އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައިސަލް ވާދަކުރަނީ އަޅުގަނޑުގެ ތާއިދާއެކު: ސޯލިހު

Nov 23, 2026, 6:05 AM
ސޯލިހު، ފައިސަލް އަދި އާޒިމް

ސޯލިހު، ފައިސަލް އަދި އާޒިމް

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާދަކުރައްވަނީ އެ މަނިކުފާނާ މަޝްވަރާ ކުރެއްވުމަށްފަހު އަދި އެ މަނިކުފާނުގެ ތާއީދާއެކުގައިކަން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ހާމަކުރައްވައިފި އެވެ.

"ފައިސަލް އާއި އާޒިމް އެއޮތީ ކުރިމަތިލާން އިއުލާނުކޮށްފައި. އަޅުގަނޑާ މަޝްވަރާކޮށްފައި ކުރިމަތިލައިގެން އެތިބީ. އަޅުގަނޑު ތާއިދުކޮށްގެން ކުރިމަތިލީ،" އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޓީމް އެމްޑީޕީގެ ނަމުގައި ކެމްޕޭންކުރާ ކެންޑިޑޭޓުންނާއެކު ރޭ ބޭއްވި ބައްދަލުވުގެ ތެރެއިން ސަންގު ޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސޯލިހު ވިދާޅުވި އެވެ. 

ފައިސަލްއަކީ ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި އެމަނިކުފާނުގެ ނައިބު ރައީސްގެ މަގާމު ފުރުއްވި ބޭފުޅެކެވެ. ނަމަވެސް، ދެވަނަ ދައުރަކަށް ސޯލިހުގެ ކުރިމަތިލެއްވިއިރު، ރަނިންމޭޓަކަށް ފައިޞަލް އިހުތިޔާރު ކުރައްވާފައެއް ނުވެ އެވެ. އެހެންވެ، އެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ފައިސަލް ފެނިގެން ގޮސްފައެއް ނުވެ އެވެ.

މާލޭ މޭޔަރަކަށް ހުންނެވި އާދަމް އާޒިމަކީ ސޯލިހުގެ ސަރުކާރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސޯލިހު ފާޅުގައި ފައިސަލް ފަޅި ހިޔާރުކުރެއްވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވަނީ ބޮޑު ބަދަލުގެ ނަމުގައި ކެމްޕޭން ކުރައްވާ ސޯލިހުގެ އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު އިސްމާއީލް އަށެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާ ދުވަސް އިއުލާނެއް އަދި ނުކުރެ އެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އަދި ފައްޔާޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު އިއުލާނު ކުރައްވައި، ގެންދަނީ ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ވަރަށް ބާރަށް ކެމްޕޭން ކުރިއަށް ގެންދަނިކޮށް ކުޑަ ކުއްޖަކާ ބެހުނު ކަމަށް ތުހުމަތު ކުރެވުނު މައްސަލައެއް ފެންމަތިވެ، އެ މައްސަލައިގެ ތަހުގީގަށް އޭނާ ހުރީ ޖަލުގައި ބަންދުކޮށްފަ އެވެ. 

ގައުމީ މަޖިލީހުގެ އިންތިހާބުގައި ސޯލިހު ތާއިދު ކުރައްވާ ކެންޑިޑޭޓުންނަކީ "ޓީމް އެމްޑީޕީ"ގެ ނަމުގައި ވާދަކުރައްވާ ދުއިސްތައަށް ވުރެ ގިނަ ކެންޑިޑޭޓުން ކަމަށާއި އޭގެ އިތުރުން ވަކިވަކިން ވާދަ ކުރައްވާ ބައެއް ކެންޑީޑޭޓުންނަށް ވެސް ތާއިދު ކުރައްވާ ކަމަށް ސޯލިހު ރޭ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox