ދިވެހި ލީޑަރުން ބިނާކުރުމަށް ވިލާ ކޮލެޖާއި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާރޕް) ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް ތަޢާރަފް ކުރަނީ

Nov 19, 2026, 2:22 PM
ދިވެހި ލީޑަރުން ބިނާކުރުމަށް ވިލާ ކޮލެޖާއި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާރޕް) ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް ތަޢާރަފް ކުރަނީ

ދިވެހި ލީޑަރުން ބިނާކުރުމަށް ވިލާ ކޮލެޖާއި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާރޕް) ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް ތަޢާރަފް ކުރަނީ

ވިލާ ކޮލެޖާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) ގުޅިގެން، ވަޒީފާ އަދާކުރާ ފަރާތްތަކަށް ހާއްސަ މެންޓާޝިޕް ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ސީނިއާ މެނޭޖްމަންޓާއި ސްޓްރެޓެޖިކް ނިންމުންތައް ނިންމާ މަގާމުތަކަށާއި، ލީޑާޝިޕްގެ މަގާމުތަކަށް މީހުން ތައްޔާރުކުރުމެވެ. އަދި ވަޒީފާގެ މައިދާނުގައި ކުރިއަށް ދިއުމަށް ހަލުވި އާ ފުރުސަތުތަކެއް ހުޅުވާލުމެވެ.

"މެންޓާޝިޕް ޕްރޮގްރާމް ފޯ ވާކިން ޕްރޮފެޝަނަލްސް" ގެ ނަމުގައި ފަށާ މި ޕްރޮގްރާމް ރަސްމީކޮށް ތައާރަފުކުރީ މި މަހުގެ 16 ވަނަ ދުވަހު ވިލާ ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ޕްރޮގްރާމުގެ ދަށުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ކުރިއަރަމުން އަންނަ ޒުވާނުން ގުޅުވައިދީ، ކަނޑައެޅިފައިވާ އަމާޒުތަކެއް ހާސިލުކުރުމަށް މަގުދައްކައިދޭނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާޕްގެ ރައީސް އަލީ އާދަމް ވިދާޅުވީ، ތައުލީމުން ގްރެޖުއޭޓުންނަށް އިލްމާއި އީޖާދީ ވިސްނުމުގެ ހުނަރު ލިބުނު ނަމަވެސް، ވަޒީފާގެ މާހައުލުގައި ކުރިއެރުމަށް އަމަލީ ގާބިލުކަމާއި އިތުރު ހުނަރު ބޭނުންވާ ކަމަށެވެ. ތަޖުރިބާކާރުން ގްރެޖުއޭޓުންނަށް މަގުދައްކައިދީ، ލިބިފައިވާ އިލްމު ވަޒީފާގައި ފުރިހަމައަށް ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމަށް މެންޓާޝިޕަކީ ވަރަށް މުހިންމު ވަސީލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލު ހާމަކުރައްވަމުން މާޕްގެ ކޯފައުންޑާ އަދި ނައިބު ރައީސް އަފީފް ހުސައިން ވިދާޅުވީ، މިއީ ފެންނަ ނަތީޖާތަކެއް ހާސިލުކުރުމަށް ތަރުތީބުކޮށް ރާވާފައިވާ މެންޓަރިން މޮޑެލެއް ކަމަށެވެ. އަދި މި ޕްރޮގްރާމް ތައްޔާރުކޮށްފައިވަނީ ސިންގަޕޫރު ފަދަ ގައުމުތަކުގައި ބޭނުންކޮށްފައިވާ މޮޑެލްތަކަށް ބަލައި، ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ހިޔާލުތަކާ އެކު ރާއްޖެއަށް ފެތޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ކާމިޔާބު މެންޓާޝިޕަކީ ހަމައެކަނި ނަސޭހަތް ދިނުން ނޫން ކަމަށާއި، ދަރިވަރުންގެ ވިސްނުމަށް ގޮންޖަހައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، އަމިއްލަ ކުރިއެރުމުގެ ޒިންމާ އުފުލަން ހިތްވަރު ދިނުން ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗު ހިންގުމަށް ހަމަޖެހިފައިވަނީ ހަ މަހާއި ނުވަ މަހާ ދެމެދުގެ މުއްދަތަކަށެވެ. މި މުއްދަތުގައި މެންޓަރުންނާއި ބައިވެރިން ގަވާއިދުން ބައްދަލުކޮށް މަޝްވަރާކުރުމުގެ އިތުރުން، އަމާޒުތަކަށް ވާސިލުވުމަށް އަމަލީ މަސައްކަތްތަކާއި ހާއްސަ ޕްރޮޖެކްޓްތައް ފުރިހަމަކުރަން ޖެހޭނެ އެވެ.

މެންޓަރުން އެ ދައުރަށް ފުރިހަމައަށް ތައްޔާރުކުރުމުގެ ގޮތުން، ވިލާ ކޮލެޖާއި މާޕް ގުޅިގެން ފުޅާ ދާއިރާއެއްގައި މެންޓާ ޓްރޭނިން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދާނެ އެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ވިލާ ކޮލެޖުގެ މިހާރުގެ ދަރިވަރުންނަށާއި ކުރީގެ ދަރިވަރުންނަށް ކަމުގައި ވިޔަސް، ކުރިއަށް އޮތް މަރުހަލާތަކުގައި މި ފުރުސަތު އާންމުކޮށް ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ގޫގަލް ޕިކްސެލް އަށް އުރީދޫ 5ޖީ

ގޫގުލް ޕިކްސެލް ފޯނުތަކަށް ރާއްޖޭގައި 5ޖީގެ ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ނެޓްވޯކަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ. ނޮވެންބަރު މަހުގެ ސޮފްޓްވެއާ އަޕްޑޭޓާއެކު ޕިކްސެލްގެ އެކި މޮޑެލްތަކަށް 5ޖީ އާއި ވީއޯއެލްޓީއީގެ ޚިދުމަތް މިހާރު ލިބޭނެއެވެ.

ޓޫރިޒަމް ފަހަތަށް، މާލީ ދާއިރާ އާއި އިމާރާތް ކުރުން ކުރިއަށް

މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، ރާއްޖޭގެ އިގުތިސޯދު ވަނީ ހަތަރެއް ޕަސެންޓަށް ކުރިއަރާފަ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމުގެ ދާއިރާވެސް ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ.

ޑީއެމްއާރްއާރްގައި ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގު އިލްތިމާސް

މި މަހުގެ 20 ގައި ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ފެން ފޯރުކޮށްދޭނީ ކަރުދާސް ތަށީގައި ކަމަށާއި، ދުވުންތެރިން އަމިއްލަ ފުޅި ގެންގުޅުމަށް އެ ކުންފުނިން ބާރުއަޅައެވެ. މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18،000 ޕްލާސްޓިކް ފުޅި މަދުކުރެވޭނެ ކަމަށް ދިރާގުން ލަފާކުރެއެވެ.

ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް

އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox