއިފިލަނޑު އަދި ކަނޑުފެހި އާލާކުރާ ފާމެއް ގާއިމުކުރުމަށް ހުށަހެޅީ މެގަޓަން ކުންފުނިން. އެ ކުންފުނީގެ ހުށަހެޅުމުގައި ވަނީ ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި އެއްގަމާއި ފަޅުތެރޭގައި ތަފާތު ވަސީލަތްތައް ގާއިމުކޮށް، އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓްކުރުމަށް.

ބޭނުންވާ ބަދިގޭގެ ޑިޒައިން ޝެއާކޮށްލައިގެން ގަވިންއިން ލިބިދާނެ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހުޅުވާލައިގެން، 75،000 ރުފިޔާގެ ބަދިގެއެއް ހޯދުމުގެ ފުރުސަތު "މަގޭ ބަދިގެ" ޕްރޮމޯޝަންގެ ދަށުން ގަވިން އިން ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އަމިއްލަ ބަދިގޭގެ ފޮޓޯ އާއި ބޭނުންވާ ޑިޒައިން ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހޭއިރު، ނަސީބުވެރިޔާ ހޮވާނީ އާންމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ތިމަރަފުށްޓާއި ފޮނަދޫގައި ސިޓީ ހޮޓާ އަޅަން ހުޅުވާލައިފި

ތ. ތިމަރަފުށްޓާއި ލ. ފޮނަދޫގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި، އެ ދެ ރަށުގައި ސިޓީ ހޮޓާ އަޅައި ހިންގާނެ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް.

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

Newsletter

Get the latest news delivered straight to your inbox