ބަޖެޓު ދިރާސާކުރި ކޮމިޓީގައި ތިއްބެވި ޕީއެންސީ މެންބަރުންގެ ވިސްނުން ހުރީ ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރަން: ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނާޒިލް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނާޒިލް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅައިފައިވާ ބަޖެޓު ދިރާސާކުރި ކޮމިޓީގައި ތިއްބެވި ޕީއެންސީ މެންބަރުންގެ ވިސްނުން ހުރީ، ކޮމިޓީގައި ފާހަގަވި ކަންކަމަށް ރިއާޔަތް ކުރުމެއްނެތި ފިނޭންސް މިނިސްޓަރު، ހުށަހެޅުއްވި ގޮތަށް ބަޖެޓު ފާސްކުރަންކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން ނާޒިލް ވިދާޅުވީ ބަޖެޓު ދިރާސާކުރާއިރު، ކޮމިޓީން އަމަލުކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ. ނަމަވެސް، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރިއިރު، އޭގެން އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ނާޒިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަޖެޓު ކޮމިޓީގައި ދެއްކި ވާހަކަ، އަދި، ފިނޭންސް މިނިސްޓަރާއި އޮޑިޓާ ޖެނެރަލް އާއި އެމްއެމްއޭގެ ގަވަރުނަރުގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތާ އެކީގައި އަޅުގަނޑުމެން އެ ކޮމިޓީގައި ދެއްކި އެއްވެސް ވާހަކައެއް އަޑުއެހުމެއް އެއަށް ދިރާސާކުރުމެއް އޭގެ ވާހަކައެއް ދެއްކުމެއް ނެތި، ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ގޮތަށް އެންމެ ލޯލާރިއެއް ވެސް އިތުރުނުކޮށް، މަދުނުކޮށް އެ ފާސްކުރުން ނޫންގޮތަކަށް ފުރަތަމަ ދުވަހުން ފެށިގެން އެ ކޮމިޓީގެ ވިސްނުމުގައެއް ނެތް." ނާޒިލް ވިދާޅުވި އެވެ.

Advertisement

ނާޒިލް ވިދާޅުވީ ބަޖެޓު ދިރާސާކުރާއިރު، ރާއްޖޭގެ މާލީ ހާލަތާއި އިގުތިސާދީ ހާލަތަށް ބަޖެޓުން އަންނަނާނެ ބަދަލަށް ކޮމިޓީން ރިއާޔަތްކުރަންޖެހޭ ކަމަށެވެ. ނަމަވެސް، ކޮމިޓީއަށް ހާޒިރުވެ ފިނޭންސް މިނިސްޓަރާއި އޮޑިޓާ ޖެނެރަލްގެ އިތުރުން، އެމްއެމްއޭގެ ގަވަރުނަރުގެ ފުށުން ލިބުނު މައުލޫމާތުތަކުގެ މައްޗަށް ކޮމިޓީގެ މެންބަރުން ދެއްކި ވާހަކަތަކަށް ކޮމިޓީގެ ޕީއެންސީ މެންބަރުން ރިއާޔަތްކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ރައްޔިތުންގެ ބައިތުލްމާލުން މުސާރަ ދީފައި ތިބޭ މެންބަރުންގެ މަސްއޫލިއްޔަތަކަށް ވާންޖެހޭނީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ. ނަމަވެސް، ސަރުކާރަށް ތިން އަހަރު ފާއިތުވެގެންދާއިރު، ރައްޔިތަކަށްވީ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަތަރުވަނަ އަހަރުގެ ބަޖެޓާ އެކީގައި 225 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާށްކޮށްފައި މި ސަރުކާރާ މި ހަވާލު ކުރެވެނީ އިއްޒަތްތެރި ރައީސް، 225 ބިލިއަން ރުފިޔާގެ ބަޖެޓެއް ހަވާލުކުރެވޭއިރު، ރައްޔިތުންނަށް ކަންކަން ނުވާތީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މި 93 މެންބަރުން މަޖިލީހުގައި ތިބެގެން ކުރަނީ ކޮންކަމެއްތޯ ދާއިރާއަށް ދިޔައީމާ ދާއިރާގެ އާންމު މީހާ ސުވާލުކުރާނެ، ޖަވާބު ދޭނީ ކިހިނެއްތޯ ތިޔަ އިއްޒަތްތެރި މެންބަރުންނަށް ސާފުކޮށް އެނގެން އެބަޖެހޭ،" ނާޒިލް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ސިއްހީ ކަންކަމަށް 10 ބިލިއަން ރުފިޔާ ކަނޑައަޅައިފައި ވާތީ އެކަމަށް ޕީއެންސީގެ ބައެއް މެންބަރުން ތައުރީފުކުރައްވައި ދެއްކެވި ވާހަކައަށް ވެސް ނާޒިލް ރައްދު ދެއްވި އެވެ.

އެގޮތުން އޭނާ ވިދާޅުވީ ސިއްހީ ނިޒާމު ފުރިހަމަވެފައި އޮތް މިންވަރަު، ބޭސް ސިޓީއެއް ހިފައިގެން ނުކުތީމާ ވަރަށް ސާފުވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ކޮމިޓީން ފާސްކޮށްފައި ވަނީ އެ ބަޖެޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ފާސްކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox