ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ސޯޝަލް ކައުންސިލަށް ކަރުދާހެއް ހުށަހަޅައިފި

ހޯމް މިނިސްޓަރު އަލީ އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން

ވަކި އުމުރުފުރާއެއްގެ ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމަށް ރާއްޖެއިން އެޅިދާނެ ފިޔަވަޅުތައް ދިރާސާކުރުމަށްފަހު، ވަޒީރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ސޯޝަލް ކައުންސިލަށް ކަރުދާހެއް ހުށަހަޅާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ހޯމް މިނިސްޓްރީން ކަރުދާހެއް ފޮނުވާފައިވާ ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ކެބިނެޓުގައި އެފަދަ ހިޔާލެއް ވެސް އައިސްފައި ނުވާ ކަމަށެވެ.

"16 އަހަރުން ދަށުގެ ކުދިންނަށް ބައެއް ކަހަލަ "ރިސްޓްރިކްޝަންސް" ގެންނަން މިހާތަނަށް ޓެކްނިކަލް ޓީމުން އެބަވޭ ލަފައެއް ދީފައި. އެހެންނަމަވެސް އަޅުގަނޑުމެން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދާނަން މުޅި "ޕްރޮސެސް" ފައިނަލް ކުރުމުގެ ކުރިން، ކެބިންޓް "ރިކޮމެންޑޭޝަނާއި" ގާނޫނަށް އިސްލާހެއް ގެނައުމުގެ ކުރިން،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ, މިކަމުގެ ހަގީގަތް ހާމަކުރައްވަން ޖެހިވަޑައިގަތީ، ރާއްޖޭގައި ކަން ހިނގާ އުސޫލުން ދޮގު ވާހަކަތައް ފެތުރުމުގެ ބޭނުމުގައި، ސޯޝަލް މީޑިއާ ބޭން ކުރުމަށް ހޯމް މިނިސްޓްރީން ކަރުދާހެއް ފޮނުވާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަބަރު ފަތުރާފައިވާތީ ކަމަށެވެ.

"ހަގީގަތަކީ، ވަކި އުމުރުފުރާއެއްގެ ދަށުގެ ކުޑަކުދިން ރައްކާތެރިކުރުމަށް އެ ކުދިންނަށް ސޯޝަލް މީޑިއާގެ މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމަށް ރާއްޖެއިން އެޅިދާނެ ފިޔަވަޅުތަކާ ދިރާސާކޮށްފައި ސޯޝަލް ކައުންސިލްގައި ހިމެނޭ ވަޒީރުންގެ ޚިޔާލާއި މަޝްވަރާ ހޯދައި އެ ކައުންސިލަށް ރަޖިސްޓަރ ކުރުމަށް އަޅުގަނޑުމެން މި ފޮނުވާލީ ޕޭޕަރެއް. އެއްވެސް ހާލެއްގައި ކެބިނެޓުގައި ސޯޝަލް މީޑިއާ ބޭން ކުރުމުގެ ވާހަކައެއް ހިޔާލެއްވެސް ނާދޭ،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ, އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ އޮސްޓްރޭލިއާގައި އޮންނަ ގޮތަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ އެކައުންޓުތައް ނުހެދޭ ގޮތަށް ހަމަޖައްސަން ކަމަށެވެ.

"ކަމާގުޅޭ ގާނޫނުތަކާއި ކުރަން ޖެހޭ އެހެނިހެން ކަންކަން ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސޯޝަލް މީޑިއާ ކަނޑައެޅޭ ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ޒުވާނުންނަށް ބޭނުން ނުކުރެވޭ ގޮތަށް ކަނޑައެޅުމަށްޓަކައި ފިޔަވަޅުތައް އަޅަން ގަސްދުކުރަން،" މިއަހަރުގެ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.

މިގޮތުން މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި އެކަމާ ބެހޭ ގާނޫނަކާއި ގަވާއިދުތައް ހަދައި އެކަންކަން ތަންފީޒު ކުރަން ފެށުން ކަމަށެވެ.

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox