އެޑްވައިޒަރު ކަމުން އިސްތިއުފާ ދެއްވި ސަބަބު ހަލީލުގެ ދުލުން

ހަލީލު: ވިދާޅުވީ އިންޑަސްޓްރީއަށް ގެއްލުމާއިރު އެފަދަ އެޑްވައިޒަރީ މަގާމެއްގައި ހުންނެވުން ރަނގަޅު ނޫން ކަމަށް -- ފޮޓޯ: މަންޓާ

ހަލީލު: ވިދާޅުވީ އިންޑަސްޓްރީއަށް ގެއްލުމާއިރު އެފަދަ އެޑްވައިޒަރީ މަގާމެއްގައި ހުންނެވުން ރަނގަޅު ނޫން ކަމަށް -- ފޮޓޯ: މަންޓާ

ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވީ ރިސޯޓުތަކުގެ އާމްދަނީގެ 40 ޕަސެންޓު ޑޮލަރު މާރުކުރުމަކީ އިންޑަސްޓްރީއަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް ވާތީ، މިފަދަ ހާލަތެއްގައި އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލު ނުކުރެއްވިގެން ކަމަށް މުހައްމަދު ހަލީލް ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުގައި ނޮވެމްބަރު 17، 2023 އިން ފެށިގެން ހުންނެވި ހަލީލަކީ ފުޅާ ދާއިރާއެއްގައި ރިސޯޓް ހިންގާ "ޕަލްސް" ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި "މަންތާ އެއާ" ގެ ހިއްސާދާރެކެވެ.

ހަލީލް "އަދަދު" ނޫހަށް ވިދާޅުވީ ރިސޯޓު އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ނިންމި އިރުވެސް، އެކަމުން އެދެވޭ ހައްލެއް ނުލިބޭނެ ކަމަށް ލަފާދެއްވި ކަމަށެވެ.

"މިފަދަ ސިޔާސަތުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ގެއްލުން ވަމުންދާއިރު، އެޑްވައިޒަރެއްގެ ގޮތުގައި ސަރުކާރުގައި ދެމިހުރުމުގެ ބޭނުމެއް އޮތް ކަމަށް ގަބޫލު ނުކުރެވުނީ،" ހަލީލް ވިދާޅުވި އެވެ.

ރިސޯޓުތަކުން މާރުކުރާ ޑޮލަރުގެ މިންވަރު އިތުރުކުރި ކަމުގައި ވިޔަސް، ގައުމަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަށް އެދެވޭ ލުޔެއް ލިބޭނެ ކަމަށް ލަފާނުކުރެވޭ ކަމަށް ހަލީލް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި މާލީ ހާލަތާއި ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބޭނީ ސަރުކާރުގެ އެތެރެއިން ކުރެވެން ހުރި ކަންކަން ކޮށް، ހަރަދު ވެސް ކުޑަކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox