ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

އެމްޓީސީސީއާ 22 މަޝްރޫއެއްގެ މަސައްކަތް ހަވާލުކުރުން

އެމްޓީސީސީއާ 22 މަޝްރޫއެއްގެ މަސައްކަތް ހަވާލުކުރުން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ. 

މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި މަގު ހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު ހެދުމުގެ އިތުރުން މޫދަށް އެރޭ ސަރަހައްދު ތަރައްގީގުކުރުން ހިމެނެ އެވެ. 

Advertisement

މަގު ހެދުމުގެ މަޝްރޫއުތައް:

  1. އދ. ހަންޏާމީދޫ: 1.57ކިލޯމީޓަރުގެ މަގުހެދުމާއި (ވެލިމަގު)، ފެންހިންދާ ނިޒާމް ގާއިމުކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތި ޖެހުން (މުއްދަތު: 450 ދުވަސް)
  2. ބ. ކަމަދޫ: 3.79 ކިލޯމީޓަރުގެ ވެލިމަގު ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 540 ދުވަސް).
  3. ކ. މާފުށި: 2.29 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 780 ދުވަސް).
  4. ނ. މާޅެންދޫ: 2.075 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 630 ދުވަސް).
  5. ރ. އަނގޮޅިތީމު: 3.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 720 ދުވަސް).
  6. ރ. ވާދޫ: 2.2 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން. (މުއްދަތު: 630 ދުވަސް)
  7. ށ. ކޮމަންޑޫ: 2.7 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 450 ދުވަސް).
  8. ތ. ވަންދޫ: 2.4 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 720 ދުވަސް).

ގޮނޑުދޮށް ހިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުން:

  1. އއ. މާޅޮސް: މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، ވެލިން ގޮނޑުދޮށް މުއްސަނދިކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ، ގްރޮއިންސް އަދި އިރުމަތީ ފަރާތުގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން (މުއްދަތު: 360 ދުވަސް).
  2. ހއ. ތުރާކުނު: ބޮޑުހިލައިގެ ބްރޭކްވޯޓާ، ގްރޮއިން އަދި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން (މުއްދަތު: 360 ދުވަސް).
  3. ހއ. ވަށަފަރު: ރިވެޓްމަންޓް، ބޭރުތޮށި އަދި ގްރޮއިން ޖެހުން (މުއްދަތު: 360 ދުވަސް).
  4. ނ. މިލަދޫ: ރިވެޓްމަންޓް ޖެހުމާއި ބޭރުތޮށިލުން (މުއްދަތު: 450 ދުވަސް).
  5. ރ. ފައިނު: މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ އެޅުމާއި، ވެލި އެޅުމުގެ އިތުރުން ގްރޮއިން ޖެހުން (މުއްދަތު: 150 ދުވަސް).

ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުން:

  1. ކ. ތުލުސްދޫ: އެއްގަމުތޮށި ލުމާއި، ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ފަޅު ފުންކުރުން އަދި ކޮންކްރީޓް ބްރިޖް އެޅުން (މުއްދަތު: 360 ދުވަސް).
  2. ނ. ހޮޅުމީދޫ: އެއްގަމުތޮށި ލުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ އަދި ރިވެޓްމަންޓް ޖެހުމާއި، ފަޅު ފުންކުރުން އަދި ކޮންކްރީޓް ބްރިޖް އެޅުން (މުއްދަތު: 360 ދުވަސް).
  3. ތ. ކަނޑޫދޫ: މިހާރުގެ ބަނދަރާއި ނެރު ފުންކުރުން، އުތުރު ފަރާތުގެ ނެރު ފުންކުރުން އަދި ދެކުނު ފަރާތުގެ ނެރުފައިކަށި ދިގުކުރުން (މުއްދަތު: 360 ދުވަސް).
  4. ގއ. ކަނޑުހުޅުދޫ: ބައު ބަނދަރާއި އައު ބަނދަރު އަދި ނެރު ފުންކުރުން، އެއްގަމުތޮށި ލުން، މޫރިންގ ބޯއީ، ބްރިޖް، ޑިންގީ ޖެޓީ، ސޭންޑްފިލް އަދި ސަބްމާޖްޑް ބްރޭކްވޯޓާ، ނެރުފައިކަށި، ރިވެޓްމަންޓް އަދި ބަނދަރާއި ނެރު ބައްތި ހަރުކުރުން (މުއްދަތު: 480 ދުވަސް).
  5. ގއ. ނިލަންދޫ: ބައު ބަނދަރާއި ނެރު އަދި އައު ބަނދަރު ފުންކުރުން، ސޭންޑްފިލް އަދި ސަބްމާޖްޑް ބްރޭކްވޯޓާ، ރިވެޓްމަންޓާއި ގްރޮއިން ޖެހުން، އެއްގަމުތޮށި ލުން، ރޭމްޕާއި ބްރިޖް، ޑިންގީ ޖެޓީ އަދި ބައްތި ހަރުކުރުން (މުއްދަތު: 720 ދުވަސް).
  6. ތ. ވިލުފުށި: ބަނދަރާއި ނެރު ފުންކުރުން، ނެގޭ ވެލިން އުތުރު ފަރާތް ބެކްފިލްކުރުން، އެއްގަމުތޮށި ލުން، ބޮޑުހިލައިގެ ބްރޭކްވޯޓާ، ސޭންޑްފިލްޑް ރިވެޓްމަންޓް، މޫރިންގ ބޯއީސް، ރޭމްޕާއި ބްރިޖް، ގްރޮއިންސް އަދި ބަނދަރާއި ނެރު ބައްތި ހަރުކުރުން (މުއްދަތު: 600 ދުވަސް).

މީގެއިތުރުން ހދ. ވައިކަރަދޫ ސްލިޕްވޭއަކާއި މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުމަށްވެސް އެމްތިސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން އޮޑިދޯނިފަހަރު އެހެލާ ސަރަހައްދަކާއި މޫދަށް އެރޭ ސަރަހައްދެއް ހަދައި، އެ ދެ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރާނެ އެވެ. 

މީގެއިތުރުން ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުމާއި، ގޮނޑުދޮށަށް ވެލިއަޅައި މުއްސަނދިކުރުމުގެ އިތުރުން ވެލިގަނޑު ހިފެހެއްޓުމަށް ގްރޮއިން ޖެހުމުގެ މަސައްކަތާއެކު މުޅި މަޝްރޫއު 330 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޓީސީސީއާ ދެން ހަވާލުކުރީ ފުވައްމުލައް ސިޓީގައި 900 ދުވަހުގެ ތެރޭގައި ކޮމާޝަލް ޔުނިޓްތަކާއި، ޑޭކެއާ ސެންޓަރެއް އަދި އިވެންޓް ހޯލަކާއެކު ނުވަ ފަންގިފިލާގެ މަލްޓި ޕާޕަސް އޮފީސް އިމާރާތެއް އެޅުމެވެ. 

މި ސަރުކާރުން ވެރިކަމަށް އައި ފަހުން އެމްޓީސީސީއާ ގިނަ މަޝްރޫއުތަކެއް ހަވާލުކުރެވިފައިވާއިރު، އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފަ އެވެ. އަދި މަޝްރޫއުތައް ކަނޑައެޅިފައިވާ ޓައިމްލައިނަށް ނުނިންމޭކަންވެސް ފާހަގަކުރެވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox