އެމްއައިބީއާއި އެލިއާ ގުޅިގެން 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ "އުޖާލާ ޕްރޮމޯޝަން" ފަށައިފި

Nov 25, 2026, 6:19 PM
އެމްއައިބީއާއި އެލިއާ ގުޅިގެން 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ "އުޖާލާ ޕްރޮމޯޝަން" ފަށައިފި

އެމްއައިބީއާއި އެލިއާ ގުޅިގެން 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ "އުޖާލާ ޕްރޮމޯޝަން" ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އެލިއާ ގުޅިގެން، އައުޓްބޯޑް އިންޖީނާއި ވޭވްރަނާ ގަންނަ ފަރާތްތަކަށް 18،000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"އެމްއައިބީ x އެލިއާ – އުޖާލާ ޕްރޮމޯޝަން" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް ތަކެތި ގަންނަ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހުޅުވާލި ފުރުސަތެކެވެ.

މި ޕްރޮމޯޝަންގެ ދަށުން އައުޓްބޯޑް އިންޖީނު ގަންނަ ފަރާތްތަކަށް ޑިސްކައުންޓް ކަނޑައަޅަނީ އިންޖީނުގެ ހޯސްޕަވަރާއި އިހުތިޔާރުކުރާ ރިގިން އެކްސެސަރީޒްތަކަށް ބަލައިގެންނެވެ. އަދި ވޭވްރަނާ ގަންނަ ފަރާތްތަކަށް ޑިސްކައުންޓް ލިބޭނީ އެ މީހަކު އިހުތިޔާރުކުރާ މޮޑެލްއަކަށް ބަލައިގެންނެވެ. މި ދެ ބާވަތުން ވެސް 18،000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެމްއައިބީން ބުނެ އެވެ.

ޕްރޮމޯޝަންގެ ދަށުން ލިބޭ ޑިސްކައުންޓްގެ އަދަދު، އެލިއާއިން ދޫކުރާ ފައިނަލް ކޯޓޭޝަން ނުވަތަ ޕްރޮފޯމާ އިންވޮއިސްގައި ބަޔާންކޮށްފައި އޮންނާނެ އެވެ. އަދި ކޯޓޭޝަން ލިބުމުން، އެމްއައިބީގެ "އުޖާލާ ނައު" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާ އެކު ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ކަމަށާއި، މިގޮތަށް ހުށަހަޅާ އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ ބޭންކުގެ އާންމު އުސޫލުތަކާއި ޝަރުތުތަކުގެ ދަށުން ކަމަށް ވެސް އެ ބޭންކުން މައުލޫމާތު ދެ އެވެ.

އެމްއައިބީން ބުނި ގޮތުގައި އެލިއާއާ ގުޅިގެން މިފަދަ ޕްރޮމޯޝަނެއް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ، އިސްލާމީ ޝަރީއާ ހުއްދަކުރާ ލުއިފަސޭހަ ފައިނޭންސިން ހައްލުތަކާ އެކު ހާއްސަ ޑިސްކައުންޓްތަކެއް ފޯރުކޮށްދީ، ކަސްޓަމަރުންނަށް ލިބޭ މަންފާ އިތުރުކޮށްދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެސެންޝިއާގެ ހުރިހާ ފްލޯރިންއަކުން 20 ޕަސެންޓު ޑިސްކައުންޓް

އެސެންޝިއާގެ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ދަށުން، އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ ފްލޯރިންއަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައެވެ. 2027 ޖެނުއަރީ 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނީ ނަގުދު ފައިސާއިން މުދާ ގަންނަ ފަރާތްތަކަށެވެ.

އެމްއެޗްއޭގެ "ރިވޯޑްސް އެޕް" ތައާރަފުކޮށްފި

އެމްއެޗްއޭގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޕޮއިންޓު އެއްކޮށް، ވިޔަފާރީގެ ތަފުސީލުތައް ބަލައިލެވޭނެ "އެމްއެޗްއޭ ރިވޯޑްސް އެޕް" އިއްޔެ ވަނީ ތައާރަފުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭ އިނާޔަތްތަކާއި ހަރަދުތައް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، 2027 ވަނަ އަހަރުން ފެށިގެން ޕޮއިންޓު ހޯދުމަށް މި އެޕް ބޭނުންކުރުން މަޖުބޫރުވާނެއެވެ.

ތިންހުރާގައި ކަނޑުފަޅުގެ ދިރުންތައް އާލާކުރާ ފާމެއް ހަދަނީ

ދ. ތިންހުރާގައި ފާނަ، އިހި، ހުއިފިލަނޑު އަދި ކަނޑުފެހި އާލާކުރާ ފާމެއް ގާއިމުކުރުމަށް ހުށަހެޅީ މެގަޓަން ކުންފުނިން. އެ ކުންފުނީގެ ހުށަހެޅުމުގައި ވަނީ ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި އެއްގަމާއި ފަޅުތެރޭގައި ތަފާތު ވަސީލަތްތައް ގާއިމުކޮށް، އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓްކުރުމަށް.

ބޭނުންވާ ބަދިގޭގެ ޑިޒައިން ޝެއާކޮށްލައިގެން ގަވިންއިން ލިބިދާނެ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހުޅުވާލައިގެން، 75،000 ރުފިޔާގެ ބަދިގެއެއް ހޯދުމުގެ ފުރުސަތު "މަގޭ ބަދިގެ" ޕްރޮމޯޝަންގެ ދަށުން ގަވިން އިން ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އަމިއްލަ ބަދިގޭގެ ފޮޓޯ އާއި ބޭނުންވާ ޑިޒައިން ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހޭއިރު، ނަސީބުވެރިޔާ ހޮވާނީ އާންމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ތިމަރަފުށްޓާއި ފޮނަދޫގައި ސިޓީ ހޮޓާ އަޅަން ހުޅުވާލައިފި

ތ. ތިމަރަފުށްޓާއި ލ. ފޮނަދޫގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި، އެ ދެ ރަށުގައި ސިޓީ ހޮޓާ އަޅައި ހިންގާނެ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް.

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

Newsletter

Get the latest news delivered straight to your inbox