ތިމަރަފުށްޓާއި ފޮނަދޫގައި ސިޓީ ހޮޓާ އަޅަން ހުޅުވާލައިފި

Nov 21, 2026, 9:18 PM
ސިޓީ ހޮޓާ ތަރައްގީކުރަން ހުޅުވާލި ލ. ފޮނަދޫއަށް ދާން އޮންނަ ލިންކް ރޯޑް: ސިޓީ ހޮޓާ އަޅަން ހުޅުވާލި ދެ ރަށަކީ ވެސް ވައިގެ ދަތުރުފަތުރުގެ ގުޅުން އޮތް ދެ ރަށް  -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ސިޓީ ހޮޓާ ތަރައްގީކުރަން ހުޅުވާލި ލ. ފޮނަދޫއަށް ދާން އޮންނަ ލިންކް ރޯޑް: ސިޓީ ހޮޓާ އަޅަން ހުޅުވާލި ދެ ރަށަކީ ވެސް ވައިގެ ދަތުރުފަތުރުގެ ގުޅުން އޮތް ދެ ރަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރާއްޖޭގެ އަތޮޅުތެރޭގައި، ހާއްސަކޮށް ޓޫރިޒަމް ފުޅާވެފައި ނެތް ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ތ. ތިމަރަފުށްޓާއި ލ. ފޮނަދޫގައި ޓޫރިސްޓް ހޮޓާ އަޅައި ހިންގާނެ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ. .

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ހަފުތާގައި ގެޒެޓުކުރި އިއުލާނުތަކުގައިވާ ގޮތުގައި މި ދެ މަޝްރޫއަކީ ވެސް ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ދެ ބީލަމެވެ.

ތިމަރަފުށިން ޓޫރިޒަމަށް ދޫކުރުމަށް ނިންމާފައި ވަނީ 26،480 އަކަމީޓަރުގެ ބިމެކެވެ. މިއީ އެ ރަށުގައި އެއް ޓޫރިސްޓް ހޮޓާ އަޅައި ހިންގުމަށް ކަނޑައަޅާފައިވާ ސަރަހައްދެކެވެ. ފޮނަދޫން ދޫކުރަނީ ޓޫރިޒަމް ތަރައްގީކުރުމަށް ހާއްސަކޮށްފައިވާ ތިން ބިމެކެވެ. އެ ތިން ބިމުގައި ވެސް ވަކިވަކިން ހޮޓާ ތަރައްގީކުރެވޭނެ އެވެ.

Advertisement

މި ދެ ރަށަކީ ވެސް ވައިގެ ދަތުރުފަތުރުގެ ގުޅުން މިހާރު ވެސް އޮތް ދެ ރަށެވެ. ތިމަރަފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އޮންނައިރު، ފޮނަދޫއާ އެއްފަސްވެފައިވާ ކައްދޫގައި ވެސް ޑޮމެސްޓިކް އެއާޕޯޓެއް އޮވެ އެވެ.

މީގެ އިތުރުން ލާމު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމަކީ ވެސް ސަރުކާރުގެ ވައުދެކެވެ. 

މި ދެ ރަށުގެ ވެސް ބީލަން ފޮތް ވިއްކުން މި މަހުގެ 22 އިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. ބީލަން ފޮތް ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު ނުވައަކުން މެންދުރުފަހު އެކަކަށެވެ.

މި ދެ މަޝްރޫއާ ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް އޮންނާނީ އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހާއި 17 ވަނަ ދުވަހު އެވެ. މި ބައްދަލުވުންތައް އޮންނާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް އޮންލައިންކޮށެވެ. ބީލަން ހުށަހެޅުން އޮންނާނީ އަންނަ ޖަނަވަރީ މަހުގެ ހަތް ވަނަ ދުވަހު އެވެ. 

މީހުން ދިރިއުޅޭ ރަށްރަށުގައި ސިޓީ ހޮޓާ ތަރައްގީކުރުމަކީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އެކި ސަރުކާރުތަކުން އިސްކަންދިން ސިޔާސަތެކެވެ. ނަމަވެސް މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެދެވޭ ގޮތެއްގައި ކާމިޔާބު ނުވެ އޮތް ސިޔާސަތެކެވެ. އެ ގޮތުން ހދ. ހަނިމާދޫ، ހއ. އުލިގަން އަދި ކ. ކާށިދޫ ފަދަ ރަށްރަށުގައި ވެސް ސިޓީ ހޮޓާ އަޅަން އެކި ފަހަރު މަތިން ހަވާލުކުރި ނަމަވެސް، އެ މަޝްރޫއުތައް އޮތީ ނުނިމި ހުއްޓިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މުޅި ރާއްޖޭގައި ވެސް މި ވަގުތު އޮޕަރޭޓްކުރަނީ އެންމެ 16 ހޮޓަލެވެ. އަދި ރަޖިސްޓްރީކޮށްފައިވާ 2،300 އެނދުގެ ބޮޑު ބައި ހިއްސާކުރަނީ ވެސް މާލެ ސަރަހައްދެވެ. ރަށްރަށުގައި ގެސްޓްހައުސްތައް ފުނިޖެހެމުން ދާއިރު، ހޮޓާ ވިޔަފާރި އަތޮޅުތެރެއިން އަދިވެސް ފެންނަނީ ވަރަށް މަދުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Newsletter

Get the latest news delivered straight to your inbox