އެކްސްކްލޫސިވް: އިންޑިއާއަށް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން ސަރުކާރުން އެދުނު

މޯދީ ރާއްޖެއަށް ވަޑައިގެން މުއިއްޒުއާ ސަލާމްކުރައްވަނީ: ދެ ގައުމުގެ

މޯދީ ރާއްޖެއަށް ވަޑައިގެން މުއިއްޒުއާ ސަލާމްކުރައްވަނީ: ދެ ގައުމުގެ

ކުރީ ސަރުކާރުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަަށް ވިއްކާފައިވާ 150 މިލިއަން ޑޮލަރުގެ ޓީބިލުތަކަށް ދައްކަން ޖެހޭ ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދުނު ކަން، އިންޑިއާގެ އޮފިޝަލުން އަދަދު ނޫހަށް ކަށަވަރުކޮށްދީފި އެވެ. 

މި މައްސަލައިގެ ގޮތުން ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދިން އިންޑިއާގެ މަސްދަރުތަކުން ބުނި ގޮތުގައި، އެ ދަރަނި ރޯލްއޯވާކޮށްދޭން ދިވެހި ސަރުކާރުން އެދުނު ކަމަށެވެ. އިންޑިއާއިން ދިން ޖަވާބުގައި، ވަކި ސަބަބެއް ނުބުނެ، އެ ގައުމުގެ ސަރުކާރުން ވަނީ މި ފަހަރު އެ ދަރަނި ރޯލްއޯވާ ކުރެވެން ނެތް ކަން ދިވެހި ސަރުކާރަށް އަންގާފަ އެވެ. 

މީގެ ކުރިން އިންޑިއާ ސަރުކާރުން ވަނީ ކުރީ ސަރުކާރަށް ތިން އަހަަރު ވަންދެން، އަދި މި ސަރުކާރަށް ވެސް މި ދަރަނި ރޯލްއޯވާކޮށްދީފަ އެވެ. މި މުއްދަތުގެ ތެރޭގައި އިންޓްރެސްޓުގެ ގޮތުގައި އެރި 45 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ ސަރުކާރުންނެވެ.

Advertisement

އެސްބީއައިގެ ދަރަންޏަކީ އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި، އިންޑިއާ ސަރުކާރުގެ މެދުވެރިވެގެން، އެކި ބައިބަޔަށް (ޓްރާންޗުތަަކަށް) އެ ބޭންކަށް ވިއްކި 200 މިލިއަން ޑޮލަރުގެ ޓީބިލުތަކުގެ ދަރަންޏެވެ. އިންޑިއާ ސަރުކާރުން ވަނީ 2020 އިން 2023 އަށް ހިނގި ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭން އެއްވެސް އަގެއް ނުދައްކާ ގޮތަށް މި ދަރަނި ރޯލްއޯވާކޮށްދީފަ އެވެ. 

ނަމަވެސް، މި ސަރުކާރުން ވަނީ ވެރިކަމާ ހަވާލުވުމަށް ފަހު، ޖެނުއަރީ 2024 ގައި އޭރު މެޗުއާ ވާން އޮތް 50 މިލިއަން ޑޮލަރުގެ ޓްރާންޗަށް ފައިސާ ދައްކާ، މި ދަރަނި 150 މިލިއަން ޑޮލަރަށް މަދުކޮށްފަ އެވެ. އެ ފަހަރު ފައިސާ ދެއްކި ނަމަވެސް، އެ އަހަރުގެ މެއިގައި ދައްކަން އޮތް ފައިސާ ދެއްކުން ފަސްކޮށްދިނުމަށާއި އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ހިލޭ އެހީއަށް ބަދަލުކޮށްދޭން އެދުނެވެ. 

ދިވެހި ސަރުކާރުގެ އެދުމަށް އިޖާބަދީ އިންޑިއާއިން ވަނީ 50 މިލިއަން ޑޮލަރު ހިލޭ އެހީއަށް ބަދަލުކޮށްދީ، 2024 ވަނަ އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ރޯލްއޯވާކޮށްދީފަ އެވެ. މި ސަރުކާރުން އެދިގެން ރޯލްއޯވާކޮށްދިން މުއްދަތުގެ ތެރޭގައި ވެސް އިންޓްރެސްޓު ދެއްކީ އިންޑިއާ ސަރުކާރުންނެވެ. 

އެސްބީއައިއަށް ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮަލަރު ދެއްކީ މި އަހަރުގެ މެއި މަހުގަ އެވެ. އަދި، އެންމެ ފަހުން ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކީ ނިމުނު ހަފުތާގެ ތެރޭގަ އެވެ.

މި ދަރަނި ދެއްކުމަށް ފަހު ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ މިއީ އެސްޑީއެފް ގައި ހުރި ފައިސާ ބޭނުންކޮށްގެން ދުރާލާ ތައްޔާރުވެގެން ދެއްކި ފައިސާއެއް ކަމަށް ބުނެފަ އެވެ. އެހެން ބުނި ނަމަވެސް މިހާރު ލިބުން ހުރި މައުލޫމާތުން އެނގެނީ ދިވެހި ސަރުކާރުން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ތިބީ ދަރަނި ނުދައްކާ ވާނެ ގޮތެއް ވޭތޯ އުއްމީދުކޮށްގެން ކަމެވެ. 

މި ސަރުކާރުގެ ދައުރުުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވުމުގެ ހާލަތަށް ނުވެއްޓި، ހަަމަޖެހެވުނު ސަބަބުތަކުގެ ތެރޭގައި އިންޑިއާ ސަރުކާރުން ލިބުނު އެހީތެރިކަން ފާހަގަކޮށްލެވެ އެވެ. ޓީބިލުތައް ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން އިންޑިއާއިން ވަނީ 2024 ގައި ރިޒާވުގެ ހާލަތު އެންމެ ގޯސްވިއިރު، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖައްސައިދީފަ އެވެ. މި ސްވޮޕުގެ މުއްދަތު ހަމަވުމުން އެ ގައުމުން ވަނީ 312.7 މިލިއަން ޑޮލަރުގައި އަގު ކުރެވޭ 30 ބިލިއަން ރުޕީސްގެ އެހެން ފެސިލިޓީ ދޫކޮށްފަ އެވެ. 

މިހާރު ވެސް ގްރޮސް ރިޒާވު ގުނަމުން ދަނީ ރުޕީސް ފެސިލިޓީން ނަގާފައިވާ ޑޮލަރުތައް ހިމަނައިގެންނެވެ. އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު، ޖުމްލަ ރިޒާވުގައި ހުރީ 643.8 މިލިއަން ޑޮލަރެވެ. މި އަދަދުތަކުން ހިސާބުކުރާއިރު، ރިޒާވުގެ 48 ޕަސެންޓަކީ މި ފެސިލިޓީގެ ފައިސާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox