މަންޓާގެ އެތެރޭގެ އުދުހުން ހުއްޓާލާތީ ޝަމްހީދުގެ ފާޑުކިޔުން ސަރުކާރަށް

Sep 9, 2026, 10:34 PM
މަންޓާ އެއާލައިންގެ ފްލައިޓެއް -- ފޮޓޯ: އަދަދު

މަންޓާ އެއާލައިންގެ ފްލައިޓެއް -- ފޮޓޯ: އަދަދު

ރާއްޖޭގައި އެތެރޭގެ އުދުހުންތައް ބާއްވަމުން އަންނަ މައިގަނޑު ތިން އެއާލައިންގެ ތެރޭގައި ހިމެނޭ މަންޓާ އެއާގެ ޑޮމެސްޓިކް އޮޕަރޭޝަންތައް މުޅިން ހުއްޓާލައި، ހަމައެކަނި ސީޕްލޭންގެ ހިދުމަތް ދޭ ގޮތަށް ބަދަލުކުރަން ނިންމިއިރު، ސަރުކާރުން އެކަމާ އަޅައިނުލާތީ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި މަންޓާ އެއާއިން ނިންމާފައިވަނީ ކުރިއަށް އޮތް ތިން މަހާއި ހަ މަސް ދުވަހުގެ ތެރޭގައި އޭޓީއާރުގެ ދަތުރުތައް މުޅިން ހުއްޓާލުމަށެވެ.

މި ނިންމުމާ ގުޅިގެން މުވައްޒަފުންނާ ވެސް މިހާރު ވަނީ މުއާމަލާތުކޮށްފަ އެވެ.

އުދުހުން ހުއްޓާލާ މައިގަނޑު ސަބަބުތައް

  • ޑޮމެސްޓިކް އެއާޕޯޓުތައް ހިންގާ ކުންފުނިތަކުން، ހާއްސަކޮށް ވާދަވެރި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން، ހިދުމަތްތަކަށް ބޮޑު އަގު ނެގުން.
  • ފްލައިޓް އޮޕަރޭޝަންސްއާއި ގްރައުންޑް ހޭންޑްލިން ފަދަ ކަންކަމަށް ނަގާ އަގު ދަށްކޮށްދޭން އައިލެންޑް އޭވިއޭޝަނުން އިންކާރުކުރުން.
  • ދަތުރުތައް ކުރަމުން އައި ބ. ދަރަވަންދޫ، ރ. އިފުރު، އަދި ޅ. މަޑިވަރު އެއާޕޯޓުތަކުން މަންޓާއަށް ހަރަދުކުޑަކޮށް އޮޕަރޭޓުކުރެވޭނެ މަގެއް ނުފެނުން.
  • ދެ އެއާލައިން ގުޅިގެން ކޯޑު ޝެއާކޮށްގެން ދަތުރުތައް ކުރިއަށް ގެންދަން މަންޓާއިން ހުށަހެޅުމުން އައިލެންޑް އޭވިއޭޝަނުން އެކަމަށް އިންކާރުކުރުން.

ދަތުރުތައް ހުއްޓާލާތީވެ ޕައިލެންޓުންނާއި، އިންޖިނިއަރުންނާއި، އަދި ގްރައުންޑް އޮޕަރޭޝަންސްގެ މުވައްޒަފުން ހިމެނޭހެން މަންޓާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްމުގެ ބިރު ވަނީ ހީވެފަ އެވެ.

މިހާރު އެ އެއާލައިނުން ޑޮމެސްޓިކް ދަތުރުތައް ކުރަނީ ހަމައެކަނި ދާލު އެއާޕޯޓަށެވެ. އަދި އޭޓީއާރު 600-72 މަރުކާގެ ތިން ފްލީޓުގެ ފްލީޓު ވަނީ އެކަކަށް ކުޑަކޮށްފައެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ، ދިވެހިންނަށް އެންމެ މަތީ ފެންވަރުގެ ވަޒީފާތައް އުފައްދައިދޭ މިފަދަ އެއާލައިންތައް ފެއިލްވެގެންދާއިރު، ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައި ހިމޭނުން އޮތުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.

"މަންޓާ އެއާގެ ހިދުމަތް ހުއްޓުމަކަށް އައުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް. ދިވެހިންނަށް އެންމެ މަތީ ފެންވަރުގެ ވަޒީފާތައް އުފައްދައިދޭ މިފަދަ އެއާލައިންތައް ފެއިލްވެގެން ދާއިރު، ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައި ހިމޭނުން އޮތުމަކީ ޒިންމާދާރު ގޮތެއް ނޫން،" ޝަމްހީދު ވިދާޅުވި އެވެ. 

ފެބްރުއަރީ 24، 2019 ގައި ޚިދުމަތް ދޭން ފެށި މަންޓާ އެއާއިން މީގެ ކުރިން ދ. ކުޑަހުވަދޫ، ސ. ގަން، ހއ. ހޯރަފުށި، ރ. އިފުރު، ޅ. މަޑިވަރު، އަދި ބ. ދަރަވަންދޫއަށް ދަތުރުކޮށްފައިވެ އެވެ. މީގެ އިތުރުން ސީދާ ދާލު އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ވެސް އެ އެއާލައިނުން ދަތުރުތައް ބާއްވާފައިވެ އެވެ.

މަންޓާއިން ޑޮމެސްޓިކް ދަތުރުތައް މުޅިން ހުއްޓާލުމާއެކު، ރާއްޖޭގައި ދެން އެތެރޭގެ އުދުހުންތައް އޮންނާނީ މޯލްޑިވިއަނާއި ވިލާ އެއާ އެކަންޏެވެ. ވިލާ އެއާއިން އދ. މާމިގިއްޔާއި ދަރަވަންދުއަށް އެކަނި ދަތުރުކުރާތީ، ބާކީ ހުރި ގިނަ އެއާޕޯޓުތަކަށް ފްލައިޓު އަޅާ ހަމައެކަނި އެއާލައިނަކަށް މޯލްޑިވިއަން ވެގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox