އެޗްޑީސީގެ ސީއެފްއޯ ސާމިހު ވަކިކުރަން ބޯޑުން ނިންމައިފި

Sep 7, 2026, 4:41 PM
އެޗްޑީސީގެ ސީއެފްއޯ އަހުމަދު ސާމިހު: އޭނާ ވަކިކުރީ ސަރުކާރުން ބޭނުންވާ ދުވެލީގައި ކަންކަން ނުކުރެވޭތީ --- ގްރެފިކްސް: އަދަދު

އެޗްޑީސީގެ ސީއެފްއޯ އަހުމަދު ސާމިހު: އޭނާ ވަކިކުރީ ސަރުކާރުން ބޭނުންވާ ދުވެލީގައި ކަންކަން ނުކުރެވޭތީ --- ގްރެފިކްސް: އަދަދު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަހުމަދު ސާމިހު މަގާމުން ވަކިކުރަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާކަން އެނގިއްޖެ އެވެ. 

އަދަދު އަށް މައުލޫމާތު ދިން މީހުން ބުނި ގޮތުގައި ސާމިހު ވަކިކުރަން ކުންފުނީގެ ބޯޑުން ނިންމީ ޗެއާމަން ކަމުން އަހުމަދު ސަމީރު ވަކިކުރި ދުވަސް ކަމުގައިވާ، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގަ އެވެ. 

ސާމިހު ވަކިކުރަން ބޯޑުން ނިންމި ސީދާ ސަބަބު ކަށަވަރު ނުކުރެވުނު ކަމުގައި ވިޔަސް، މި ނޫހާ ވާހަކަ ދެއްކި މީހުން ބުނީ އެޗްޑީސީއާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކާ ގުޅޭ މައްސަލަތަކުގައި ސަރުކާރުގެ ހިތްހަމަނުޖެހުންތަކެއް ހުރި ކަމަަށެވެ. އޭގެ ތެރޭގައި ސަރުކާރުން ބޭނުންވާ ދުވެލީގައި ބައެއް ކަންކަން ނުނިމުން ހިމެނެ އެވެ. 

Advertisement

އެޗްޑީސީގެ ސީއެފްއޯގެ މަގާމާ ސާމިހު ހަވާލުވީ، މި ސަރުކާރުން އެ ކުންފުނި ހިންގަން ފުރަތަމަ ހަވާލުކުރި އިބްރާހިމް ފަޒުލް ރަޝީދު ވަކިކުރި ފަހުންނެވެ. ފަޒުލް މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ވަނީ، އޭނާ އެ މަގާމާ ހަވާލުވީއިރު ސީއެފްއޯއަކަށް ހުރި އަހުމަދު ޝާމަށް ޕްރެޝަރުކުރުވައިގެން އޭނާ އިސްތިއުފާ ދޭން މަޖުބޫރުކޮށްފަ އެވެ.

ޝާމްގެ ފަހުން އެޗްޑީސީގެ ސީއެފްއޯއަކަށް ނެގީ އަބްދުالله ފާއިދެވެ. ފަހުން އެނގުނު ގޮތުގައި ފާއިދަކި ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ ޝަރުތުތައް ވެސް ހަމަނުވާ މީހެކެވެ. އެކަމާ ގުޅިގެން އޭނާ ވަކިކުރަން އެންގި ކަމަށް ވެސް ވެ އެވެ. 

މިހެން ނަމަވެސް އޭނާ ވަކިނުކޮށް ހުރެފައި، ފަހުން އެ މަގާމުން ވަކިކުރީ  ފަޒުލްގެ މޭސްތިރިކަމުގެ ދަށުގައި ހިންގި ކަމަށް ތުހުމަތުކުރެވޭ ބިންވެރިޔާ ހިޔާނާތާއި އެޗްޑީސީގެ އެހެން މައްސަލަތައް ފަޅާއެރި ފަހުން، ދެން ހަވާލުވީ މެނޭޖުމަންޓުންނެވެ.

މި ސަރުކާރު އައި ފަހުން އެޗްޑީސީއަށް ހަތަރު ވަނަ ސީއެފްއޯއެއްގެ ބޭނުން ޖެހިފައިވާއިރު، ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު މިލްކިއްޔާތެއް އޮންނަ އެއް ކުންފުންޏަކީ އެޗްޑީސީ އެވެ. އެ ކުންފުނީގެ މިލްކުވެރިކަމުގައި ހުރި ބިންތަކުގެ ތެރޭގައި ހުޅުމާލެ އާއި ތިލަފުއްޓާއި ގުޅީފަޅުގެ އިތުރުން ކުޑަގިރި އާއި ފުށިދިއްގަރު ފަޅު ހިމެނެ އެވެ.

އެޗްޑީސީގެ 2024 ވަނަ އަހަރުގެ އޮޑިޓުން ދައްކާ ގޮތުގައި އެ ކުންފުނީގެ އިންވެންޓްރީގެ ގޮތުގައި ހުރި ބިމާއި ހިއްކަމުން އަންނަ ބިންތައް ހިމަނައިގެން، ބިންތަކުގެ އަގު ތިން ބިލިއަން ރުފިޔާއާ ގާތްކުރެ އެވެ. 

މިހެން ނަމަވެސް އެ ކުންފުންޏަކީ ގިނަ އަދަދެއްގެ ދަރަނިތަކެއް ހުރެފައި، ލިބެން ޖެހޭ ފައިސާތައް ނުލިބޭތީ މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ހުރި ކުންފުންޏެކެވެ. އެޗްޑީސީގެ ދަރަނިތައް 10 ބިލިއަން ރުފިޔާއާ ގާތްކުރާއިރު، ނުލިބިވާ އަދަދު 12 ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox