ވައިގެ ދަތުރުފަތުރު
136 ލިޔުން
ވިޔަފާރިއިތުރު އެއާޕޯޓުތައް ތަރައްގީކުރުން ހުއްޓާލަން ފިރާގު ގޮވާލައިފި
ރާއްޖޭގައި އިތުރު އެއާޕޯޓުތައް އެޅުމުގެ ބަދަލުގައި، މިހާރު ހުރި އެއާޕޯޓުތަކުން އާމްދަނީ ހޯދޭނެ ގޮތްތައް ބެލުން މާ މުހިންމު ކަމަށް އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަނގަޅު ޕްލޭނަކާއެކު ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކޮށްފިނަމަ، އޭވިއޭޝަން ދާއިރާއިން ޓޫރިޒަމާ އެއްވަރުގެ އާމްދަނީއެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.
ދުނިޔެލައިސަންސް ނެތި 17 އަހަރު އުޅުނު ކެނެޑާ ޕައިލެޓެއް ހައްޔަރުކޮށްފި
ސައްހަ ލައިސަންސެއް ނެތި 17 އަހަރު ވަންދެން އެއާ ކެނެޑާގެ ފްލައިޓްތައް ދުއްވި ކުރީގެ ކެޕްޓަނަކު އޮޅުވާލުމާއި މަކަރާއި ހީލަތުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ. އޭނާ 900 އަށް ވުރެ ގިނަ ފްލައިޓް އޮޕަރޭޓްކޮށްފައިވަނީ ބޮޑެތި ބޯޓު ދުއްވަން ބޭނުންވާ މަތީ ފަންތީގެ ސެޓްފިކެޓް ފޭކުކޮށްގެން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، އޭނާ ހުރިހާ ތަމްރީނުތަކަކުން ފާސްވެފައިވާތީ ފަސިންޖަރުންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެފައި ނުވާކަމަށް އެއާލައިނުން ހާމަކުރެއެވެ.
