ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ 10 އަހަރު ތެރޭގައި އައިޖީއެމްއެޗުން ސަލާމަތްކޮށްފި

އައިޖީއެމްއެޗްގެ އެންއައިސީޔޫ:- ފޮޓޯ: އަދަދު ފައިލް

އައިޖީއެމްއެޗްގެ އެންއައިސީޔޫ:- ފޮޓޯ: އަދަދު ފައިލް

ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މާބަނޑުވުމުގެ 23 ހަފުތާ އާއި 26 ހަފުތާއާ ދެމެދު, ދުވަސްނުފުރާ އުފަންވި 41 ކުދިންނަށް އައިޖީއެމްއެޗްގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި ފަރުވާދީ ފުރާނަ ސަލާމަތްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ދުނިޔޭގެ ދުވަސްނުފުރާ އުފަންވާ ކުދިންގެ ދުވަހާ (ވޯލްޑް ޕްރީމެޗުރިޓީ ޑޭ 2026) ގުޅިގެން އައިޖީއެމްއެޗުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2017 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރުގެ ނިޔަލަށް ސަލާމަތްކުރެވުނު މި 41 ކުދިންގެ ތެރެއިން 68 އިންސައްތައަކީ 25 ހަފުތާ އާއި 26 ހަފުތާއާ ދެމެދު އުފަންވި ކުދިން ނެވެ.

އެގޮތުން 26 ހަފުތާގައި އުފަންވި 16 ކުދިންނާއި، 25 ހަފުތާގައި އުފަންވި 12 ކުދިންގެ އިތުރުން 24 ހަފުތާގައި އުފަންވި 10 ކުދިންނާއި 23 ހަފުތާގައި އުފަންވި ތިން ކުދިން ހިމެނެ އެވެ.

އަހަރުތަކަށް ބަހާލައިގެން އެ ހޮސްޕިޓަލުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 2017 ވަނަ އަހަރު ފަސް ކުދިން، 2018 ވަނަ އަހަރު ހަތް ކުދިން އަދި 2019 ވަނަ އަހަރު އެއް ކުއްޖަކު ވަނީ އެންއައިސީޔޫގެ ފަރުވާއަށްފަހު ސަލާމަތްވެ ދޫކޮށްލާފަ އެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރާ ދެމެދު މިފަދަ 28 ކުދިންނަށް ވަނީ ކާމިޔާބުކަމާއެކު އެ ހޮސްޕިޓަލުން ފަރުވާދީފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އައިޖީއެމްއެޗުން ފަރުވާދީ ސަލާމަތްކުރި އެންމެ ދުވަސްނުފުރާ ކުއްޖާއަކީ 2017 ވަނަ އަހަރު މާބަނޑުވިތާ 23 ހަފުތާގައި 630 ގްރާމާއެކު އުފަންވި ކުއްޖެކެވެ. އަދި އެންމެ ބަރުދަން ލުއިކޮށް އުފަންވެ ސަލާމަތްކުރެވުނު ކުއްޖާއަކީ 2020 ވަނަ އަހަރު 25 ހަފުތާގައި އެންމެ 500 ގްރާމާއެކު އުފަންވި ކުއްޖެ ކެވެ.

އައިޖީއެމްއެޗުން ފާހަގަކުރި ގޮތުގައި، ދުވަސްނުފުރާ އުފަންވާ ކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ އިތުރުން އެ ކުދިން ހެދިބޮޑުވެ ތަރައްގީވުމަށްޓަކައި އިންފެކްޝަންތަކުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޑިވެލޮޕްމަންޓަލް ކެއާގެ އިތުރުން ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ވެސް ގަވާއިދުން ފޮލޯއަޕް ހެދުމަކީ ނުހަނު މުހިންމު ކަންކަމެވެ.

ދުނިޔޭގެ ދުވަސް ނުފުރާ ވިހާ ކުދިންގެ ދުވަސް ފެށުނީ 2008 ވަނަ އަހަރު ޔޫރަޕްގެ ބެލެނިވެރިންގެ ޖަމްއިއްޔާތަކަކުން އިސްނަގައިގެން، ދުވަސް ނުފުރާ ވިހާ ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox