ތިން ކުންފުނި އެއްވެގެން ހަދާ ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

ތިލަފުށީގައި ތަރައްގީކުރަމުން އަންނަ ޕޯޓު: އާ ބަނދަރު ތަރައްގީކުރަނީ ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއް ގުޅިގެން --- ފޮޓޯ: އެމްޕީއެލް

ތިލަފުށީގައި ތަރައްގީކުރަމުން އަންނަ ޕޯޓު: އާ ބަނދަރު ތަރައްގީކުރަނީ ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއް ގުޅިގެން --- ފޮޓޯ: އެމްޕީއެލް

ތިލަފުށީ ވިޔަފާރި ބަނދަރު ހަދަން ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއް ގުޅިގެން ވަކި ކުންފުންޏެއް އުފައްދައިގެން މަސައްކަތް ފެށި ނަމަވެސް، އެ މަޝްރޫއުގެ ބޮޑު ބައި ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް 2.3 ބިލިއަން ރުފިޔާގެ ޓްރެޒަރީ ލޯނު ދޫކޮށްގެން ކަމަށް ކަން އެނގިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ފޮތުން ދައްކާ ގޮތުގައި މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ބަހާލައިގެންނެވެ. އެގޮތުން 2028 ވަނަ އަހަރު 693.9 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހިމަނައިފަ އެވެ. އަދި މި ލޯނުގެ 70 ޕަސެންޓު ނުވަތަ 1.6 ބިލިއަން ރުފިޔާ ދޫކުރަން ހަމަޖެހިފައިވަނީ 2029 ވަނަ އަހަރު އެވެ.

އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ތިލަފުށީ ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ އަހަރަށް އެއްވެސް ލޯނު ފައިސާއެއް ހިމަނާފައެއް ނުވެ އެވެ. އަދި މިދިޔަ އަހަރާއި މި އަހަރު ވެސް އެ ކުންފުންޏަށް މި މަޝްރޫއަށް ޓްރެޒަރީ ލޯނެއް ދީފައެއް ނުވެ އެވެ. އެހެންކަމުން ބަނދަރު ހުޅުވާ ކަމަށް ބުނާ މުއްދަތާ ހަމައަށް ހިނގާ ހަރަދުތައް ހަމަޖައްސާނެ ގޮތެއް ބަޖެޓުން ސާފެއް ނުވެ އެވެ.

ގާތްގަނޑަކަށް 225 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ބުނެފައިވާ މި މަޝްރޫއު ހިންގަނީ، ސަރުކާރުން ބުނާ ގޮތުގައި، އެމްޕީއެލް އާއި އެޗްޑީސީ އަދި އެސްޓީއޯ ގުޅިގެން އުފެއްދި "ޕޯޓް ޑިވެލޮޕްމަންޓް ކޮމްޕެނީ" އިންނެވެ. އެކަމަކު  މަޝްރޫއުގެ އަގުގެ ގާތްގަނޑަކަށް 68 ޕަސެންޓު ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން ދޭ ލޯނުންނެވެ.

މި މަޝްރޫއަށް އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏާ ގުޅޭ ގޮތުން މަޖިލީހުގައި މީގެ ކުރިން ވަނީ ބޮޑެތި ސުވާލުތަކެއް އުފައްދައިފަ އެވެ. އެގޮތުން ދައުލަތުގެ މާލިއްޔަތު ގާނޫނާއި ޕްރޮކިއުމަންޓް އުސޫލުތަކުން ބޭރުން ކޮންޓްރެކްޓް ދިނުމަށް މިފަދަ ކުންފުންޏެއް އުފެއްދި ކަމަށް އިދިކޮޅު މެންބަރުން ތުހުމަތުކުރި އެވެ. 

މި މަޝްރޫއުގެ ވާހަކަ ބަޖެޓު ބަޔާނުގައި ފާހަގަކުރި ނަމަވެސް، މަޝްރޫއުގެ ޖުމްލަ އަގު ބަޖެޓު ފޮތުން އެނގޭކަށް ނެތެވެ. ބަޖެޓުގައި މި މަޝްރޫއާ ގުޅޭ ގޮތުން ހިމަނާފައިވާ ހަމައެކަނި ތަފްސީލަކީ އެމްޕީއެލްއަށް ދޭ މި ޓްރެޒަރީ ލޯނުގެ އަދަދު އެކަންޏެވެ.

ތިލަފުށީ ޕޯޓު ޕްރޮޖެކްޓުގައި އިސްކޮށް އުޅޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ 10 ހެކްޓަރުގެ ބިމެއްގައި ތަރައްގީކުރަމުން އަންނަ ބަނދަރުގެ ހުރިހާ ފިޔަވަހިތަކެއް ނިމުމުން، އެންމެ ބޮޑެތި އާގުބޯޓުފަހަރަށް ވެސް މަގަތުފާލަމާ ކައިރި ކުރެވޭނެ ކަމަށެވެ. މި ބަނދަރާއެކީ، މިހާރު ބޭނުންކުރަމުން އަންނަ 40 އަހަރު ވާން ގާތްވެފައިވާ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox