އެސްއޯއީތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ބިލެއް ހުށަހަޅައިފި

Nov 17, 2026, 4:31 PM
ޕީއެންސީގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް މުއިއްޒު އާއި އެ ޕާޓީގެ އިސްވެރިން: ޕާޓީގެ ހަރަކާތްތަކަށް ބައެއް މުވައްޒަފުން ނެރެނީ މަޖުބޫރުން ކަމަށް ޝަކުވާ އިވޭ -- ފޮޓޯ: އެމްއެމްޓީވީ

ޕީއެންސީގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް މުއިއްޒު އާއި އެ ޕާޓީގެ އިސްވެރިން: ޕާޓީގެ ހަރަކާތްތަކަށް ބައެއް މުވައްޒަފުން ނެރެނީ މަޖުބޫރުން ކަމަށް ޝަކުވާ އިވޭ -- ފޮޓޯ: އެމްއެމްޓީވީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަކި ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި މި ބިލުގެ މައިގަނޑު ބޭނުމަކީ، އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކުރުމެވެ.

މި ބިލުގައި ވަނީ ގާނޫނުއަސާސީގެ ދަށުން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ ހައްގެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީގެ ގާނޫނު ބުނާ ގޮތުން ޕާޓީއަކާ ގުޅެވޭނީ ވެސް އެ މީހަކު އަމިއްލައަށް އެދިގެން ކަމަށް ބަދަލުކުރަން ވަނީ ހިމަނާފަ އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރަނީ ސަރުކާރުން ކަމަށްވުމުން، މުވައްޒަފުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނަ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. ނަމަވެސް އެފަދަ އަމަލުތަކަކީ މިހާރު ކުށެއް ކަމުގައި ގާނޫނުގައި ކަނޑައަޅާފައި ނުވާކަން އެ ބިލުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މުވައްޒަފުންނަށް ސިޔާސީ ގޮތުން މަޖުބޫރުކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެކަމަށް އަދަބު ދޭން މި ބިލުން ވަނީ ހުށަހަޅައިފަ އެވެ.

މި އިސްލާހުގައިވާ ގޮތުން، ދައުލަތުގެ ކުންފުންޏެއްގެ މުވައްޒަފަކަށް ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް މަޖުބޫރުކޮށްގެން ނުވާނެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަށް އެއްވެސް މީހަކު ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް މަޖުބޫރުކުރުމަކީ މަނާ ކަމެކެވެ. މިފަދަ އަމަލެއް ހިންގުމަކީ ނުވަތަ އެކަމަށް އަމުރުކުރުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ.

މި އަމަލު ހިންގި ފަރާތަކީ ކުންފުނީގެ ބޯޑު މެންބަރަކަށް ނުވަތަ އިސް މަގާމެއްގައި ހުރި މީހަކަށް ވެއްޖެ ނަމަ އަދަބު ވަރަށް ބޮޑަށް ހަރުކަށިވާނެ އެވެ. އަދި ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދައްކައިގެން ނުވަތަ ވަޒީފާއިން ވަކިކޮށްގެން އެކަން ކޮށްފި ނަމަ އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން މުސާރަ އާއި ޕްރޮމޯޝަން ހިފެހެއްޓުމާއި މަގާމު ބަދަލުކުރުން ފަދަ ކަންކަމަށް ޝަރުތުކޮށް ނުފޫޒު ފޯރުވުމަކީ ވެސް މަޖުބޫރުކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅާފައި މި ފަހުން އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރަން ބޭއްވި ޖަލްސާ އާއި ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން ބާއްވާ ޖަލްސާއަށް ދާން މަޖުބޫރުކުރަމުންދާ ކަމުގެ ޝަކުވާތައް އިވެމުންދާ ދަނޑިވަޅެއްގަ އެވެ. މީގެ ކުރިން ވެސް ސަރުކާރުން ހާޒިރީ ނަގާ ގޮތަށް ޖަލްސާތަކާއި ޕާޓީގެ ހަރަކާތްތަކަށް މުވައްޒަފުން ނެރޭ ކަމުގެ ކަންބޮޑުވުން ބޮޑެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox