މުވައްޒަފުން ބޭނުންވާ މިންވަރު ބަލަން ފިނޭންސުން އަންނަ އަހަރު އެޗްއާރު އޮޑިޓެއް ހަދަނީ

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި އެ މިނިސްޓްރީގެ ޑެޕިއުޓީ ސާއިދު މުސްތަފާ ބަޖެޓު ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ސަރުކާރުން ބުނަނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އިތުރު މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި އެ މިނިސްޓްރީގެ ޑެޕިއުޓީ ސާއިދު މުސްތަފާ ބަޖެޓު ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ސަރުކާރުން ބުނަނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އިތުރު މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ އިދާރާތަކުން މުވައްޒަފުން ބޭނުންވާ މިންވަރު ދެނެގަނެ، މުވައްޒަފުން ގިނަ ތަންތަނުން މަދު ތަންތަނަށް ބަދަލުކުރުމަށްޓަކައި (ރީ-އެލޮކޭޓް ކުރުމަށްޓަކައި) އަންނަ އަހަރު ސަރުކާރުން އެޗްއާރު އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ހާމަކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުން ކޮންމެ އަހަރަކު ވެސް އިތުރަށް މުވައްޒަފުން ނެގުމަށް 2،000 އެއްހާ ރިކުއެސްޓް ހުށަހަޅާ ކަމަށެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ބަލައިގެން މީހުން ނަގަން ފަށައިފިނަމަ، ކިތަންމެ ބޮޑު ބަޖެޓެއް ހެދިޔަސް ދެކޮޅު ނުޖެއްސޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެ ގޮތުން މުވައްޒަފުން އިތުރުކުރުމުގެ ބަދަލުގައި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ އިދާރާތައް އޮޑިޓްކޮށް، ވަސީލަތްތައް ބަދަލުކުރުން ކަމަށް ވިދާޅުވެ، ޒަރީރު ވަނީ އެޗްއާރު އޮޑިޓާ ގުޅޭގޮތުން ސަރުކާރުގެ ޕްލޭން ތަފްސީލުކޮށްދެއްވާފަ އެވެ.

"އަޅުގަނޑުމެން މި އަންނަ އަހަރު އެޗްއާރު އޮޑިޓުތަކެއް ގެންދާނަމޭ. އެޗްއާރު އޮޑިޓުތަކެއް ގެންގޮސްފައި އެ ބޭފުޅުންނަށް ބޭނުންވަންޏާ އެ ފުރުސަތު ދޭން. ހަމަ އެ ގޮތަށް ގިނަ ތަންތަނުން މަދުވެސް ކުރެވޭނޭ. މަދު ތަންތަނަށް ރިސޯސް ރީއެލޮކޭޓް ވެސް ކުރެވޭނެ ގޮތަށޭ މި އަންނަ އަހަރު އަޅުގަނޑުމެން ޕްލޭންކޮށްފައި މި އޮތީ،" އޭނާ ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ، ޕޭ ހާމޮނައިޒޭޝަންގެ ތެރެއިން މި އަހަރު ނިމޭއިރު ހުރިހާ މުއައްސަސާތައް ހިމެނިގެން ދާއިރު، ދައުލަތުގެ މުޅި މުސާރައިގެ ބިލް 17 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހަލުވިކުރަނީ މީހުން އިތުރުކޮށްގެން ނޫން ކަމަށާއި، ޕްރޮސެސްތައް އޮޓޮމޭޓްކޮށްގެން ކަމަށް ވިދާޅުވި އެވެ. އެ ގޮތުން މީރާ ފަދައިން އެހެން އިދާރާތައް ވެސް އޮޓޮމޭޝަންގެ ތެރެއަށް ގެންނަން ޖެހޭ ކަމަށް ފާހަގަކުރެއްވި އެވެ.

އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ކޮމިޓީ ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ ސަރުކާރުން ވަޒީފާތައް މަދުކުރާ ވާހަކަ ދައްކާއިރު، ގެޒެޓްކޮށްގެން ސިވިލް ވަޒީފާތަކަށާއި އަދި ސިޔާސީ މަގާމުތަކަށް މީހުން ނަގަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން މި ހިނގާ މަހުގެ ތެރޭގައި އެކަނިވެސް ސިޔާސީ މަގާމުތަކަށް 18 މީހުން އައްޔަންކޮށްފައިވާ ކަމަށް މެންބަރަކު ފާހަގަކުރެއްވި އެވެ.

މެންބަރުންގެ މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޒަރީރު ވިދާޅުވީ، ސަރުކާރުން އެއްވެސް މުވައްޒަފަކު ވަކިކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އަދި ވަޒީފާގައި ތިބޭ ކޮންމެ މީހަކީ އާއިލާއެއް ބަލަހައްޓާ ފަރާތެއް ކަމުން، އެ މީހުންގެ ހައްގުތައް ހިމާޔަތްކުރައްވާނެ ކަމަށާއި، މިހާރު ވެސް ވަޒީފާތަކަށް މީހުން ނަގަނީ ކޮންމެހެން ބޭނުންވާ މަގާމުތަކެއްތޯ ވަކިވަކިން ބަލައި ޔަގީންކުރުމަށްފަހު ކަމަށް ވިދާޅުވި އެވެ.

ކޮމިޓީ ނިންމަވާލައްވަމުން ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުން އެދޭ ހުރިހާ އަދަދެއް ދީފިނަމަ ބަޖެޓު 100 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިގެންދާނެ ކަމަށެވެ. އަދި ގައުމަށް ލިބޭ އާމްދަނީއަށް ބަލާއިރު، ހަރަދުތައް ކުޑަކޮށްގެން މެނުވީ ދައުލަތުގެ ބަޖެޓު ދެކޮޅު ނުޖެއްސޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓު ރާވާފައިވަނީ އިތުރު މުވައްޒަފެއް ނުނަގާ މަސައްކަތްތައް ހަމަޖެއްސޭ ގޮތަށެވެ. އަންނަ އަހަރު މުސާރައިގެ ހަރަދަށް ބަޖެޓުކޮށްފައި ވަނީ 14.4 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރެއިން މުސާރައަށް 7.9 ބިލިއަން ރުފިޔާ ހޭދަވާއިރު، އިނާޔަތްތަކަށް 6.5 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. ޕެންޝަން ހިމެނުމުން މި އަދަދު 17 ބިލިއަނަށް އަރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox