ރަސްމާލެ ޑީލަށް ހުރަސްއެޅި ކަމަށް ނާޒިމް ކުރެއްވި ތުހުމަތަށް ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނާޒިމް: ރަސްމާލެ ޑީލު ހުއްޓުވުމަށް އިންޑިއާއިން މަސައްކަތްކުރާ ކަމަށް ވިދާޅުވެ އޭނާ ވަނީ ސީރިއަސް ތުހުމަތުތަކެއް އެ ގައުމަށް އަމާޒުކުރައްވައިފައި -- ފޮޓޯ: ޕީއެސްއެމް

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނާޒިމް: ރަސްމާލެ ޑީލު ހުއްޓުވުމަށް އިންޑިއާއިން މަސައްކަތްކުރާ ކަމަށް ވިދާޅުވެ އޭނާ ވަނީ ސީރިއަސް ތުހުމަތުތަކެއް އެ ގައުމަށް އަމާޒުކުރައްވައިފައި -- ފޮޓޯ: ޕީއެސްއެމް

ބިދޭސީންނަށް ވަަޒަންވެރިވެވޭ ގޮތަށް ރަސްމާލޭގެ އެއްބައި އީގަލް ހިލްސްއަށް ދީގެން ސަރުކާރުން ހިންގަން މަސައްކަތް ކުރާ މަޝްރޫއު ހުއްޓުވުމަށް އިންޑިއާއިން މަސައްކަތްކުރާ ކަމަށް ވިދާޅުވެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކާ ގުޅިގެން ޖަވާބުދާރީވުމަށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް އަންގައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ނާޒިމް ދެއްކެވި ވާހަކަތަކާ ގުޅިގެން ޖަވާބުދާރީވުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ސިޓީ ފޮނުވީ އިންޑިއާގެ އެކްސާޓަނަލް އެފެއާޒް މިނިސްޓްރީންނެވެ. އިތުބާރު ހިފޭ މަސްދަރުތަކުން މި ނޫހަށް އެކަން ކަށަވަރުކޮށްދިނެވެ. ނަމަވެސް، ސިޓީގެ ތަފުސީލެއް އަދި ނޭނގެ އެވެ.

ރަސްމާލެ ޑީލު ހުއްޓުވުމަށް އިންޑިއާއިން މަސައްކަތް ކުރާކަމަށް ވިދާޅުވެ ނާޒިމް ވާހަކަދެއްކެވިކަން ހާމަވީ ރަސްމާލެ ދޫކޮށްލުގެ ފުރަތަމަ އެއްބަސްވުމުގައި ސެޕްޓެމްބަރު 21، ގައި ސޮއިކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި ބައެއް ދީނީ އިލްމުވެރިންނާއެކު ސެޕްޓެމްބަރު މަހު ފަހުކޮޅު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމުންނެވެ. ލީކުވި އޯޑިއޯ ސައްކަމަކަށް އިތުބާރު ހިފޭ މަސްދަރުތަކުން ވަނީ ކަށަވަރު ކުރެވިފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރަސްމާލެ ޑީލު ހުއްޓުވުމަށް މަސައްކަތް ކުރަނީ ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާއި އިންޑިއާއިން ކަމަށެވެ.

"މިކަމުގައި [ރަސްމާލެ ޑީލާ ދެކޮޅަށް] އުޅެނީ ދެ ބަޔަކުން. އެއީ އިންޑިއާ ސަރުކާރު އެއްބައި. އަނެއް ބަޔަކީ ޓޫރިޒަމް އިންޑަސްޓްރީ. ޓޫރިޒަމް އިންޑަސްޓްރީން މި ގަބޫލުކުރަނީ އެ މީހުންނަށް ބަރޯސާވުން ކުޑަވާނެއޭ،" އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ނާޒިމް ވަނީ އިންޑިއާއަށް ވަރަށް ބޮޑަަށް ފާޑުވިދާޅުވެ ވާހަކަދައްކަވައިފަ އެވެ. އެގޮތުން، ރަސްމާލެ އިންވެސްޓްމަންޓް ކާމިޔާބު ވެއްޖެނަމަ އިންޑިޔާގެ ދަރަނިން އެއްކޮށް ސަލާމަތްވެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ކަމަށް ނާޒިމް އެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އިންޑިއާއަށް ފާޑުވިދާޅުވަމުން ނާޒިމް ވިދާޅުވީ އެ ގައުމަށް ދައްކަން އޮތް 50 މިލިއަން ޑޮލަރު ފަސްކުރަން ދިވެހި ސަރުކާރުން އެދުމުން އެކަން ނުކޮށްދިން ކަމަށާއި އޭގެ ސަބަބުން ސަރުކާރުން އެ ފައިސާ ދައްކަން ޖެހުނުކަމަށެވެ.

ނިމިދިޔަ ކައުންސިލް އިންތިހާބަށް ބޯމަތިވެފައި އޮއްވައި އިންޑިއާއަށް ދައްކަން އޮތް 500 މިލިއަން ޑޮލަރު ދައްކަން އެ ގައުމުން މަޖުބޫރުކުރިކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. 

500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމާމެދު މުއިއްޒުގެ ހާސްކަމެއް ނެތް، އެކަމަކު ދައްކާނެ ގޮތެއް ވިދާޅެއް ނުވޭ!

ސުކޫކު ޕޭމަންޓް ދެއްކުމަށް ޕްލޭން ކޮށްގެން ކުރިއަށްގެންދާ މަސައްކަތް ކާމިޔާބުވަމުންދާ ކަމަށާއި އެ ޕޭމަންޓް ދެއްކުމަށް އެއްވެސް ކަންބޮޑުވާ ކަމެއް ނެތް ކަމަށް. ނަމަވެސް އެގޮތެއް ވިދާޅެއް ނުވި

ނަމަވެސް ސަރުކާރުން ދައްކަންޖެހޭ ދަރަނިތައް ރާއްޖެއިން ދެއްކުމާއެކު ކުރިއަށް އޮތް ދެ އަހަރު އިންޑިއާއަށް ދެން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އިންޑިއާއަށް ފަހުން ދައްކަން އޮތް ދަރަނިތައް އެބަހުރި ކަމަށާއި އެ ދަރަނިތަކުން ސަލާމަތްވާން ޖެހޭ ކަމަށެވެ. 

ނާޒިމް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެގެން ފުރަތަމަ އަހަރު ތެރޭގައި 50 މިލިއަން ޑޮލަރު ދަައްކަން ޖެހުމުން، އެ ދަރަނި ރޯލްއޯވާ ކުރަން އެދުމުން ޖަވާބެއް ނުދީ އެންމެ ފަހު ދުވަހާ ޖެހެންދެން ތިބި ތިބުމުން ވަރަށް ލަދުގަތް ކަމަށާއި އޭގެއިން ދޭހަކޮށްދިނީ ރާއްޖެ އިންްޑިއާ ކައިރީ ކުޑަވެފައި އޮތް މިންވަރު ކަމަށެވެ. 

"އަޅުގަނޑުމެން ޑީފޯލްޓްވުމުގެ ތުންފަތްމަތީގައި ތިބީ. އަޅުގަނޑުމެންނަށް އިންޑިއާ ސަރުކާރުން ހަމަ އެއްވެސް ޖަވާބެއް ނުދީ ތިބީ އެންމެ ފަހު ދުވަހާ ހަމައަށް އެނގޭތޯ. އަޅުގަނޑުމެން ދައުލަތެއްގެ ހައިސިއްޔަތުން، ދައުލަތުގެ ވެރިންގެ ހައިސިއްޔަތުން އަޅުގަނޑުމެެން ކުޑަވި މިންވަރު. އަޅުގަނޑުމެން އާދޭސް މިކުރަނީ ކާކު ކައިރީގައި،" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އާދޭސް މިކުރަނީ މިތާގައި ހުންނަ އިންޑިއާ އެމްބެސެޑަރު ކައިރީގައި. އަޅުގަނޑުމެން އާދޭސް މިކުރަނީ މިތާގައި ހުރި ކުޑަކުޑަ ބޭންކެއްގެ އެމްޕްލޮޔަރެއް ކައިރީގައި. އަޅުގަނޑުމެން މިއީ ދައުލަތުގެ ވެރިން. އަޅުގަނޑު ނެތިން ޑީޓެއިލްސްއަށް ދާކަށް. އެންމެ 50 މިލިއަން ޑޮލަރަކަށްޓަކާ އަޅުގަނޑުމެން ކުޑަވި މިންވަރު މިއީ." 

އަވައްޓެރި އިންޑިއާއަށް ސީރިއަސް ތުހުމަތުތަކެއްކުރައްވައި ނާޒިމް ދެއްކެވި ވާހަކައާ ގުޅިގެން ޖަވާބުދާރީވުމަށް އެ ގައުމުގެ ސަރުކާރުން އެދިފައިވާއިރު، މި ސަރުކާރުގެ ކުރީކޮޅު ވެސް އެ ގައުމާ ވަރަށް ބޮޑަށް ގުޅުން ގޯސްވި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ބުރޫ އަރައި ހުޅުގަނޑު ފަޅައިގެން ދިޔައީ މި ސަރުކާރު ޕްރޮމޯޓު ކުރުމުގައި މިހާރު މަސައްކަތްކުރާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް އަދި، މި ސަރުކާރަށް މިހާރު ފާޑުކިޔާ މަހްޒޫމް މާޖިދު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބަވައިގެން އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަ ކުރުމުންނެވެ.

އެ މައްސަލައިގައި އިންޑިއާގެ މަޝްހޫރު ފިލްމީތަރިންނާއި އިންޑިއާގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ރާއްޖެއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ވެސް ކުރި އެވެ.

ރާއްޖެ ނުގޮސް ލަކްޝަދީޕަށް ދާން ގޮވާލައި އިންޑިއާގެ ފިލްމް ސްޓާރުންގެ ކެމްޕޭނެއް

އިންޑިއާގެ އެންމެ މަޝްހޫރު ފިލްމް ސްޓާރުންގެ ތެރެއިން ބައެއް މީހުން އަންނަނީ ރާއްޖޭގެ ބަދަލުގައި ލަކްޝްދީޕަށް ދަތުރު ކުރުމަށް އިންޑިއާގެ ރައްޔިތުންނަށް ހިތްވަރު ދެމުންނެވެ. އެގޮތުން, 46 މިލިއަން ފޮލޮވަރުން ތިބި އަކްޝޭ ކުމާރު ވެސް ވަނީ ރާއްޖެއަށް ދަތުރު ނުކުރަން ގޮވާލާފަ އެވެ.

އެ މައްސަލަ ހޫނުވެފައި ވަނިކޮށް ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރަށްފަހު މާލެ ވަޑައިގެން، ޖެނުއަރީ 13، 2024 ގައި އިންޑިއާއަށް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ. އިންޑިއާގެ ނަން ވިދާޅުނުވެ، އެމަނިކުފާނު އެ ދުވަހު ވިދާޅުވީ އިންޑިއާއަކީ ދިވެހިރާއްޖެއަށް ބުލީކުރާ ގައުމެއް ކަމަށެވެ. އަދި، މިދިޔަ ސަރުކާރުގެ ވެރިންނަށް އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި އިށީނދެވެނީ ވެސް ވަކި ބައެއްގެ ރުހުން ހޯދައިގެންކަމަށް މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގައި، ދާދިފަހުން، ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ،" ރައީސް މުއިއްޒު އެދުވަހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ރާއްޖެއިން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެގޮތުން ކާބޯތަކެއްޗާއި ބޭހާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ސާމާނު އިންޑިއާއިން އިމްޕޯޓް ކުރުން ހުއްޓާލުމަށް ރާއްވަވާފައި އޮތް ކަމަށް ރައީސް އެ ދުވަހު ހާމަ ކުރެއްވި އެވެ.

"ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ކަލޭމެންނަށް އަހަރުމެން ބުލީ ކުރުމުގެ ހައްގެއް ނުލިބޭ،" އެ ދުވަހު ރައީސް ވިދާޅުވި އެވެ.

ނަމަވެސް، އޭގެ ފަހުން، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، އެކި ގޮތްގޮތުން ރާއްޖެއަށް ދަތިވާން ފެށުމުން މި ސަރުކާރުން ވަނީ އިންޑިއާ އާއެކު އޮތް ގުޅުން ބަދަހިކުރަން މަސައްކަތްކޮށްފަ އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެސް ޒަމާންތަކެއްވަންދެން ދިވެހިރާއްޖެއާ އެންމެ ގާތް ގުޅުމެއް ބާއްވަމުން އައި އިންޑިއާއާ ދެކޮޅު ކެމްޕޭނަކަށްފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ކަރުދާހެއް ހުށަހަޅައިފި

ވަކި އުމުރުފުރާއެއްގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ދިރާސާ ކަރުދާހެއް ސޯޝަލް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ ސޯޝަލް މީޑިއާ މުޅިން މަނާކުރުމުގެ ވިސްނުމެއް ނެތް ނަމަވެސް، 16 އަހަރުން ދަށުގެ ކުދިންނަށް ބައެއް ހުރަސްތައް ކުރިމަތިކުރުމަށް ޓެކްނިކަލް ޓީމުން ލަފާދީފައިވާ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox