ހަރަދު ކުޑަކުރަން އަންގާފައި ވަނިކޮށް އެޗްޑީސީން ސިޔާސީ ގޮތުން ގިނަ ބަޔަކަށް ޕްރޮމޯޝަން ދީފި

އެޗްޑީސީ: އެ ކުންފުނީގެ ނުވަ މުވައްޒަފަކަށް ބޮޑު މުސާރަ ލިބޭ ޕްރޮމޯޝަން ވަނީ ދީފައި

އެޗްޑީސީ: އެ ކުންފުނީގެ ނުވަ މުވައްޒަފަކަށް ބޮޑު މުސާރަ ލިބޭ ޕްރޮމޯޝަން ވަނީ ދީފައި

ހަރަދު ކުޑަކުރަން އަންގާފައިވަނިކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިޔާސީގޮތުން ގިނަ ބަޔަކަށް ޕްރޮމޯޝަން އިއްޔެ ދީފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި އެޗްޑީސީން ވަނީ ބޮޑު މުސާރަ ލިބޭ ގޮތަށް ޑިރެކްޓަރުންނާއި، ޑެޕިއުޓީ ޑިރެކްޓަރުން އަދި ޖެނެރަލް މެނޭޖަރުން ހިމެނޭހެން ނުވަ މުވައްޒަފަކު ވަނީ ޕްރޮމޯޓްކޮށްފަ އެވެ. 

ޕްރޮމޯޝަން ދިން މުވައްޒަފުންގެ ތަފްސީލް:

  • ހަސަން ޝަހީދު - ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ޑިރެކްޓަރު)
  • މުހައްމަދު ސައިފް އަބްދުﷲ - ސޭލްސް (ޑިރެކްޓަރު)
  • އަހްމަދު ސޮފްވާން - ރިއަލް އެސްޓޭޓް މެނޭޖްމަންޓް (ޑިރެކްޓަރު)
  • މަރިޔަމް އިއުތިޝާމް - ކޯސްޓް ޕްލޭނިން އެންޑް ކޮންޓްރެކްޓިން (ޑިރެކްޓަރު)
  • އަބްދުލް ސަލާމް - ކޮންޓްރެކްޓް މެނޭޖްމަންޓް (ޑިރެކްޓަރު)
  • އަލީ ވަޖީހު - ޕްރޮޖެކްޓް މެނޭޖްމަންޓް (ޑިރެކްޓަރު)
  • އަހްމަދު އަސްބާހް - އިންޓާނަލް އޮޑިޓް (ޑެޕިއުޓީ ޑިރެކްޓަރު)
  • ހުސައިން ޝާމިލް - ރިސްކް އެންޑް ކޮމްޕްލަޔަންސް (ޖެނެރަލް މެނޭޖަރު)
  • އިބްރާހިމް ޖިލާން - އާބަން ޕްލޭނިން (ޑެޕިއުޓީ ޑިރެކްޓަރު)

ހަނގުރާމަ މެދުކަނޑާލި ފަހުން ކުންފުނިތަކަށް ހަރަދު ކުޑަކުރަން އަންގައިފި

އިގުތިސޯދީ ފިއްތުންތަކާ ގުޅިގެން ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ޕީސީބީ އިން އެންގިއިރު، މީގެ ކުރިން ގިނަ އަދަދަކަށް މުވައްޒަފުން ނަގަމުން ދިޔަ.

ޕްރޮމޯޝަން ދިން މުވައްޒަފުންގެ ތެރެއިން ހުސައިން ޝަހީދަކީ ނިމިދިޔަ ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ ޔޫތު މޫވްމަންޓްގެ ނައިބު ރައީސަކަށް އިންތިހާބުވި މެންބަރެކެވެ. 

އެޗްޑީސީގައި ޑިރެކްޓަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 58،000ރ. ލިބޭއިރު، ޑެޕިއުޓީ ޑިރެކްޓަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 48،000ރ. ލިބެ އެވެ.  

އެޗްޑީސީގެ ބައެއް މުވައްޒަފުންނަށް ބޮޑު މުސާރަ ލިބޭ ޕްރޮމޯޝަން ދީފައި މިވަނީ އެސްއޯއީތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގާފައި ވަނިކޮށެވެ. 

މިދިޔަ އެޕްރީލް މަހު ޕީސީބީން އެސްއޯއީތަކަށް އެންގީ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މި ވަގުތަށް ހުއްޓާލުމާއި އަދި ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގަމެއްކަމުގައި ވީނަމަވެސް، ކުންފުނީގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން މަގާމުތަކަށް ނުނެގުމަށްވެސް އަންގާފައި ވަނިކޮށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox