ޑޮލަރުގެ އަގު މިއަދު ހުރީ 24.ރ އަށް، މިހާރު ވަގަށް ވެސް ޑޮލަރު ގަންނާކަށް ނުލިބޭ: ޣަފޫރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްޣަފޫރު މޫސާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްޣަފޫރު މޫސާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި މި ވަގުތު ޑޮލަރެއްގެ އަގު ހުރީ 24ރ. އަށް ކަމަށާއި އެއީ މީގެ ކުރިން ރާއްޖޭގެ ތާރީހުގައި ވެސް ދިވެހި ފައިސާގެ އަގު ނުވެއްޓޭ މިންވަރެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅައިފައިވާ ބަޖެޓަށް ބަހުސްކުރައްވަމުން ޣަފޫރު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މިހާރު ހުރީ 0.6 ޕަސެންޓުގައި ކަމަށެވެ. އެއީ ކުރިއަރަމުން އަންނަ ގައުމެއްގެ ކަންކަން ހުންނަންޖެހޭނެ ގޮތް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދު މިހައި ބޮޑު އަނދަވަޅަކަށް ވެއްޓިފައި މި ވަނީ އިގުތިސާދީ އެއްވެސް ވިސްނުމެއް ނެތް ބަޔަކު ރާއްޖޭގެ ވެރިކަމުގައި ތިބުމުން ކަމަށް ޣަފޫރު ވިދާޅުވި އެވެ.

Advertisement

"އެއްވެސް އިގުތިސާދެއް ނެތް އޮޔާދާ ބަޔަކު ރާއްޖޭގެ ވެރިކަމާ ހަވާލުވީމާ ދެން ޖެހޭނެ ބަލާވެރިކަން ގައުމަށް ޖެހެމުން މި ދަނީ އިއްޒަތްތެރި ރައީސް، މިއަދު ޑޮލަރު ހުރީ 24ރ. އަށް، މިއަދު ޑޮލަރު ހުރީ 24ރ. އަށް މިއީ މިގައުމުގެ ހަޔާތުގައި ވެސް ދުވަހަކު ވެސް ނާރާ ވަރެއް، މި ފެށޭ ޑިސެމްބަރު މަހުގެ ތެރޭގައި 26، 27 އަށް އަރައިގެން ދާނެ،" ޣަފޫރު ވިދާޅުވި އެވެ.

"ކުރިމަތީގައި މި އޮތީ މަދަރުސާގެ ޗުއްޓީ، އަދި، އެހެން ކަންކަމުގައި ވެސް ރައްޔިތުން ބޭރަށް ދާންޖެހޭ އިއްޒަތްތެރި ރައީސް، ވަގަށް ވެސް ޑޮލަރެއް ގަންނަން މިއަދު ރައްޔިތުން އުޅެނީ ނުލިބިގެން އިއްޒަތްތެރި ރައީސް."

މި ސަރުކާރު ހިންގަމުން ދަނީ ރައްޔިތުންނަށް ދޭންޖެހި ނުދައްކާ ހުރި ފައިސާއިން ކަމަށް ޣަފޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީގައި މިހާރު ވެސް ވިޔަފާރިވެރިންނަށް ދޭންޖެހޭ 15 މިލިއަން ރުފިޔާގެ ބިލުތައް އެބަހުރި ކަމަށެވެ.

ނަމަވެސް، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެ ފައިސާ ދައްކާނެ ގޮތުގެ އެއްވެސް ތަފުސީލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުން އުޅޭ ހާލައި އެ ރައްޔިތުންގެ ހުރި ޝަކުވާތައް އަޑުއިވޭނަމަ، މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުން ސަރުކާރުގެ ދިފާއުގައި މަޖިލީހުގައި ވާހަކަ ނުދައްކަވާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox