ރާއްޖެ ނުގޮސް ލަކްޝަދީޕަށް ދާން ގޮވާލައި އިންޑިއާގެ ފިލްމް ސްޓާރުންގެ ކެމްޕޭނެއް

ރާއްޖެ ނުގޮސް ލަކްޝަދީޕަށް ދާން ގޮވާލައި އިންޑިއާގެ ފިލްމް ސްޓާރުންގެ ކެމްޕޭނެއް

ރާއްޖެއަށް ޒިޔާރާތް ކުރުމުގެ ބަދަލުގައި އިންޑިއާގެ ލަކްޝަދީޕަށް ދިޔުމަށް ގޮވާލައި އެ ގައުމުގެ މަޝްހޫރު ފިލްމް ސްޓާރުން އިންތިޒާމުވެގެން ވަރުގަދަ ކެމްޕޭނެއް ފަށައިފި އެވެ.

އެކްސްގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިންޑިއާގެ ބައެއް ރައްޔިތުންނާއި ޓްރޯލް އެކައުންޓްތަކުގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް އަންނަނީ ބަދަލުކުރަމުންނެވެ. މިިކަމެއް ފެށުނީ ލަކްޝްދީޕުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މޯދީ އާންމުކުރެއްވި ވީޑިއޯއަކާ އެކު އެވެ.

އެއަށްފަހު, އިންޑިއާގެ ޕޮލިޓިކަލް ކޮމެންޓްރީ ގެނެސްދޭ އެކައުންޓަކުން މޯދީގެ މި ވީޑިއޯ ސިފަކޮށްފައި ވަނީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ހުރަހެއްގެ ގޮތުގަ އެވެ. އަދި, މިހާރު ރާއްޖޭގައި އޮތް ސަރުކާރަކީ "ޗައިނާގެ ޕަޕެޓް ސަރުކާރެއް" ކަމަށާއި އެ ވީޑިއޯގެ ސަބަބުން ލަކްޝަދީޕަށް ޓޫރިސްޓުން އަންނަ ވަރު އިތުރުވާނެ ކަމަށް "މިސްޓާ ސިންހާ" ނަމަކަށް ކިޔާ އެކައުންޓުން ބުނެފައިވެ އެވެ.

އެއާއެކު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އޮފިޝަލުން ވަނީ ސަރުކާރުގެ ދިފާއުގައި އެކްސްގައި ރައްދު ދީފަ އެވެ. އެކްސްގައި ވެރިފައިކޮށްފައި ހުރި ސަރުކާރުގެ އިސް އޮފިޝަލުންގެ އެކައުންޓުތައް މެދުވެރިކޮށް ބައެއް ބޭފުޅުން ވަނީ މޯދީއަށް މަލާމާތްކޮށް ހުތުރު ބަހުން މުހާތަބު ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ހިމެނެ އެވެ.

އެކަމަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާގެ އެންމެ މަޝްހޫރު ފިލްމް ސްޓާރުންގެ ތެރެއިން ބައެއް މީހުން އަންނަނީ ރާއްޖޭގެ ބަދަލުގައި ލަކްޝްދީޕަށް ދަތުރު ކުރުމަށް އިންޑިއާގެ ރައްޔިތުންނަށް ހިތްވަރު ދެމުންނެވެ. އެގޮތުން, 46 މިލިއަން ފޮލޮވަރުން ތިބި އަކްޝޭ ކުމާރު ވެސް ވަނީ ރާއްޖެއަށް ދަތުރު ނުކުރުމަށް އޭނާގެ ސަޕޯޓަރުންނަށް އިލްތިމާސް ކޮށްފަ އެވެ.

"އިންޑިޔާ މީހުންނާ މެދު ނަފްރަތު އުފެދޭ އަދި ނަސްލީ ތަފާތު ކުރާ ފަދަ ކޮމެންޓުތައް ރާއްޖޭގެ ޕަބްލިކް ފިގާސް [އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން] ގެ ފަރާތުން ވަނީ ފެނިފައި. އެންމެ ގިނައިން ޓޫރިސްޓުން ފޮނުވާ ގައުމަކަށް އެމީހުން މިކަން ކުރާތީ ހައިރާންވާ ކަމެއް. އަހަރުމެންނަކީ އަވަށްޓެރިންނަށް ރަނގަޅު ބައެއް. އަހަރުމެން ކީއްވެ ނަފްރަތަށް ދީލާލާންވީ," އަކްޝޭ ޓްވިޓާގައި ލިޔެފައިވެ އެވެ.

އޭނާގެ އިތުރުން ސަލްމާން ހާން ވެސް ވަނި އޭނާގެ 45 މިލިއަން ފޮލޮވަރުންނަށް ލަކްޝްދީޕުގައި މޯދީގެ ނެގި ފޮޓޯތަކަށް ތައުރީފުކޮށް އެތަންތަނަށް ޒިޔާރާތް ކުރުމަށް ހިތްވަރު ދީފަ އެވެ.

މި ފިލްމް ސްޓާރުންގެ އިތުރުން ޖޯން އަބްރަހަމް އާއި ޝްރައްދާ ކަޕޫރު ވެސް ވަނީ އިންޑިއާގެ ރަށްތަކަށް ދަތުރުކުރުމަށް އެދިފަ އެވެ. އޭގެ އިތުރުން ޓައިގާ ޝްރޮފް އާއި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކަރު ވެސް އެކްސްގައި ޕޯސްޓު ކޮށްފައިވެ އެވެ.

މި ޕޯސްޓްތަކާ އެކު އެ މީހުން ބޭނުން ކުރަމުންދަނީ "އެކްސްޕްލޯ އިންޑިއަން އައިލެންޑްސް" ހޭޝްޓެގެވެ. މި ހޭޝްޓެގް އަންނަނީ އެކްސްގައި ޓްރެންޑް ވަމުންނެވެ. އަދި މިހާރު އިންޑިއާގައި ޓްރެންޑު ވަމުން އަންނަ ގިނަ މައުލޫތަކަކީ ރާއްޖެއާ ގުޅުން ހުރި މައުލޫތައް ކަމަށް އެކްސްއިން ދައްކަ އެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ބެލެވޭ ގޮތުގައި މިއީ އިންޑިއާއިން ރޭވިގެން ހިންގާ ވަރުގަދަ ކެމްޕޭނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox